ކަނޑުމަހަށް ހާއްސަ ވެކިއުމް ޕެކިންގ ރޯލްގެ އައު ސްޓޮކެއް ސޮއްޓި ބިޒްއަށް ވަނީ ލިބިފައެވެ. އެކި ވައްތަރެއްގެ ވެކިއުމް ޕެކިންގ ރޯލް މިހާރު ވިއްކަމުންދާއިރު އޭގެ ތެރެއިން އެއްވައްތަރުގެ ރޯލަކީ ތިކިޖެހި / ޕެޓާން ވެކިއުމް ޕެކިންގ ރޯލެވެ. މިރޯލަކީ ރާއްޖެގައި ގިނަ ކަސްޓަމަރުން ބޭނުންކުރާ ވެކިއުމް މެޝިނަށް ލެއްވާ ގޮތަށް ތާއްޔާރުކުރެވިފައިވާ ރޯލެކެވެ. ވަރަށް ގިނަ ކަސްޓަމަރުންގެ ޝަކުވާއަކަށް ވެފައި އޮންނަނީ ވެކިއުމް މެޝިންވިއްކާ ފަރާތްތަކުން އެ މެޝިނަށް ބޭނުންކުރާ ރޯލު މާލެއިން ނުލިބޭ މައްސަލައެވެ. ކަސްޓަމަރުންގެ ޝަކުވާއަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސޮއްޓިބިޒް އިން ކުރި ދިރާސާތަކަށްފަހު ވެކިއުމް ޕެކްކުރުމަށް ރާއްޖޭގައި ބޭނުންކުރާ ހުރިހާ ވައްތަރެއްގެ މެޝިންތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ޕެކިންގ ރޯލު ސޮއްޓި ބިޒް އިން މިހާރ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

• ތިކިޖެހި / ޕެޓާން ވެކިއުމް ޕެކިންގ ރޯލެގެ އަގަކީ ކިލޯއެއް -/265 ރުފިޔާ
• ލިބެން ހުރި ސައިޒްތައް
• 4 އިންޗި
• 6 އިންޗި
• 8 އިންޗި
• 10 އިންޗި

ސޮއްޓި ބިޒް އިން ދެން ވިއްކާ ވެކިއުމް ރޯލަކީ ކުރިންވެސް ކަސްޓަމަރުންގެ މަޤްބޫލުކަން ހޯދާފައިވާ އޮމާންކޮށް ހުންނަ ވެކިއުމް ޕެކިން ރޯލެވެ. މީގެ ރޯލުގެ އިތުރުން ވެކިއުމް ބޭގްވެސް ލިބެން ހުންނާނެއެވެ.

• އޮމާންކޮށް ހުންނަ ވެކިއުމް ޕެކިންގ ރޯލެގެ އަގަކީ ކިލޯއެއް -/280 ރުފިޔާ
• މި ވައްތަރުގެ ވެކިއުމް ޕެކިންގ ރޯލުގެ ލިބެން ހުރި ސައިޒްތައް
• 4 އިންޗި
• 5 އިންޗި
• 6 އިންޗި
• 8 އިންޗި

ކަނޑުމަހަށް ހާއްސަ ވެކިއުމް ޕެކިންގ ބޭގުގެ އަގުތައް

• "6 ފުޅާ "10 ދިގު ޕެކިން ބޭގުގެ 100 ޕީސްގެ ޕެކެޓެއް އެންމެ -/135 ރ.
• "8 ފުޅާ "12 ދިގު ޕެކިން ބޭގުގެ 100 ޕީސްގެ ޕެކެޓެއް އެންމެ -/195 ރ

ސޮއްޓިބިޒް ފިހާރަ، ހުންނާނީ ޗާންދަނީމަގު ޖަލާލުއްދީން މިސްކިތުގެ މައި ދޮރާށި ކުރިމަތީގައެވެ. އަދި އެފިހާރައިން މައުލޫމާތުދޭ ގޮތުގައި މާލޭގެ ހުރިހާ ގޭބީސީ ތަކަށާއި ހުޅުމާލެ އަށްވެސް އިތުރު އަގަކާއިނުލައި ޑެލިވަރީކޮށް ދޭނެއެވެ. އަދި އޮޑި ދޯނި ފަހަރަތަކަށްވެސް ޑެލިވަރީގެ ހިދުމަތް ލިބޭނެއެވެ. އޯޑަރކުރެއްވުމަށް 7750004 އާއި ގުޅުއްވާ ނުވަތަ ވައިބަރ ކޮށްލައްވާ. ޕެކިންގ އާއި ގުޅޭ އެކިވައްތަރުގެ ޕެކިންގ ރޯލު އެފިހާރައިން ލިބެން އެބަހުއްޓެވެ. ސާމްޕަލް ބޭނުންވާ ފަރާތްތަކަށް ސޮއްޓިބިޒް ފިހާރައިން ހިލޭ ސާމްޕަލް ލިބޭން އިންތިޒާމް ވަނީ ހަމަޖެހިފައެވެ.