ސްރީލަންކަން އެއާލައިންގެ ފްލައިޓެއް – ފޮޓޯ : ފައިޒާން މުހައްމަދު / ސްރީލަންކަން
ސްރީލަންކަން އެއާލައިންގެ ފްލައިޓެއް – ފޮޓޯ : ފައިޒާން މުހައްމަދު / ސްރީލަންކަން

ބޭރުގެ ތިން އެއާލައިނަކުން މި އަހަރު އަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށް އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

މިއަދު ހެނދުނު ވީއައޭގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ބޭރުގެ ތިން އެއާލައިނެއްގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެއީ އިންޑިއާގެ ދެ ސިޓީއަކުން މާލެއަށް ސީދާ ދަތުރުތައް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ، އިންޑިއާގެ އެއާލައިނަކާއި،  ޔޫރަޕުގެ ގައުމަކުން ރާއްޖެއަށް ސީދާ ދަތުރުކުރުމަށް މަޝްވަރާކުރަމުންދާ އެއާލައިނެއްގެ އިތުރުން ،ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޗައިނާގެ އެއާލައިނެއްކަމަށެވެ. ނަމަވެސް، މި އެއާލައިންތަކުގެ ނަން ތަކެއް އޭނާ ވިދާޅެއް ނުވެއެވެ.

އާދިލް ވިދާޅުވީ މި އަހަރު އެއާޕޯޓުގައި ރެކޯޑު އަދަދަކަށް މަތިންދާ ބޯޓުގެ ޓްރެފިކް މަތިވެފައިވާ ކަމަށެވެ. އަދި މީގެން އިނގެނީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެގެން ދާ ދިއުން ކަމަށާއި، އެހެންކަމުން އެއާޕޯޓް ތަރައްގީ ކުރަން ކުރާ މަސައްކަތްތަކަކީ ވަރަށް މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

 

 

ADS BY ASTERS

Comments are closed.