ހުޅުމާލޭގައި ސިނަމާއެއް ހިންގަން ޝުވެކް ކުންފުންޏާއި ހަވާލުކޮށް އެއްބަސްވެއްޖެއެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަންއެވެ. އަދި ޝުވެކް ސިނަމާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްރާޝީމްއެވެ.

ޝުވެކްއަކީ މާލޭގައި ހޮލީވޫޑް އަދި ބޮލީވޫޑް ފިލްމްތައް ދައްކަމުން އަންނަ ހަމައެކަނި ސިނަމާ ހިނގަމުން އަންނަ ކުންފުންޏެވެ. ޝުވެކް ސިނަމާގައި މަދުން ނަމަވެސް ދިވެހި ފިލްމްވެސް ދައްކައެވެ.

އެޗްޑީސީން ބުނީ ސިނަމާ ގާއިމްކޮށްފައި ހުންނާނީ މިހާރު ހަދަމުންދާ ކޮމިއުނިޓީ ސެންޓަރުގެ ތެރޭގައި ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ސިނަމާގައި ފިލްމް ދައްކާނީ، މާލޭގެ ހުންނަ ޝުވެކް ސިނަމާގެ ސްކްރީންއަށްވުރެ ދެގުނަ ބޮޑު ސިލްވާ ސްކްރީންއެއްގައި ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު 180 މީހުންނަށް އެ ސިނަމާއިން ޖާގަ ލިބޭނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ޝުވެކް އިން ބުނީ ކުރިއަށް އޮތް ތިން މަހެއްހާ ދުވަސް ތެރޭގައި އެ ސިނަމާ ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ކޮންސިނަމާއެއް ހިންގަންތަ؟ ރައްޔިތުން މަގުފުރެދޭ ކަންކަމަށް ސަރުކާރުން ހަރަދުކުރާއިރު، ވަންނާނެ ބޯހިޔާވަހި ކަމެއްނެތް ކިތައްމީހުން އެބައުޅޭތޯ؟؟؟