މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ބައި ލައްކައަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް 50،611 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް 94،327 ފަތުރުވެރިން އައިސްފައިވެއެވެ.

މި މަހު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. ރަޝިއާ އިން މިހާތަނަށް 12،029 ފަތުރުވެރިން ރާއްޖެ އައި އިރު، ދެ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިންޑިއާ އިންނެވެ. އިންޑިއާ އިން ރާއްޖެ އަށް 8،042 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޔޫކްރެއިނުންނެވެ. އެ ގައުމުން 4،292 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި އަހަރު އެ ގައުމުތަކުގެ އިތުރުން ރޮމޭނިއާ، ފްރާންސް، އިނގިރޭސި ވިލާތް، ޖަރުމަނު، އެމެރިކާ އަދި ސްވިޓްޒަލެންޑް ފަދަ ގައުމުތަކުން ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ރާއްޖޭގެ ބޯޑަރުތައް މިދިޔަ އަހަރުގެ ޖުލައި 15 ގައި ހުޅުވާލި ފަހުން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު އަދިވެސް ރަނގަޅަށް ނުހިނގައެވެ. އެހެންވެ ފަތުރުވެރިން ރާއްޖެ ގެނައުމުގައި ބޮޑެތި ދަތިތަކެއް އަދިވެސް އެބަހުއްޓެވެ. ކޮވިޑް-19ގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޗައިނާއިން އަދި މީހުން އަންނަން އަދި ނުފަށައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ދުވާލެއްގެ މައްޗަށް ތިންހާހެއްހާ ފަތުރުވެރިން ރާއްޖެ އާދެއެވެ.

މިދިޔަ އަހަރު ނިމުނުއިރު، ރާއްޖެއަށް 555،399 ފަތުރުވެރިން އައިސްފައި ވެއެވެ. މީގެ ތެރެއިން 172،366 ފަތުރުވެރިން އައިސްފައި ވަނީ އަލުން ބޯޑަރު ހުޅުވާލި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަދީމު

    އެމްޑީޕީ ސަރުކާރުން މަދު ފައިސާކޮޅަކަށް އިންޑިޔއަށް އެޔަރޕޯޓުވިއްކާލީމާ އެއޮތްގޮތަށް މިއަދު އޮތްނަމަ އެޔަރޕޯޓު ޓެކްސްއަށް ދުވާލަކު ވަންނަ އެތަކެއްހާސް ޑޮލަރާ ޔޫރޯއާ ޕައުންޑްތައް ވަންނާނީ އިންޑިޔާގެ ޖީބަށެވެ. މާފަރު އެޔަރޕޯޓް ނެތްނަމަ ދެން ދާންޖެހޭނީ ކޮންތާކަށް ހެއްޔެވެ<؟

  2. ޕޮލިސް

    ތިބުނީ ހަމަ ތެދެއް . މިސަރުކާ ރައްވެސް އިގެނީ މީހުންގެ ފުލެޓު ފެޭރިގަންނަން