ގިނަ ދިވެހިންނަށް ކަމުދާ މަޝްހޫރު ނޫޑްލްސް ބްރޭންޑެއް ކަމަށްވާ ކޮއްތުމީގެ އާ ދެ ވައްތަރެއް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ނޫޑްލްސްގެ ތެރެއިން ކޮއްތުމީއަކީ ދިވެހިންގެ ތެރޭގައި ހާއްސަ މަގާމެއް ދީފައިވާ ބްރޭންޑެކެވެ. ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ މީރު މި ބްރޭންޑްގެ ހޮޓް އެންޑް ސްޕައިސީ ފްލޭވާ އާއި ޗިކަން ފްލޭވާ ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާތާ އަހަރުތަކެއްވެއްޖެއެވެ. ދިވެހިންގެ މެދުގައި މި ދެ ފްލޭވާ ވަރަށް ހާއްސައެވެ.

ކޮއްތުމީން ދުނިޔޭގެ ބާޒާރަށް ނެރުނު އެ ބްރޭންޑްގެ އާ ވައްތަރުތަކުގެ ތެރެއިން ރާއްޖެއަށް އަލަށް ނެރެފައި ވަނީ މި ބްރޭންޑްގެ މަސާލާ އާއި ޗީޒް އެންޑް އޮނިއަންއެވެ.

ކޮއްތުމީގެ އާ ދެ ވައްތަރުގެ ނޫޑްލް ވެސް ވަރަށް މީރެވެ. އަދި މިއީ އަޖުމަ ބަލާލަން ގަނެލަން ހަމަ އެންމެ ރަނގަޅު މި ބްރޭންޑްގެ އުފައްދުމަކަށް ވާނެއެވެ.

ފެންސީ ފުޑްސް މާލެ ބާޒާރުންނާއި ފެންސީ އައްޑޫން މި ބްރޭންޑްގެ ނޫޑްލްސް ވިއްކަމުންދާ އިރު، މި ބްރޭންޑްގެ ނޫޑްލްސް ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ ފެންސީ ފުޑްސް އިންނެވެ.