(އައްޑޫ ސިޓީ މަރަދޫ) އައްޑޫ ސިޓީ އާއި ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ހަންކެޑަ ކައިރިއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު "ބްރިޓިޝް ލޯޔަލްޓީ"ގެ ޝިޕްރެކް ފައްތާލިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވަ ބޮޑު ހަރަކާތް ޖުލައި 26 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މަގަތު ފާލަމާއި، ހެންކެޑަ ނަމަކަށް ކިޔާ ފަޅުރަށަކާއި ދޭތެރެއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު، "ބްރިޓިޝް ލޯޔަލްޓީ"ގެ ޝިޕްރެކް އެތަނަށް ފެތުނުތާ 75 އަހަރު ފުރުނީ ޖުލައި ފަހެއްގައެވެ. އެކަން ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރ. ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ހަރަކާތުގައި ދެކުނުގެ ގިނަ ޑައިވަރުން ބައިވެރިވިއެވެ.

މި އިވެންޓް ބާއްވާފައި ވަނީ މަރަދޫ ބަނދަރުގައެވެ.

މި އިވެންޓް އޯގަނައިޒް ކޮށް ހިންގާ އައްޑޫގެ ގިނަ ޖަމިއްޔާތާކާއި ގުޅިފައިވާ ސްޓިއަރިންގ ކޮމެޓީ، އައްޑޫ ބްރިޓިޝް ލޯޔަލިޓީގެ ތަރުޖަމާން ހުސައިން މުފީދު "ވަގުތު"އަށް ވިދާޅުވީ، އިނގިރޭސިވިލާތުން 75 ޑައިވަރުން ގެނެސްގެން ކުރިން މާރިޗް މަހުގައި ބާއްވަން ނިންމި ބޮޑު ހަރަކާތް ޖުލައި މަހަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މިގޮތަށް ނިންމާފައި ވަނީ އެ ހަރަކާތްތައް ބޮޑަށް ތައްޔާރުވުމުގެ ގޮތުންނާއި، އެ ހަރަކާތް ފެށުމުގެ ކުރިން އިތުރު އިވެންޓްތަކެއް ބާއްވަންވެސް ނިންމާފައިވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 ދުވަސްވަރަށްވުމާއެކު، ރޯދަ މަސްވެސް ކައިރިވެފައި އޮތުމުން އެ ހަރަކާތް ފަސްކުރީކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއީ ދެކުނުފެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ބާއްވާ އިވެންޓެެކެވެ.

ކިޔުންތެރިންގެ ހިޔާލު