ޕިއްޒާއަކީ އިޓަލީގެ އުފެއްދުމެެއް ނަމަވެސް މުޅި ދުނިޔެއަށް ވެސް މަގުބޫލު، ހާއްސަކޮށް ޒުވާނުންގެެ މެދުގައި ވަރަށް މަގްބޫލް ކެއުމެކެވެ. ރާއްޖޭގައިވެސް ޕިއްޒާ ވިއްކާ ގިނަ ތަންތަން ހުންނަ އިރު ރިއަލް ބްރީޒް ޕިއްޒާއަކީ ނުކައި ދޫކޮށްލެވޭނެ ޕިއްޒާއެއް ނޫނެެވެ.

2008 ވަނަ އަހަރުގެ މާޗް މަހުގެ ތިންވަނަ ދުވަހު ފުވައްމުލަކުގައި ހުޅުވިގެން ދިޔަ ރެސްޓޯރެެންޓު "ރިއަލް ބްރީޒް" ގެެ އާ ޕިއްޒާ ރެސްޓޯރެންޓް "ޕިއްޒާ ބައި އާރުބީ" މިހާރު މާލޭގައި ވަނީ ހުޅުވާފައެެވެެެ.

ރިއަލް ބްރީޒް ޕިއްޒާ މާލެއާ ހަމައަށް ގޮސްފައި ވަނީ ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ލޯތްބާއި މަގްބޫލްކަން ހޯދުމަށް ފަހުގައެވެ. ޕިއްޒާއެެއް ކާން ބޭނުން ވެއްޖެެ ނަމަ ފުވައްމުލަކުގެ ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަ އެއް ރެސްޓޯރެންޓްއަކީ ރިއަލް ބްރީޒްއެވެ. ފުވައްމުލައް ސިޓީގައި އެ ތަނުގެ ޕިއްޒާގެ މަގްބޫލްކަން ވަރަށް ބޮޑެވެ.

"ޕިއްޒާ ބައި އާރުބީ" ގެ މެނޭޖަރު އިބްރާހިމް ޝިމާއު ސައީދު "ވަގުތު" އަށް ވިދާޅުވީ ޕިއްޒާއެއް ހަދާފައި ވިއްކުމަކީ ފަސޭހަ ކަމެއް ކަމަށާއި، އެހެެން ނަމަވެެސް ރާއްޖޭގެެ ހުރިހާ ޕިއްޒާ ވިއްކާ ތަންތަނަށް ވުރެެ ރިއަލް ބްރީޒް ޕިއްޒާ ތަފާތުވާނެ ކަމަށެެވެ. މިހާ ހިސާބުން އެެންމެ ބޮޑަށް އުފެެދެނީ "ރިއަލް ބްރީޒް ޕިއްޒާގެެ ތަފާތަކީ ކޮބާ؟" މި ސުވާލެވެ.

ރިއަލް ބްރީޒް ޕިއްޒާ ނުވަތަ ޒުވާނުން ދީފައި އޮންނަ ނަމުން ނަމަ "އާރު.ބީ ޕިއްޒާ" އެހެން ތަންތަނުން ލިބޭ ޕިއްޒާ އާއި ތަފާތުވާ ވަރަށް ބޮޑު ސަބަބެއް އެބަ އޮތެވެ. ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ރިއަލް ބްރީޒްގެ ޕިއްޒާ އަކީ އެމީހުންގެ އަމިއްލަ ކްރަސްޓް އަދި އަމިއްލަ ސޯސް ބޭނުންކޮށްގެެން ތައްޔާރުކޮށްފައި ހުންނަ، ދުޅަހެެޔޮ، ރަނގަޅު އަދި މީރު ޕިއްޒާއެެއް ކަމަށް ޝިމާއު ވަނީ ވިދާޅުވެފައެވެ. މި ޕިއްޒާ ތައްޔާރުކޮށްފައި ހުންނަނީ ދިވެހިންނަށް ކަމުދާ ދަންނަ ރަހަތަކުންނެވެ.

"ފުވައްމުލަކުގަ ފެށިގެން އޭރުއްސުރެ އަޅުގަނޑުމެން ވިއްކަމުން މި އަންނަ ޕިއްޒާއަކީ، އަޅުގަނޑުމެެންގެ އަމިއްލަ ރެސިޕީއަކަށް ތައްޔާރުކުރަމުން އަންނަ ޕިއްޒާއެއް. ކޮންމެ ޕިއްޒާއަކަށް އަޅުގަނޑުމެން އިންނާނެ އަމިއްލަ ސޯސްއެއް ތައްޔާރުކޮށްފަ. އެ ސޯސް ބޭނުންކޮށްގެން ޕިއްޒާ މި ހަދަނީ. އަދި މީގެެ ކްރަސްޓަށް ބެލިއަސް މި ހުރިހާ އެއްޗަކީ އަޅުގަނޑުމެެން ވަކިން އަމިއްލައަށް ތައްޔާރުކުރާ އަޅުގަނޑުމެންގެ އުފެއްދުންތައް" ޝިމާއު ވިދާޅުވިއެވެ.

ޝިމާއު ވިދާޅުވި ގޮތުގައި މިހާރު މާލޭގައި ވިއްކަމުން އަންނަ ޕިއްޒާ ބައި އާރުބީގެ ޕިއްޒާ ކަސްޓަމަރުނަށް ވަރަށް ކަމުދެއެވެ. މި ޕިއްޒާ ގަންނަ ގިނަ ކަސްޓަމަރުން ޕިއްޒާއަށް މިހަތަނަށް ދީފައި ވަނީ ރަނގަޅު ފީޑްބެެކްތަކެއް ކަމަށް އޭނާ ވިދާޅުވިއެެވެ. ޝިމާއު ވިދާޅުވީ އެެމީހުންގެ ޕިއްޒާ ގަންނަ ގިނަ މީހުން ދެވަނަ ފަހަރަށް އެެހެެން ތަނަކުން އޯޑަރު ކުރަން ބޭނުން ނުވާކަމަށް ބުނާ ކަމަށެެވެ. އެހާ ވެސް ކަސްޓަމަރުންގެ ފީޑްބެކް ވަރަށް ރަނގަޅެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ޕިއްޒާ ރިއަލް ބްރީޒްގެ އައުޓްލެޓަކުން ފިޔަވާ އެހެން އެއްވެސް ތަނަކުން ލިބެެން ނުހުންނާނެ ކަމަށެވެ. ރިއަލް ބްރީޒްގެ މާލެެ އައުޓްލެޓް ހުންނާނީ މ. ހަވީރީ މަންޒަރު ނަމަކަށް ކިޔާ ގޭގެ އެންމެ ތިރީ ފަންގިފިލާގައެވެ. އެ ތަނުން ޑެލިވަރީގެ އިތުރުން ޑައިނިންގެެ ހިދުމަތް ވެސް ލިބޭނެއެެވެެ.

ކަސްޓަމަރުން މިހާތަނަށް ދީފައިވާ ހުރިހާ ފީޑްބެކްތައް ރަނގަޅުކަން ފާހަގަކުރައްވައި ޝިމާއު ވިދާޅުވީ ކަސްޓަމަރުން ފާހަގަކުރާ ގޮތުގައއި ރިއަލް ބްރީޒް ޕިއްޒާ އަކީ ހުރިހާ އެންމެންނަށް ކަމުދާ ތަފާތު ޕިއްޒާއެއް ކަމަށެވެ.

ޕިއްޒާ ބައި އާރުބީ އިން އިން އެކި ރަހަތަކުގެ ޕިއްޒާ ވިއްކައެެވެ. އެގޮތުން ޕިއްޒާ ބައި އާރުބީ އިން ވިއްކާ ޕިއްޒާތަކުގެ ތެރޭގައި، ޗިކެެން، ޓޫނާ، ބީފް، ޓޫނާ މަޝްރޫމް، ޗިކެން މަޝްރޫމް، ބީފް މަޝްރޫމް، ބީފް ބޮލޮގޮނައިޒް، ތަންދޫރީ، ޗިލީ ޗިކެން، ހަވާއިއަން، ހަވާއިއަން ޗިކެން، މާގަރީޓާ، ފަދަ މަގުބޫލު ރަހަތައް ހިމެެނެއެވެ. ރިއަލް ބްރީޒް އިން ޕިއްޒާ ވިއްކަމުން އަންނަނީ ހެޔޮ އަގުތަކެއްގައެވެ. އެގޮތުން މިތަނުގެ ޕިއްޒާ ލިބެެން ހުންނާނީ 85 ރުފިޔާއިން ފެށިގެން 150 ރުފިޔާ އާއި ދެމެދުގައެވެ. ޝިމާއު ވިދާޅުވި ގޮތުގައި އާ އަހަރާއި ދިމާކޮށް އެެ ރެސްޓޯރެންޓުން ޕިއްޒާ ވިއްކާ އަގަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

މާލެ އަދި ހުޅުމާލޭގެ ކޮންމެ ތަނަކަށްވެސް މި ޕިއްޒާ ޑެލިވަރީކޮށްދެއެވެ. ރިއަލް ބްރީޒްގެ މީރު ޕިއްޒާގެ ރަހަ ގޭގައި ތިބެގެން ތަޖުރިބާކޮށްލުމަށް 3322530 ނަންބަރު ފޯނަށް ގުޅާ އޯޑަރ ކުރެވޭނެއެވެ. މާލޭގެ އިތުރުން މި ޕިއްޒާ ރިއަލް ބްރީޒްގެ ފުރަތަމަ ރެސްޓޯރަންޓު ކަމަށްވާ ފުވައްމުލަކު އައުޓްލެޓުންވެސް ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު