ނިއުޒިލެންޑްގެ ކޮލިޓީ، ރަނގަޅު ހިކި ކިރެއް ރެޑްވޭވް އިން ތައާރަފްކޮށްފިއެވެ.

ރެޑްވޭވް އިން ބާޒާރަށް ތައާރަފްކޮށްފައި ވަނީ މަޖަން ބްރޭންޑުގެ ހިކި ކިރެވެ. މަޖަން އަކީ މެދު އިރުމައްޗާއި، އެފްރިކާ އަދި މިނޫންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮލިޓީ ރަނގަޅު ހިކި ކިރު ފޯރުކޮށްދިނުމުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. މި ކުންފުނީގެ ނަމުން ނަން ދެވިފައިވާ މަޖަން ހިކި ކިރަކީ ވިޓަމިން އޭ އަދި ޑީ ހިމެނޭ ގޮތަށް ފައްކާކުރެވިފައިވާ ހިކި ކިރެކެވެ.

މީގެއިތުރުން ނައިޓްރޯޖަން ފްލަޝް ޕެކިންއެއް ރައްކާކުރެވި މިހި ކިކިރު ބަންދު ކުރެވިފައިވަނީ އޭގެ އަސްލަށް އަދި ރަހައަށް ބަދަލު އައުމެއް ނެތި ދިގު މުއްދަތެއްގައި ހުންނާނެ ފަދަ ގޮތަކަށެވެ. އަދި މި ކިރު އުފެއްދުމުގައި ބޭނުން ކޮށްފައިވާ ސްޕްރޭ ޕްރޮސެސްގެ ސަބަބުން ފިނި އަދި ހޫނު ފެނުގައި، އަދި ކޮފީއާއި ސަޔާއެކު ފަސޭހަކަމާއެކު ގިރާލެވެއެވެ.

މަޖަން ކިރަކީ އޭގެ ފައިދާ ލިބިދިނުމަށް ހެނދުނުގެ ނާސްތާ ސީރިއަލް އަށާއި، ކެއްކުމަށާއި، ބޭކް ކުރުމަށާއި، ފޮނިކާތަކެތި ތައްޔާރުކޮށްލުމަށް ވެސް މިހާރު ގެ މާކެޓުގައި ހުރި އެންމެ އެކަށޭނަ އެއް ހިކި ކިރެވެ.

ރެޑްވޭވްއިން ބުނި ގޮތުގައި އެ ކުންފުނިން ހިކި ކިރެއް ތައާރަފްކުރަން ނިންމާފައިވަނީ ބާޒަރުގައި ހިކި ކިރުގެ އަގު އިންތިހާއަށް އުފުލުމާއެކުގައެވެ. އެގޮތުން މިވަގުތަކީ ރައްޔިތުންގެ އަތްމަތިދަތި ވަގުތަކަށްވުމާކު، އަމިއްލަ ހިކިކިރެއް ގެނެސް ރައްޔިތުންނަށް ހެޔޮ އަގުގައި ފޯރުކޮށްދޭން ބޭނުންވީ ކަމަށް އެ ތަނުން ބުންޏެވެ.

މަޖަން ހިކި ކިރު މިހާރު މާކެޓުގައި ހުރި ހިކި ކިރަށްވުރެ 20 އިންސައްތަ އާއި 30 އިންސައްތައާ ދެމެދު އަގުހެޔޮ ވާނޭ ކަމުގައި ރެޑްވޭވްއިން ބުންޏެވެ. މަޖަން ހިކި ކިރު ރެޑްވޭވްގެ ހޯލްސޭލް ސެންޓަރުންނާއި މާލެ އަދި ހުޅުމާލޭގައިވާ ރެޑްވޭވްގެ ފިހާރަތަކުންނެވެ. އިތުރު މައުލޫމާތު 9194499 މިނަންބަރުން ލިބޭނެއެވެ.