މީގެ މަސް ދުވަސް ކުރިން ފުވައްމުލައް ސިޓީގައި ހުޅުވި ފްލޭމްއަޕް ޓޭކް އަވޭ ވެފައި ވަނީ އެރަށު ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން ތަނަކަށެވެ. ތަފާތު ރަހަތަކުގެ ސަބްމެރިންނާއި ވްރެޕް އެއްޗެހި ގޭގެ ދޮރުމައްޗާއި ހަމައަށް ގެނެސްދެއެވެ.

ދިވެހިންނާ ހަމައަށް ތަފާތު ރަހަތައް ގެނެސްދިނުމުގައި އަތުކުރި އޮޅާލައިގެން ތިބި ޒުވާނުންގެ މަސައްކަތުން އެތަން ހިންގަން ފެށިތާ ވާނީ މަސް ދުވަހެވެ. އެތަނުގައި މަސައްކަތް ކުރަނީ ދިވެހިންނެވެ. ޑެލިވަރީ ހިދުމަތުގައި އުޅެނީ ވެސް ދިވެހިންނެވެ.

މަސް ދުވަސް ތެރޭގައި 300 އަށް ވުރެ ގިނަ ޑެލިވަރީކޮށްފިއެވެ. އޭގެ ތެރެއިން 95 އިންސައްތަ އަށްވުރެ ގިނަ މީހުން ބުނަނީ ފްލޭމް އަޕްގެ ސަބްމެރިން އާއި ރެޕް ވަރަށް ކަމުދާ ކަމަށެވެ.

މިތަން ތަފާތުވީ ކީއްވެ؟

ފްލޭމްއަޕް ތަފާތު ވެގެންދާ ސަބަބުތައް ގިނައެވެ. އެތަނުގެ ސަބްމެރިންގެ ރަހަތައް ތަފާތެވެ. އެގޮތުން ސަބްމެރިން އާއި ރެޕްގެ ތިން ވައްތަރެއް ތައްޔާރުކޮށް ޑެލިވަރީ ކޮށްދެމުން ދެއެވެ. އެއީ ގްރިލްޑް ޗިކަން، ކްރިސްޕީ ޗިކަން، އަދި ފްލޭމްއަޕް ޗިކަންއެވެ. މި ވައްތަރުތަކާއެކު އަމިއްލަ ހާއްސަ ސޯސްއެއްވެސް ސަބްމެރިންއާއި ރެޕް އަށް އަޅައެވެ. އެއީ ރެގިއުލާ ސޯސް އާއި ފްލޭމް އަޕް ސޯސްއެވެ. މިއީވެސް މިތަނުގެ ސަބްމެރިން އާއި ރެޕްގެ އެންމެ ތަފާތު ކަމެވެ.

މީގެ ތެރެއިން ފްލޭމްއަޕް ޗިކަންއަކީ ކުޅިކޮށް ކާ މީހުންނަށް ހާއްސަ ސަބްމެރިން އާއި ރެޕްއެވެ.

"ފްލޭމްއަޕް މިއީ ކުޅިކޮށް ކާ މީހުންނަށް ހާއްސަ ވައްތަރެއް، މިހާތަނަށް އައިއިރު އެންމެ ޑިމާންޑް ހައިކޮށްވެސް މި އުޅެނީ މި ވައްތަރުގެ،" ފްލޭމްއަޕްގެ ވެރިޔާ ވިދާޅުވިއެވެ.

ދާދި ފަހުން މިތަނުން ވަނީ ވާހޫގެ ނަމުގައި އާ ވައްތަރެއްގެ ސަބްމެރިން އާއި ރެޕް ތައާރަފްކޮށްފައެވެ. އެއީ ކުރު މަހުގެ ސަބްމެރިން އާއި ރެޕްއެވެ.

މީގެ އިތުރުން، މިތަނުން ގެންދަނީ ހާއްސަ ޑެޒާޓްތައް ވެސް ތައްޔާރުކޮށް ވިއްކަމުންނެވެ. ޑެޒާޓްގެ ތެރޭގައި ހިމެނެނީ ޗީޒް މޫސް އާއި ޗޮކްލެޓް ޗިޕްސް ޕުޑިންއެވެ.

ތަފާތު ޕެކޭޖްތަކެއް!

ފުވައްމުލަކު ކޮންމެ ތާކަށްވެސް ޑެލިވަރީ ހިދުމަތް ދެމުންގެންދާ ފްލޭމްއަޕް އިން ތަފާތު ޕެކޭޖްތައްވެސް ތައާރަފްކޮށްފައިވެއެވެ. އެ ތިން ޕެކޭޖްގެ ތެރޭގައި ހިމެނެނީ ރެގިއުލާ ޕެކޭޖާއި، ކަޕްލްސް ޕެކޭޖްގެ އިތުރުން، ކޮމްބޯ ޕެކޭޖެވެ. މީގެ ތެރެއިން ކަޕްލްސް ޕެކޭޖްގާއި ކޮމްބޯ ޕެކޭޖާއެކު ޑެޒާޓްވެސް ލިބޭ ގޮތް ވަނީ ހަމަޖައްސައިފައެވެ.

ރެގިރުލާ ޕެކޭޖް: މި ޕެކޭޖްގައި ހިމެނެނީ ތިން ސަބްމެރިން ނޫނީ ތިން ރެޕް.

ކަޕްލް ޕެކޭޖް: ދެ ސަބްމެރިން ނޫނީ ދެ ރެޕްއާއެކު ދެ ޑެޒާޓް.

ކޮމްބޯ ޕެކޭޖް: ތިން ސަބްމެރިން ނޫނީ ތިން ރެޕްއާއެކު ތިން ޑެޒާޓް އާއި ކޯކު ފުޅިއަކާއި، ފެންފުޅިއެއް

މީގެ އިތުރުން އެތަނުގެ ވިސްނުން ހުރީ ފެެމެލީ ޕެކޭޖްވެސް ތައާރަފްކޮށް ހިދުމަތް އިތުރަށް ފުޅާ ކުރުމަށެވެ.

ފްލޭމްއަޕްގެ ޓާގެޓަކީ ކޮންމެ ހަފްތާއެކު އާ ރަހަތަކެއް ތައާރަފް ކުރުމެވެ. އެގޮތުން މިއީ އަދި ފެށުމެެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު އާ ރަހަތަކެއް ތައާރަފް ކުރާނެ ކަަމަށް ފްލޭމްއަޕް އިން ބުނެފައިވެއެވެ.