ހާއްސަ އަގެއްގެ ދަށުން ސިންގަޕޫރުގެ ސްކޫޓް އެއާލައިންސް އިން ދުނިޔޭގެ 12 ސަރަހައްދަކަށް ދަތުރުކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އޭސް ޓްރެވެލްސް މޯލްޑިވްސް އިން ބުނީ، ހާއްސަ ފެއާއެއްގެ ދަށުން މި ދަތުރުތައް ކުރެވޭނީ މި އަހަރުގެ މެއި މަހުގެ ކުރިން ޓިކެޓް ނަގާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ޓިކެޓް ނަގާތާ އެއް އަހަރު ތެރޭގައި ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެކަމަށް އޭސް ޓްރެވެލްސް މޯލްޑިވްސް އިން ބުންޏެވެ.
ހާއްސަ ފެއާއެއްގެ ދަށުން ސްކޫޓް އެއާގައި ރާއްޖޭ އިން އެ 12 ސަރަހައްދުން ކޮންމެ ސަރަހައްދަކަށްވެސް ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭއިރު، ކޮންމެ ފަސެންޖަރަކަށްވެސް 20 ކިލޯގެ ބަރުދަނަށް ވާ އެއްޗެއްސާއި، ދަތުރު މަތީގައި ކެއުން ލިބޭނެއެވެ.
ހާއްސަ އަގުތަކުގައި މި އެއާލައިންގައި ދަތުރުކޮށްލަން ލިބޭ ފުރުސަތު އަވަހަށް ބޭނުންކުރަންވީއެވެ. އޭސް ޓްރެވެލްސް މޯލްޑިވްސް އިން ބުނީ އެ ފުރުސަތު ދޭނީ ސީޓްތައް ހުރިވަރަކަށް ކަމަށެވެ. އަދި ޓިކެޓް ނެގުމަށްފަހު ރީފަންޑް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް އޭސް ޓްރެވެލްސް މޯލްޑިވްސް އިން ބުންޏެވެ.
ހެސްކިޔާހަ އަގުބޮޑު