ދިވެހިންގެ ބޮޑު މަގްބޫލުކަމެއް ލިބިފައިވާ "ގޯޕްރޯ ހީރޯ 9" ބްރޭންޑްގެ އުފެއްދުންތައް ސޮއްޓިބިޒް އިން ވިއްކަން ފަށައިފިއެވެ.

"ގޯޕްރޯ ހީރޯ 9" އަކީ ގޯޕްރޯގެ އެންމެ ފަހުގެ އުފެއްދުމެވެ. ގޯޕްރޯއާ ގުޅޭ ގިނަ ސާމާނުތައް ވެސް ސޮއްޓިބިޒް އިން ލިބޭނެއެވެ. މި ގޯޕްރޯ 9،000ރ. އަށް އެ ފިހާރައިން ލިބޭނެއެވެ. މި ފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތުގެ މައި ދޮރު ކުރިމަތީގައެވެ.

މި ގޯޕްރޯ އިން 5ކޭ ކޮލިޓީގައި ވީޑިއޯ ނަގާއިލެވޭ އިރު ބޭނުންވާ މަންޒަރެއްގެ ފޮޓޯ ވަރަށް ދުރުން ނުވަތަ ވައިޑް އޭންގަލް އިން ނަގައިލެވޭނެއެވެ. މީގެ އިތުރުން ސްލޯމޯ ވީޑިއޯ އާއި ޓައިމް-ލޭޕްސް ވީޑިއޯތައް ވެސް ވަރަށް ޗާލުކޮށް ނެގޭނެއެވެ.

ވޯޓަ ޕްރޫފް މި ގޯޕް ރޯގައި ޓަޗް ޒޫމް ފީޗާއެއް ހިމެނޭ އިރު ގޯޕްރޯ ހީރޯ 8 އަށް ވުރެ ބެޓެރީ ލައިފް 30 ޕަސެންޓް އިތުރުވާނެއެވެ. އެންމެ ފަހުގެ ގޯޕްރޯ މޮޑެލްގައި ނިއު އިމޭޖް ސެންސާ އެއް ހިމެނެއެވެ.

މިހެންވުމުގެ ސަބަބުން ނަގާ ވީޑިއޯ އަދި ފޮޓޯގެ ކޮލަޓީގެ އިތުރަށް ފުރިހަމަކޮށްދެއެވެ. މީގެއިތުރުން "ޓައިމްވާޕް 3.0" މޮޑެލް އާއި "ހޮރައިޒަން ލެވެލިން 3.0" ގެ އަށް މި ގޯޕްރޯ ވަނީ އަޕްގްރޭޑް ކޮށްފައެވެ. މީގެ ސަބަބުން، ރިކޯޑުކުރާއިރު ހުންނަ ވައިގެ އަޑު މަޑުކޮށް އަޑު ސާފުކޮށް ރެކޯޑުކުރެވޭނެއެވެ.

ގޯޕްރޯއަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ އަށް ޝައުގުވެރިކަން ހުންނަ ގިނަ ބަޔަކު ބޭނުން ކުރާ ޑިވައިސްއެކެވެ. ހާއްސަކޮށް ރާއްޖޭގައި ޑައިވް ކުރާ މީހުންނަށް ވެސް މި ގޯޕްރޯ ބޭނުންކޮށްލެވޭނެއެވެ. އެގޮތުން 10 މީޓަރު އަޑީގެ މަންޒަރުތައް ވެސް ނެގޭނެއެވެ.

ސޮއްޓިބިޒް އިން ސަތޭކަ ޕަސެންޓް ޖެނުއިން އުފެއްދުންތައް ލިބޭ އިރު މާލޭގެ ހުރިހާ ސަރަހައްދަކަށް އެފިހާރައިން ވިއްކާ ތަކެތި ޑެލިވަރީ ވެސް ކޮށްދެ އެވެ. އަދި ބޯޓުތަކަށް ވެސް ޑެލިވަރީގެ ހިދުމަތް އެފިހާރައިން ދެއެވެ. ޑެލިވަރީ ކުރަން ބޭނުންވާ ފަރާތްތަކުން 7750004 އަށް ނުވަތަ 7449955 އަށް ގުޅައިގެން ކުރިއަށްގެންދެވޭނެއެވެ.