ޓިންޑާ އަކީ ލޯބިވެރިން ހޯދުމަށް މުޅި ދުނިޔޭގައިވެސް ބޭނުންކުރާ އެޕްލިކޭޝަންތަކުގެ ތެރެއިން އެންމެ ގިނަ ބައެެއްގެ މެދުގައި މަގުބޫލުވެފައިވާ އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް އެތައް ހާސް ބަޔަކު އެމީހުންގެ ލޯބިވެރިން ހޯދަމުން އައި ނަމަވެެސް މިއީ ދިވެހިންނާއި ބީރައްޓެހި އެޕްލިކޭޝަނެކެވެ. އެެހެން ނަމަވެެސް ދިވެހިންގެ ތެރޭގައި މަގުބޫލުވެފައިވާ ފިލްމުތަކުންނާއި ބައެއް ވީޑިއޯތަކުންވެެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލޯބިވެރިން ހޯދާ މަންޒަރު ފެެނެއެެވެ.

އެެމެެރިކާގެ ކަޅު ނަސްލުގެ ރީތި ޒުވާނެއް ކަމަށްވާ ސްޓެފެން ޕިއާ-ޓޮމިލިން އަކީ ޓިންޑާގައި އެންމެ ގިނަ މީހުންނަށް ކަމުދާ ފިރިހެން މީހާއެވެ. ރައިޓް ސްވައިޕްކުރާ މީހުންގެ އަދަދަށް ބަލާ ޓިންޑާގައި އެންމެ ގިނަ މީހުން މިހާތަނަށް ސްވައިޕްކޮށްފައި ވަނީ ސްޓެެފެންގެ ޕްރޮފައިލްއެވެ.

މޮޑެލްކަންވެސް ކުރަމުން އަންނަ އުމުރުން 30 އަހަރުގެ ސްޓެފެން އަށް މިހާރު ވަަނީ އޭނާ ބޭނުންވާފަދަ ލޯބިވެެރިއަކު ލިބި މުޅި އެޕުންވެސް ބޭރުވެފައެެވެެ. ސްޓެފެން އެޕުން ބޭރުވެ ޓިންޑާ ބޭނުންކުރުން ހުއްޓާލި އިރު އޭނާގެ ޕްރޮފައިލް ވަނީ 14,600 އަށްވުރެ ގިނަ މީހުން ސްވައިޕްކޮށްފަައެވެ.

ސްޓެފެން ބުނި ގޮތުގައި އޭޭނާ ޑޭޓިން އެޕް ބޭނުންކުރަން ފަށާފައި ވަނީ، އެ އެޕްލިކޭޝަން ބޭނުންކޮށްގެެން ބޭނުންވާފަދަ ބައިވެރިއަކު ހޯދުމުގެ ނިޔަތުގައެވެ. \

އަދި މިހާރު ލޯބިވެރިއަކު ލިބިއްޖެ ކަމަށާއި، އިތުރަށް އެ އެޕްލިކޭޝަން ބޭނުންކުރަން އޭޭނާ ބޭނުން ނުވާ ކަމަސް ސްޓެެފެން ވަނީ ބުނެފައެވެ.

ސްޓެފެން ލޯބީގެ ގޮތުން ގުޅިފައި ވަނީ އެއިސްލީން ހޯގަން-ވެލާންސޭ ނަމަކަށް ކިޔާ އަންހެނަކާއެެވެ. މި ދެމީހުން އެކަކު އަނެކަކާ ދިމާވީވެސް ޓިންޑާއިން ކަމަށާއި، ބޭނުންވަނީ އެކުގައި އަބަދަށް އުޅެން ކަމަށް ސްޓެފެެން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުނބަށްޖެހި

    އަދި ދުވަސްކޮޅަކުން އެހެން ނަމެއްގައި ނަމަވެސް ޓިންޑަރ އަށް އޭނަ ވަންނާނެ!
    އެ "ގާރލް ފްރެންޑް" އެކްސްޕަޔާ" ވާނެ ވަރަށް އަވަހަށް!