އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާ ވިއްކާލުމަކީ އިންޑިއާ ސަރުކާރުން މިއަހަރު އިޤުތިޞާދީ ގޮތުން ހާސިލް ކުރަން އެންމެ ބޭނުންވާ ކަންތަކެވެ. އެހެންކަމުން އިންޑިއާގެ ގައުމީ އެއާލައިން ގަންނަން ބޭނުންވާ ފަރާތްތަކަށް ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. ނަމަވެސް އިއްޔެ ބިޑް ކުރުމުގެ މުއްދަތު ހަމަވިއިރު ވެސް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައެއް ނުވެއެވެ.

އިންޑިއާ ސަރުކާރުން ހުށަހަޅާފައި ވަނީ އެންމެ ބޮޑުވެގެން އެއާލައިންގެ 76 އިންސައްތަ ހިއްސާ ވިއްކާލުމަށެވެ. ބިޑް ހުށަހަޅާނެ ފަރާތެއް ނުވުމުން މިހާރު ވަނީ ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައެވެ.

މިހާރު ގެއްލުމުގައި ހިންގަމުން ގެންދާ އެއާ އިންޑިއާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވާދަވެރި އެއާލައިންތައް ކަމަށްވާ ސްޕައިސް ޖެޓް އާއި އިންޑިގޯ އާއި ވާދަކުރެމުގައި ކުންފުނި ފެއިލް ވުމެވެ. ނަމަވެސް އަދިވެސް އެއާ އިންޑިއާ އަކީ ބޮޑު އާމްދަނީއެއް ހޯދާ ކުންފުންޏެކެވެ.

އެއާ އިންޑިއާ އަކީ 2026 ވަނަ އަހަރު އަންނަ އިރު ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އެއާލައިނަށް ހެދި ދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް އިންވެސްޓަރުން އެއާލައިނާއި މެދު ޝައުގުވެރިކަން ނެތީ ކުންފުނީގެ ބޮޑު ދަރަނީގެ ސަބަބުންނެވެ. އެއާ އިންޑިއާގެ ދަރަނި މިހާރު ހަތް ބިލިއަން އެމެރިކާ ޑޮަލަރަށް އަރައެވެ. އިންޑިއާ ސަރުކާރުން ބޭނުންވަނީ ކުންފުނީގެ ހިއްސާ ގަންނަ އިންވެސްޓަރަކު އޭގެ ތެރެއިން ފަސް ބިލިއަން ޑޮލަރުގެ ދަރަންޏާއި ހަވާލުވާށެވެ. މީގެ އިތުރުން ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެއަހަރު ތެރޭގައި ވެސް އެއާ އިންޑިއާ އަށް ދެބިލިއަން ޑޮލަރުގެ ދަރަނި އިތުރުވާނެއެވެ.

އިންޑިގޯ އިން އެއާ އިންޑިއާ ގަންނަން ޝައުގުވެރިވި ނަމަވެސް އިންޑިގޯގެ ހުށަހެޅުމަކީ އެއާ އިންޑިއާ ހަމައެކަނި ބައިނަލްއަޤުވާމީ ދަތުރުތަކަށް ހާއްސަ ކުރުން ކަމަށް ވާތީ އިންޑިއާ ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބުއްްަޅަަަަަބޭ

  އިންޑިޔާވެސް ޗައިނާޔަށް ވިއްކާލާ!

 2. ފައިޒް

  އިންޑިޔާގެ އަސްލު ފެންވަރު ތި ފެންނަނީ ...

 3. އައްޓަމަސް

  އެމްޑީޕީ ވެރިކަމުގައި އޮތްނަމަ ދޯ؟! އަންނި ތިޔަ އެއަރލައިން ގަންނާނެ

  • ޖަމަލޭ

   ކަލޯ މޮޅު އިގުތިސޯދީ މާހިރު ގެންގޮސްގެން ތިތަން ކޮޅަށް ޖަހަންވީނުން ؟

 4. އިކިލޭހި

  އިންޑިޔާއަށް ބައެއް ކަހަލަ ކަންކަމު ދާ މީހުންނަށް އެއާ އިންޑިޔާއިން ޓިކެޓު ނަގަން ވެސް އެބަމަޖުބޫރުކުރޭ. އަމިއްލަޔަށް ޓިކެޓު ނަގާ މީހުންނަށްވެސް. ދިއްލީގައި ހިންގާ 'ފޮސްވާލު' ނަމަކަށް ކިޔާ ބަޔަކު ހަމަގައިމުވެސް އެކަން އެބަކުރޭ. މަގްސަދަކީ ލާރިގަނޑެއް ހޯދުން. ހޯދުނުހާ ގޮތަކަށް.

 5. ޖަމަލޭ

  ދެން އަންނިއޭ ކިޔާފަ ކޮމެންޓު ނުކޮށް މިހިރަ އިކޮނޮމިސްޓު ގެންގޮސްގެން ތިތަން ހަމަޔަކަށް އަޅުވަން އުޅެބަލަ ؟ ގައިމު އަވަށްޓެރިންނަށް ކަމެއް ކޮށްދެވުނީނުން

 6. ސިޔާރާ

  ޙަމަ ޢަނި ކަޑަ!! ???