އެސްޓީއޯ އިން ހުޅުމާލޭގައި އަޅަން ފެށި ސިޓީ ހޮޓެެލް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފިއެެވެ.

ހައުސިން ޑިވެލޮޕްމަންޓުު ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިހާރު ވަނީ އެތަން ހިންގުމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހަޅާފައި ކަަމަށެވެ. އެޗްޑީސީ އިން ވިދާޅުވީ އެތަން ހިންގުމަށް އިތުރު ބަޔަކު ޝައުގުވެރި ވޭތޯ ބެލުމަށް އިއުލާން ކުރީ ހަމަހަމަ ފުރުސަތެއް ދިނުމަށް ކަމަށެވެ.

އެ ސިޓީ ހޮޓަލުގައި 250 ކޮޓަރިއެއް ހިމެނެއެެވެ.

ހުޅުމާލޭގެ ޕްރައިމް ލޮކޭޝަނެއްގައި ގާއިމްކުރަމުން އަންނަ ސިޓީ ހޮޓަަކީ 2008 ވަނަ އަހަރު ސޮއިކޮށްފައިވާ އެެއްބަސްވުމެއްގެ ދަށުން 2012 ވަނަ އަހަރުގެ ތެރޭގައި އެސްޓީއޯއިން އިމާރާތް ކުރަން ފެށި ތަނެކެވެ. މިތަނުގެެ މަސައްކަތްތައް އެެކި ސަބަބުތަކާއި ހުރެެ ވަނީ ވަރަށް ބޮޑަށް މަޑުޖެހި ދިގުލައިގެެން ގޮސްފައެވެ.

އެ ހޮޓަލުގެ މަސައްކަތް އެެންމެ ފުރަތަމަ ފެށި އިރު އެ މަސައްކަތް ނިންމަން ކަނޑައަޅާފައއި އޮތީ 2013 ވަނަ އަހަރުގެެ ތެރޭގައެެވެ. ނަމަވެެސް އެކި ސަބަބުތަކާއި ހުރެ އެ މަސައްކަތް ނުނިންމި ދިގުލައިގެން ގޮސް 2016 ވަނަ އަހަރު ވަނީ އެެތަން ވިއްކާލަން ނިންމާފައެެވެެ. އެކަމަށްވެސް އެކަށީގެންވާ ތަރުހީބެެއް ލިބިފައެެއް ނުވެެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައިވަރޭ

    ތިތަން ވެމްކޯއަށް ދޭންވީ އެންނު... މިހާރުވެސް ތިތަނާ އެއްއިންވެގެން ތިބެ ކުރަމުންދަނީ އަގުނުކުރެވޭ ހިދުމަތެއް. ޖާގަވެސް އިތުރައް އެމީހުން ބޭނުން ވޭ

    2
    1