ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އޮންލައިން ސާވިސް އެއްކަމަށްވާ " ފަސޭހަ ރީޗާޖް" އަށް އެއް އަހަރު ފުރިއްޖެއެވެ.

1 ޖޫން 2017 ގައި ވުޖޫދަށް އައި ފަސޭހަ ރީޗާޖަކީ މިއަދު އެތަކެއް ހިދުމަތެއް އެއް އެޕްލިކޭޝަން އަކުން ލިބޭ އެޕްލިކޭޝަން އެކެވެ. ކުރިން ހަމައެެކަނި ރީލޯޑް އަދި ރާސްޓަން ލިބުން ނަމަވެސް މިއަދު މި އެޕް މިވަނީ ކާމިޔާބީގައި އެތަކެއް އޮޅިއެއް ގިރާކޮށްފައެވެ.

އެގޮތުން މިއަދު މި އެޕްލިކޭޝަން ބޭނުންކޮށްގެން ދިރާގް އަދި އުރީދޫގެ ބިލްތަށް ދެއްކޭނެ ގޮތް މިވަނީ ފަހިވެފައެވެ. އަދި ދިރާގު ޕެކޭޖު ހެދުމާއި ދިރާގު ޕޭގެ ކޭޝް އިން ކުރެވޭނެ ގޮތްވެސް މި އެޕް މެދުވެރިކޮށް މިވަނީ ހަމަޖެހިފައެވެ.

މި އެޕްލިކޭޝަންގެ ބޭނުން އެތަށް ހާސް ބަޔަކު ހިފަމުންދާއިރު މި އެޕްގެ ސަބަބުން އަތޮޅު ތެރޭގެ އާއި ފުރަ މާލޭގައި ދިރިއުޅެމުންދާ ގިނަ ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް މިވަނީ ބޮޑު ލުއިފަސޭހަކަމެއް ލިބިފައެވެ. އެއީ ކިއުގައި ޖެހުމެއް ނެތި، އަދި މޫސުމަށް ބެލުމެއް ނެތި ފަސޭހަ ކަމާއި އެކު ފޯނަށް ބެލެންސް އެޅުމާއި ބިލްތަަކަށް ފައިސާ ދެއްކުން ފަދަ ކަންކަން މި އެޕް މެދުވެރިގެން ކުރެވޭތީއެވެ.

" ފަސޭހަ ރީޗާޖަށް" އެއް އަހަރު ފުރިގެންދާއިރު އެ އެޕްލިކޭޝަން އިން މިހާރު ތައްޔާރުވަމުންދަނީ އިތުރު ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން ސުޕަރނެޓް ގެ ބިލްތައް ދެއްކޭނެ ގޮތް ހަމަޖެސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފަސޭހަ ރީޗާޖުން ބުނެއެވެ.

" އަޅުގަނޑުމެން އަބަދުވެސް ބަލާނީ ކަސްޓަމަރުންނަށް ވީހާވެސް ގާތުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވޭތޯ. އެގޮތުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ހަފްތާގެ ތެރޭގައި ސުޕަނެޓްގެ ބިލްތަށް ފަސޭހަ ރީޗާޖް މެދުވެރިކޮށް ދެެއްކޭނެ ގޮތް ހަމަޖެއްސުމަށް" ފަސޭހަ ރީޗާޖުގެ ފައުންޑަރ އަލީ އުވައިސް ވިދާޅުވިއެވެ.