ދިރާގުން "މަމެން" ޑޭޓާ އެޑް-އޮންތަކުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ހާމަކުރި ގޮތުގައި އަންނަ މާޗް ވިއްސާ ހަމައަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލައިލެވޭނެއެވެ. ޕެކޭޖްތަކުގެ އަދަދު ދައްކާފައި ހުންނާނީ "އާރްބީ" އިންނެވެ. ޕެކޭޖް ގަތުމާ އެކު "އާރްބީ"ގެ ބެލެންސުން އެބައި ކެނޑޭނެއެވެ.

ހުރިހާ ކަސްޓަމަރުން ވެސް އެޑް-އޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ބެލެންސްގައި ހުރި ވަރެއް ޗެކްކުރުމަށް ދިރާގުން އެދެއެވެ. އެގޮތުން މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ *142# އަށް ގުޅާލައިގެން އެކައުންޓްގެ ބާކީ ބެލޭނެއެވެ.

ދިރާގުން ވަނީ ހާއްސަ ޑޭޓާ އެޑް-އޮން ޕެކޭޖްތައްކެއް މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ތައާރަފް ކޮށްފައެވެ. މި އެޑް-އޮންތައް ކަނޑައަޅާފައި ވަނީ ޗެޓް، މީސްމީޑިއާ ދި ސްޓްރީމިންގެ ބޭނުންތަކަށް ހާއްސަ ކޮށްގެންނެވެ. ކަސްޓަމަރުންނަށް ހަތް ދުވަހާއި 15 ދުވަހާއި 30 ދުވަހުގެ މުއްދަތުގެ އެޑް-އޮން ނެގުމުގެ ފުރުސަތު އޮންނާނެއެވެ.

ދިރާގުގެ "މަމެން" އަކީ ޒުވާނުންނަށް އަމާޒުކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭ ގޮތަށް އުފެއްދި ކަސްޓަމައިޒް މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭން ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލެވެ.

ކިޔުންތެރިންގެ ހިޔާލު