ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަނުގައި ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަން މާރިޗު މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ދާނެއެވެ.

މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފަައިވެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ގިފްޓްކާޑެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައިފައެެވެ.

މި ޕްރޮމޯޝަންގައި ހިމެނުމަށް ހަމަޖެހިފައިވަނީ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ރާއްޖޭގައި ކުރާ ވިޔަފާރި މުއާމަލާތްތައް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު