ކޮންމެ ދެ ލީޓަރުގެ ކޯކް ފުޅިއަކާއެކު "ކޮކާކޯލާ"ޖަހާފައިވާ ހާއްސަ ބިއްލޫރި ތައްޓެއް ލިބޭ ޕްރޮމޯޝަނެއް ރާއްޖޭގައި ފަށައިފިއެވެ.

މި ޕްރޮމޯޝަން ކޮކާކޯލާ މޯލްޑިވްސް އިން ފަށާފައިވަނީ "ކޯކް އެންޑް މީލްސް" ކެމްޕޭން ރާއްޖެއަށް އައުމާއި ގުޅިގެންނެވެ.

"ކޯކް އެންޑް މީލްސް"ކެމްޕޭނަކީ މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭނަކީ އެންމެން އެކުވެ، ކެއުމާއި، ގުޅިގެންް އުޅުމަށް ހިތްވަރުދޭ ކެމްޕޭނެކެވެ.

މި ހާއްސަ ކެމްޕޭނާއި ގުޅޭގޮތުން ކޮކާކޮލާގެ ކަންޓްރީ މެނޭޖަރ ޕަންކާޖް ސިންހ ވިދާޅުވީ، މި ކެމްޕޭނާއެކު ރާއްޖޭގައިވެސް އާއިލީ ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮކާކޯލާ އިން ބުނީ، މިއަދު ފެށި މި ޕްރޮމޯޝަންގެ ދަށުން ކޮކާކޯލާގެ ދެ ލީޓަރުގެ ފުޅިއެއް ގަތުމުން، ކޮކާކޯލާ ޖަހާފައިވާ ބިއްލޫރި ތައްޓެއް ހިލޭ ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ތަށިތައް ލިބިގެން ދަނީ ވަކި ހާއްސަ ފިހާރަތަކުންނެވެ.

ކޮކާކޯލާ އިން ބުނީ، މި ޕްރޮމޯޝަން މާރޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަަމަށެވެ.