ސެމްސަންގ އިން އެންމެ ފަހުން ނެރުނު ގެލެކްސީ އެސް21ގެ ސީރީޒްގެ ފޯންތައް ބެސްޓް ބައި މޯބައިލްސް އިން ވިއްކަން ފަށައިފިއެވެ.

ބެސްޓް ބައިއަކީ އެންމެ ފަހުން ނެރޭ ފޯންތައް އެންމެ އަވަހަށް ރާއްޖެއަށް ތައާރަފްކުރާ އެއް ކުންފުންޏެކެވެ.

ސެމްސަންގ އިން އެންމެ ފަހުން ނެރެފައި ވަނީ އެސް-21 މޮޑެލްގެ ތިން ފޯނެކެވެ. އެއީ ގެލެކްސީ އެސް-21، އެސް-21 ޕްލަސް އަދި އެސް-21 އަލްޓްރާ އެވެ.

މި ތިން ފޯނުވެސް މިހާރު ބެސްޓް ބައި މޯބައިލްގެ ދެ ފިހާރައިން ލިބޭނެއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯންގެ ވިޔަފާރި ކުރަމުން އަންނަ ބެސްޓް ބައި މޯބައިލްއިން ސެމްސަންގްގެ އާ ފޯނުތަކުގެ އިތުުރުން، ގެލެކްސީ ބަޑްސް ޕްރޯވެސް ވިއްކަން ވަނީ ފަށާފައެވެ.

މިހާރުން ފެށިގެން އެ ފިހާރައިން މި ފޯންތައް ލިބެން ހުންނައިރު، މާލެ ސަރަހައްދުގެ ހުރިހާ ތަނަކަށް އެ ފިހާރައިން ޑެލިވަރީ ކޮށްދެމުން ދާނެއެވެ.

ބެސްޓް ބައި މޯބައިލް އިން ގެންދަނީ މަޝްހޫރު އެތައް ބްރޭންޑްތަކުގެ ފަހުގެ ފޯންތަކާއި، އަދި ގުޅުންހުރި އެސެސަރީސްތައް ވިއްކަމުންނެވެ. ބެސްޓް ބައި މޯބައިލްއިން ބުނީ، އެޕަލްގެ ހުރިހާ ޕްރޮޑަކްތަކެއް މިހާރު އަގުހެޔޮކޮށްފައިވާނެ ކަމަށެވެ.

އެ ކުންފުނިން އަލަށް މި ނެރުނު ފޯންތައްވެސް އިންސްޓޯލްމެންޓް މެދުވެރިކޮށް އެ ކުންފުނިން ދޫކުރަމުން ދާނެ އެވެ.

އެ ކުންފުނީގެ ފުރަތަމަ ފިހާރަ ހުންނާނީ މާވެޔޮމަގުގައި ހުންނަ ފަތަހަ މޯލްގެ ގޯޅީގައެވެ. ދެވަނަ ފިހާރަ ހުންނާނީ މަޖީދީ މަގުގައި ހުންނަ މާފަންނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ބްރޭންޗް "ކުރީގެ ސްޓާ ސިނަމާ" ކުރިމަތީގައެވެ.