މި މަހުގެ މިހާތަނަށް ރާއްޖެ އަށް 80،000 އަށްވުރެ ގިނަ ފަތުރުވެރިން އައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމައަށް 80،134 ފަތުރުވެރިއަކު ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު އައީ 4،195 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 17،870 ފަތުރުވެރިން އައިސްފައިވާ އިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 16،155 ފަތުރުވެރިން އައިސްފައިވާއިރު، ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރޭނުންނެވެ. ޔޫކްރެއިނުން ރާއްޖެ އައީ 6،263 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ 15 އަތޮޅެއްގެ 47 ރަށެއްގައި 318 ގެސްޓްހައުސްއެއް ހުޅުވައިގެން ފަތުރުވެރިންނަށް ދަނީ ހިދުމަތް ދެމުންނެވެ. އަދި ރާއްޖޭގެ 143 ރިސޯޓަކާއި މެރީނާއެއް ހުޅުވައިގެން ހިދުމަތްދޭ އިރު، 11 ހޮޓަލަކާއި 134 ސަފާރީއެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ސަރުކާރާއި ގުޅިގެން ބައެއް އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. އެގޮތުން އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ އެކަމާ ގުޅޭ ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މިދިޔަ އަހަރު ނިމުނު އިރު، ރާއްޖެއަށް 555،494 ފަތުރުވެރިން އައިސްފައި ވެއެވެ. މީގެ ތެރެއިން 172،366 ފަތުރުވެރިން އައިސްފައި ވަނީ ނުރައްކާތެރި ކޮވިޑް-19 ވައިރަހާ ގުޅިގެން އަލުން ބޯޑަރު ހުޅުވާލި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަންގަލި

    އެކަމަކު ކޮވިޑް އެލަވަނސްކޮޅު ނުލިބޭ# ކިހިނެއްބާ މިވަނީ

  2. ރިޒާ - ޑިއުޓީ ފްރީ / ބޮންޑެޑް ވެއަރ އަހުސް

    އެކަަމަކު ލިބެނީ 10000 ރު ފިޔާ.

  3. ޜޭމްޕު ސާވިސަސް

    April mahun feshigen 5mas vandhen airport muvahzafun na musaara dhineema mihaaru airport company ge rausul maalu husve. 2019 vana aharuge aharee bonus dhevey varu nuve adhi mi higaa 2021 vex eh vex muvahzafaka vazeefaa ge kuri erun nulibeyne kamah adhi mihaaru company in loan nagaagen musaara dheyvaahaka ALI NASEER (DHONJEYMU ALI ) vanee bunefa mikamuge hageegatha kee kobaa tho?

  4. އިބުރާހިމް ކީރިތިކުރަވާ ސޯލިހު

    ކޮބާތޯ އެއާރޕޯޓު ސާވިސްޗާޖު ބޮޑު ތަނުން 80000 ޓޫރިސްޓުން އައީ އޭކިޔާ އެމީހުންއަތު ބޮޑުތަން ސާރވިސްޗާޖު ނަގާފަ މުވައްޒަފުންނަށް ނުދޭ