މިދިޔަ މަހުގެ ނިޔަލަށް ރައްޖޭގެ ރިޒާާވް 984 ޑޮލަރަށް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކު (އެމްއެެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭ އިން އާއްމު ކުރާ އިކޮނޮމިކް އަޕްޑޭޓްގައި ވިދާޅުވެފައިވާ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ އަދަދުގައިވާ ގޮތުން ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 984.8 މިލިއަން ޑޮލަރެވެ. ނޮވެެމްބަރު މަސް ނިމުނު އިރު ރާއްޖޭގެެ ރިޒާވްގައ ހުރީ 629.9 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ރިޒާވްްގައި ހުންނަ ޑޮލަރު އާންމުކޮށް ބޭނުންކުރަމުން އަންނަނީ އިމްޕޯޓުކުރާ މުދަލަށެވެ. އާއްމު ގޮތެއްގައި ރާއްޖޭގެ ރިޒާވްގައި ތިން މަހުގެ އިމްޕޯޓަށްވާ ވަރު ހުރެއެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން މީީގެ ފަސް މަސް ކުރިން ރިޒާވް ވަނީ 152 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. މިކަމާއިި ގުޅިގެން ގިނަ ބަޔަކު ވަނީީ ސަރުކާރަށްް ފާޑުކިޔާ، ރިޒާވް އިން ކޮރަޕްޝަނުން ފައިސާ ނަގާ ކަމަށްް ތުހުމަތުތަކެއް ކޮށްފައެެވެެ.

މި ވެެއްޓުމަށް ފަހު މިހާ ބޮޑަށް ރިޒާވް ރަނގަޅުވެގެން ގޮސްފައި ވަނީ، ކޮވިޑާއި ގުޅިގެން ފަތުރުވެރިކަން ދަށަށް ދިއުމަށް ފަހު އަލުން ރަނގަޅުވާން ފެށުމާއި ގުޅިގެން ކަމަށް ބެލެެވެއެވެެ. މިދިޔަ ފިނި މޫސުމާއި ދިމާކޮށް ރާއްޖެއަށް ގިނަ އަދަދެއްގެެ ފަތުރުވެރިންވެސް ވަނީީ ޒިޔާރަތްކޮށްފައެެވެެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އެމަންޖެ

  ރިޒާވް ރަނގަޅުވެ 984.8 ޑޮލަރު އިތުރުވީމަ ތިވާހަކަ ހަބަރުގަ ލިޔަން ޖެހޭތަ ކޮންމެހެން ރައްޔިތުން ގުންބޯ ހައްދުވަން މިލިޔަނޭ ނުކިޔާ.

 2. ރަސްދޫ

  އަޖާބެކޭ އަދިވެސް އަހަރުމެނެނަށް ފޮރިންޕާޗޭސް ކުރިއެކޭ އެއްގޮތަކަށް ވަގު ބެންކް އޮފް މޯލްޑިވްސްއިން ނުދޭޔޭ.

 3. އަބްދޫ

  ސާލިހް ވެރިކަމަށް އައި އިރު ވެސް 934 މިލިއަންޑޮލަރު ހުރި އިރު އެފައިސާއަށްވީ ކިހިނެތް؟

 4. ބަބު

  ކުރީސަރުކާރުން އެއްކޮށްފަ ހުރި ލާރިގަނޑުތީ. އަރާފަ އެއްޗެއް ނެތޭކިޔާފަ ފަހުން އެބަހުއްޓޭ ތިޔަކިޔަނީ. މިދިޔަމަހު މައިނަހުގަ އުޅުނު ތަނެއް މިމަހުގަ 900 މިލިއަން ޑޮލަރު ފައިދާގަ ހުންނާނެ ގޮތެއް ނުވިސްނޭ