ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ބޮޑެތި އިނާމްތަކާ އެކު ރެޑްވޭވް ރޯދަ ސޭލް މިއަދު ފަށައިފިއެވެ.

ރެޑްވޭވް އިން މިއަދު ބުނީ ރޯދަ މަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން މިއަދުން ފެށިގެން ރޯދައިގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން އެއް ވަނަ އަށް ހޮވޭ މީހަކަށް 100،000ރ. ގެ ފައިސާގެ އިނާމް ލިބިގެންދާ އިރު، އިތުރު ފަސް ނަސީބުވެރި ފަރާތަކަށް 10،000ރ. ގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް ރެޑްވޭވް އިން ބުންޏެވެ. އަދި ސޯފާ ސެޓާއި އިލެކްޓްރޯނިކްސްގެ އިތުރުން އަގު ހުރި އެތައް އިނާމްތަކެއް ހިމެނޭ ގޮތަށް އިތުރު 20މީހެއް ނަސީބުވެރިންގެ ގޮތުގައި ގުރު އަތުން ހޮވިގެންދާނެ ކަމަށް ރެޑްވޭވް އިން ބުންޏެވެ.

ރެޑްވޭވް އިން ބުނީ ކޮންމެ 500ރ. އަކަށް ކޫޕަނެއް ލިބޭ ރޯދަ ސޭލް ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެ ކަމަށެވެ.

ރެޑްވޭވް އިން ބުނި ގޮތުގައި ރޯދަ ސޭލްގެ ތެރެއިން ގާތްގަނޑަކަށް ގެދޮރަށް ބޭނުންވާ ހުރިހާ ސާމާނެއް އެކުލެވޭ ރެޑްވޭވްގެ އެންމެ ބޮޑު ޝޯރޫމް ވެސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ފިހާރަ ވާނީ އިލެކްޓްރޯނިކް، ފަރުނީޗަރު، ބަދިގެ ސާމާނު އަދި ގޭތެރޭގެ ސާމާނުގެ އެތައް ބާވަތެއް ލިބޭނެ ހާއްސަ ފިހާރައަކަށް ކަމަށް ވެސް ރެޑްވޭވް އިން ބުންޏެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރޯދަ ސޭލް އަށް ތަފާތު އެކި ބާވަތްތަކުގެ މުދާ ރެޑްވޭވް އިން ވަނީ ތައާރަފްކޮސްފައެވެ. އަދި މިގޮތަށް ތައާރަފްކުރާ ރޯދަ އާ ގުޅޭ ތަކެއްޗަކީ ވަރަށް ހެޔޮ އަގެއްގައި ކަސްޓަމަރުންގެ ރިކުއެސްޓްތަކާ އެއްގޮތަށް މާކެޓަށް ނެރެފައިވާ މުދަލެވެ.