އައްޑޫ ސިޓީ ހިތަދޫއިން ކަރަންޓީންގައި ނެތް ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ކޮވިޑް-19 އަށް ފައްސިވީ ހިތަދޫ ފްލޫ ކްނިލިކަށް ދައްކަން ދިޔަ ދެ މީހެކެެވެ.

މި ދެ ވޭދަނައާއި ގުޅިގެން އައްޑޫ މޮނީޓަރިންގއަށް ލާނެ ކަމަށް ބެލެވެއެވެ.

ހިތަދޫން ކަރަންޓީންގައި ނެތް ދެ މީހަކު ފައްސިވިއިރު، އެ ސިޓީގެ ހުޅުމީދޫ ސައިޓަކުން 24 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އައްޑޫސިޓީ މޭޔަރ އަބްދުﷲ ސާދިގު ވިދާޅުވީ، ފައްސިވެފައިވަނީ ހިތަދޫގައި ދިރިއުޅެމުން އަންނަ އައްޑޫ ދެ މީހުން ކަމަށެވެ.

މޭޔަރު ވިދާޅުވީ، މި ދެމީހުން ފައްސިވުމާއި ގުޅިގެން މިވަގުތު ބަލަން ޖެހޭ ކަންކަން ބަލައި, އެ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެ ސިޓީއަށް އަރާ ފޭބުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަނަލް

    ޕުރޭ ފޯ އަސް....

  2. ބޭރުމީހާ

    ކީއްކުރަން ހުންނަ މޭޔަރެއްބާއެވެ. މޭޔަރަށް މިވަނީ ހަމަ ކުކުޅަށްވެސް ވީވަރެވެ. ކުކުޅު ފަނަންއަރާފަ އޮތްވާ ވާރޭ ވެހިގަންނައިރަށް ބުނާނެ މާދަމާ ގެ އަޅާނީއެވެ. ހެނދުނު އެސޮރު ފަނުން ފުންމާލައިގެން ދާއިރަށް ގުއިތަފާއްޔެއް ފެނި ގެއެޅުމުގެ މަތިން ހަނދާން ނެތޭނެއެވެ. އަނެއްކާ އަނެއްރޭވެސް އެސޮރު އެފަދައިން ބުނާނެއެވެ.
    ސޯބޭ އަށްވެސް މިވާވަރަކީ ވާރޭވެހިގަތީމާ ގެއަޅަން އުޅެގަންނަނީއެވެ!
    ބަލަ ސޯބޭ ކޮބައިތޯ އައްޑޫގެ އެމްޓީސީސީގެ ސައިޓަށް ގަވާއިދާޚިލާފަށް މީހުން ގެނަސް ދޫކޮށްލި މެނޭޖަރާމެދު އެޅިފިޔަވަޅު؟