ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލްދޭޝްގެ ވެރިރަށް ޑާކާ އަށް ކުރާ ދަތުރުތައް އަލުން ފަށައިފިއެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ކުންފުނިން ޑާކާއަށް ހަފްތާއަކު ތިން ދަތުރު ކުރާނެ ކަމަށެވެ. އެއީ ކޮންމެ އާދީއްތަ، އަންގާރަ އަދި ހުކުރު ދުވަހެކެވެ.

މޯލްޑިވިއަން އިން ރާއްޖެއާ ޑާކާއާ ދެމެދު ސީދާ ދަތުރުތައް ކުރާއިރު، ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ގެންދިއުމުގައި އެންމެ ފުޅާކޮށް މަސައްކަތްކޮށްފައި ވަނީ މޯލްޑިވިއަން އިންނެވެ.

އެގޮތުން އެ މަސައްކަތަށް މާލެ އާއި ޑާކާއާ ދެމެދު މޯލްޑިވިއަން އިން 50 ދަތުރުވަނީ ކޮށްފައެވެ.

މި މަސައްކަތުގެ ދަށުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅޭ 9633 ބަންގްލަދޭޝްގެ ރައްޔިތުން ފޮނުވާލެވިފައިވާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު