ވޯލްޑް ކަޕަށް ހާއްސަކޮއްގެން އެސްޓީއޯ އިން ބާއްވާ ސޭލް "ވޯލްޑް ކަޕް ފެސްޓް" ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިއަލަށް އެސްޓީއޯ އިލެކްޓްރޯނިކްސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.

މިޕްރޮމޯޝަންގައި އެސްޓީއޯ އިލެކްޓްރޯނިކްސް އަދި ރީޖަނަލް ފިހާރަތަކުން ކުރައްވާ ކޮންމެ -/500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ދިމާވާ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

މިގޮތުން، އިނާމު ތަކުގެ ތެރޭގައި އެއްވަނައަށް ހޮވޭފަރާތަކަށް 50،000 ރުފިޔާ ގެ އަގުހުރި އިނާމު ލިބޭނެ ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ. މީގެތެރޭގައި ޑެލްގެ އޮޕްޓިޕްލެކްސް ކޮމްޕިއުޓަރ ސިސްޓަމްއަކާއި ޑެލް ކާވްޑް މޮނީޓަރ އަދި ޖޭ.ބީ.އެލް ސައުންޑް ބާ އެއް ހިމެނެއެވެ.

އަދި ދެވަނައަށް ހޮވޭފަރާތަކަށް ޖުމްލަ 30،000 ރުފިޔާ ގެ އަގުހުރި އިނާމު ލިބޭއިރު އޭގެ ތެރޭގައި ހިޓާޗީ 65 އިންޗި ޓީވީ، ޖޭ.ބީ.އެލް ސައުންޑް ބާ އަދި އެސް.ޖޭ ކެމްގެ އެކްޝަން 4k ކެމެރާ ހިމެނެއެވެ. އަދި ތިންވަނައަށް ހޮވޭފަރާތަކަށް ޖުމްލަ 20،000 ރުފިޔާގެ އަގުހުރި އިނާމު ލިބޭއިރު އޭގެ ތެރޭގައި ހުވާވޭ މޭޓް 10 ޕްރޯ ފޯނަކާއި އެޑިފަޔަރ ސްޕީކަރެއް ހިމެނެއެވެ.

މީގެ އިތުރުން ގަންނަ ކޮންމެ ޕްރޮޖެކްޓަރ އަކާއި އެކު 24 އިންޗީގެ ފިލިޕްސް ޓީވީއެށް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ވިދާޅުވިއެވެ.

މިޕްރޮމޯޝަން އަށް ހާއްސަކޮށްގެން އެސް.ޓީ.އޯ އިލެކްޓްރޯނިކްސް އާއި ރީޖަނަލްސް ފިހާރަތަކުގައި ވިއްކާ މުދާ ވަރަށް ހެޔޮއަގެއްގައި ލިބެން ހުންނާނެ ކަމަށާއި މިގޮތުން ވޯލްޑް ކަޕް އަށް ޚާއްސަ ކޮށް ޓީވީ އަދި ޕްރޮޖެކްޓާސް ވަރަށް ހެޔޮއަގެއްގައި ލިބޭނެ ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު