ފޯނު މަރާމާތުކޮށް ފޯނަށް ދިމާވާ ތަފާތު އެކި މައްސަލަތައް ހައްލުކޮށްދޭން ސޮއްޓިބިޒް އިން ފަށައިފިއެވެ.

ސޮއްޓިބިޒް އިން ބުނީ އެ ފިހާރަ އިން ހުރިހާ ވައްތަރެއްގެ ފޯނެއް ވެސް މަރާމާތު ކޮށްދެމުންދާ ކަމަށެވެ. ފޯނުގެ އިތުރުން އައިޕެޑަށް ދިމާވާ މައްސަލަތަކަށް ވެސް އެ ފިހާރައިން މިހާރު ހައްލު ހޯދައިދޭނެއެވެ.

ސޮއްޓިބިޒް އިން ބުނީ، ކޮވިޑްގެ މިހާލަތުގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ފޯނަށް ދިމާވާ މައްސަލަތައް ވެސް ހައްލުކޮށްދޭނެ ކަމަށެވެ. އެގޮތުން ފޯނު ރަށުން އަންނަ ދޯންޏަކާ ހަވާލު ކުރުމަށް ފަހު އެ ދޯނީގެ މައުލޫމާތުތައް ސޮއްޓިބިޒްއަށް ފޮނުވުން ދޯނިން ފޯނު ނަގައި އެ ފޯނު ހެދުމަށް ފަހު ކަސްޓަމަރު ބޭނުންވާ ދޯންޏަށް ފޯނު އަނބުރާ ޑެލިވަރީކޮށްދިނުމުގެ ހިދުމަތް ވެސް އެފިހާރައިން ދޭނެއެވެ.

ފޯނު ހަދަން ބޭނުންވާ ފަރާތްތަކުން 7449955 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.


ސޮއްޓިބިޒ
ް އިން އަންނަނީ އެންމެ ޒަމާނީ ބްރޭންޑްތަކުގެ ފޯނާއި ޓެކް ގެޖެޓްސް ވިއްކަމުންނެވެ. ފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތުގެ މައި ދޮރު ކުރިމަތީގައެވެ.