ރެޑްވޭވް އިން ކޮންމެ އަހަރެއްގެ ފަހުކޮޅު ބާއްވާ ރެޑްވޭވް އަހަރީ ބާޒާރުގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ.

ހުޅުމާލޭގައި ހުންނަ ރެޑްވޭވް މޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި ރެޑްވޭވްގެ އަހަރީ ބާޒާރުގައި ބައިވެރިވި މީހުންގެ ތެރެއިން ގުރުއަތުލައި ނަސީބުވެރިންގެ ގޮތުގައި ހޮވުނު މީހުންނާއި ފައިސާގެ އިނާމާއި އަގުބޮޑު އެހެނިހެން އިނާމުތައް ލިބޭ މީހުން ވަނީ ކަނޑައަޅައިފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ރެޑްވޭވްގެ 11 ފިހާރައެއް ހިމެނޭހެން ބޭއްވި އަހަރީ ބާޒާރުގައި ބައިވެރިވި މީހުންގެ ތެރެއިން ނަސީބުވެރިންނަށް 75،000ރ. ގެ ފައިސާގެ އިނާމު ވަނީ ދީފައެވެ. އެގޮތުން އެއް ވަނަ އަށް ދާ މީހަކަށް 25،000ރ. އަދި ނަސީބުވެރި ދިހަ މީހަކަށް 5،000ރ. ލިބިގެންދިޔައެވެ.

މި ޕްރޮމޯޝަންގެ ދަށުން ރެޑްވޭވްގެ ފިހާރަތަކުން ކުރާ 300ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދީފައިވެއެވެ.

5،000ރ. ލިބުނު މީހުން

  1. މަރިޔަމް- 52942
  2. އަބްދުالله ޝަމްވީލް- 41666
  3. މުހައްމަދު ހުސެއިން- 50582
  4. ފާތުމާތު ނަޝާ- 006857
  5. ސުޖަން- 57647
  6. ހުޒާމް- 121780
  7. މަރްޔަމް ނަޖްވާ- 70048
  8. އަހްމަދް ނާސިރް- 006106
  9. މުހައްމަދު އިބްރާހީމް- 80472
  10. އަދުހަމް- 43507
‎ރެޑްވޭވް އަހަރީ ބާޒާރު ނަސީބުވެރިން ހޮވުމަށް ބޭއްވި ގުރުއަތުލުން. - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް‎

ޓޮޕް ފައިވް:

5- މޫވެންކްރެސްޓަލް- ގީޕަސް ބްރޭންޑުގެ ޑީޕް ފްރަޔާއެއް

4- ސަމާ - ނިކާއީ ބްލެންޑާ

3- އައިމިނަތު ޝުރުފާ އަލީ - ގީޕަސް ޑީޕް ފްރްޔާ

2- އައިޝަތު - ނިކާއީ ޓީޕޮޓް އަދި ކެޓަލް

1- ޔަޝާނާ - 49 އިންޗީގެ ހައިސަންސް ޓީވީއެއް

25،000 ރުފިޔާގެ ނަސީބުވެރި ފަރާތަކަށް ހޮވުނީ:

ޒައިނާ މުހައްމަދު- 139803

‎ރެޑްވޭވް އަހަރީ ބާޒާރު ނަސީބުވެރިން ހޮވުމަށް ބޭއްވި ގުރުއަތުލުން. - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް‎

ރެޑްވޭވްގެ އަހަރީ ބާޒާރުގެ ޕްރޮމޯޝަންގައި ރެޑްވޭވްގެ ފޭސްބުކް ގައި ހަރަކާތްތެރިވެގެން ގަދަ ފަހަކަށް ދިޔަ ފަރާތްތަކަށް ރެޑްވޭވްގެ ބްރޭންޑް ތަކުން އަގުހުރި އިނާމުތަކެއްވެސް ވަނީ ދީފައެވެ.

ރެޑްވޭވް އިން ބުނީ 2001 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ ފިހާރައިގެ އަހަރީ ބާޒާރު ބާއްވަމުން އަންނަ ކަމަށާއި މިއަހަރުގައިވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ގިނަ އިނާމުތައް ލިބޭގޮތަށް އަހަރީ ބާޒާރު ކުރިޔަށް ގެންދާނެ ކަމަށް އެ ފިހާރައިން ބުނެއެވެ.