ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ ރިސޯޓް، ވިލާ ރިސޯޓަށް މުވައްޒަފުން ހޯދަން ފަށައިފިއެވެ.

ވިލާ އަށް މުވައްޒަފުން ހޯދަނީ ކޮވިޑް-19 އާއި ގުޅިގެން އެއްފަހަރާ ގިނަ މުވައްޒަފުންތަކެއް ކަނޑާލާފައި ވަނިކޮށެވެ.

ވިލާ އަށް އިޢުލާންކޮށްފައިވާ ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ ހައުސްކީޕިކް ދާއިރާއިން 11 ވަޒީފާއެކެވެ. އެއީ އެސިސްޓެންޓް ހައުސްކީޕަރ، ފްލޮރިސްޓް، ސުޕަވައިޒަރ، ސުޕަވައިޒަރ (ޕަބްލިކް އޭރިއާެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް، މިނީ ބާ ކީޕަރ، ރޫމް އެޓެންޑެންޓް (ގެސްޓްރޫމް އެޓެންޑެންޓް (ސްޓާފްޕީއޭ އެޓެްޑެންޓް، ލޯންޑްރީ މެނޭޖަރ، ލިނެން ކީޕަރ އަދި ލޯންްޑްރީ އެޓެންޑެންޓްއެވެ.

ވިލާ ރިސޯޓަށް ފައިނޭންސް ދާއިރާއިން ހަތް މަޤާމަކަށް މީހުން ހޯދަން ވަނީ އިޢުލާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެސިސްޓެންޓް ކޮސްޓް ކޮންޓްރޯލަރ، އެކައުންޓްސް އޮފިސަރ، ސޭލްސް އެސިސްޓެންޓް، ޕްރޮކިއުމެންޓް އޮފިސަރ، އެސިސްޓެންތް ޗީފް ކޭޝިއަރ، ކޭޝިއާގެ އިތުުން އައުޓްލެޓް ކޭޝިއާއެވެ.

މީގެ އިތުުރުން ދަތުރުފަރުގެ ދާއިރާއިން ތިން ވަޒީފާ އަދި ހިއުމަން ރިސޯސް ދާއިރާއިން ހަތަރު ވަޒީފާ ވަނީ އިޢުލާކޮށްފައެވެ. އެއީ ޓްރާންސްޕޯޓް ދާއިރާއިން ސުޕަރވައިޒަރ، ކެޕްޓެން (ސްޕީޑް ބޯޓް އަދި ދޯނި) އަދި ފަޅުވެރިންނާއި، ހިއުމަން ރިސޯސް ދާއިރާއިން ސްޓާފް އޭރިއާ ސުޕަރވައިޒަރ، ސީނިއާ އެޗްއާރު އޮފިސަރ، އެޗްއާރު އޮފިސަރ އަދި ޓްރެއިނަރއެވެ.

ހަމައެހެންމެ ގެސްޓް ސާވިސް ދާއިރާއިން 14 މަޤާމަަށް މީހުން ހޯދަން ވަނީ އިޢުލާންކޮށްފައެވެ. އެއީ އެސިސްޓެންޓް މެނޭޖަރ، ޑިއުޓީ މެނޭޖަރ، ހޮސްޓް/ހޮސްޓެސް ( މަލްޓިލިންގުއަލް)، ހޮސްޓް ހޮސްޓެސް ސޭލްސް އެގްޒެކިއުޓިވްސް ގެސްޓް ސަރވިސް އޭޖެންޓް، ކޯލް ސެންޓަރ އޭޖެންޓް، ޕޯޓަރސް ސުޕަރވައިޒަރ، އެކްކާޝަން ގައިޑް، އިނސްޓްރަކްޓަރ ސްޕޯޓްސް، އެސިސްޓެންޓް އިންސްޓްރަކްޓަރ ސްޕޯޓްސް، ކިޑްސް ކްލަބް އޭޖެންޓް އަދި ޕޫލް އެޓެންޑެންޓުގެ މަޤާމަށެވެ.

ފުޑް ޕްރޮޑަކްޝަންގެ ދާއިރާއިން އިޢުލާން ކުރި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ އެގްޒެކިއުޓިވް ސޫސް ޝެފް، ޗައިނީޒް ޝެފް، އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް، ސޫސް ޝެފް، ކޮމިސް 1، ކޮމިސް 3، ޖޫނިއަރ ސޫސް ޝެފް، ތަޕެންަކީ ޝެފް، ޝެފް ޑި ޕާޓީީ، ތައި ޝެފް، ޑެމީ ޝެފް ޑި ޕާޓީ، އެސިސްޓެންޑް ޝެފް ބުޗަރ، ބުޗަރ، އިޓަލިއަން ޝެފް ސްޓާފް ޝެފް، ޝެފް ޑި ޕާޓީ ސްޓާފް ކިޗެން ކޮމިސް 2 އަދި ޝިފްޓް ލީޑަރއެވެ.

އެންވައިރޮމެންޓް ދާއިރާއިިން އިޢުލާންކޮށްފައިވާ ވަޒީފާތަކަކީ ސުޕަރވައިޒަރ އަދި ގަރޑެނިންގެ ވަޒީފާއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޅަބޭ

    އެކަކުވެސް ތިތަނައް ނުދާތި. ދުވަހަކު ސާވިސްޗާޖު ހަމައަކައް ނުދޭނެ. ދޭނީ މަދުން، ރުފިޔާއިން. މުއަޒަފުން ބަިތިއްބާނީ އަޅުންހެން، ބިކާރީކޮއްފަ. ގާސިމަކީ އަބިން މަދުވެގެން އުޅޭ ޑާކޫ މަންގަލް ސިންގެއް.

    28
    4
  2. ގެރި

    ތިތަން ބަނގުރޫޓު ވިއްޔާ އަހަރުމެނަށް ރަނގަޅީ. ކޮވިޑޭ ކިޔާފަ ބުރަ މަސައްކަތް ކުރުވާފަ ދިނީ އެންމެ 1000 ރުފިޔާ

    16
    4
  3. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    ތިތަން ބަނގުރޫޓު ވިއްޔާ އަހަރުމެނަށް ރަނގަޅީ. ކޮވިޑޭ ކިޔާފަ ބުރަ މަސައްކަތް ކުރުވާފަ ދިނީ އެންމެ 1000 ރުފިޔާ

    16
    3
  4. ނެތެންނު

    ވިލާރިސޯޓޭ ލޮލް.

    13
    5
  5. އަލިފު ސުކުން

    މާމިގިލީ މީހުން ތިބޭނެ ނުން. 1000 ރުފިޔާ ދިނަސް އޯކޭ ވާނެ

    17
    4
  6. އިބުރާހިމް މުހަންމަދު

    ކަމެއްޖެޖޭއިރައްއެންމެފުރަތަމަ ރައްޔަތުން ދަންޖައްސާ ކަމެއްބޭނުމްވާއިރައް މާރަނގަޅުމީހަކައްހެދިގެން ހަމަކާދަރުހާން މީދެންބޮޑު ބަލާވެރިކަމެއް ކަލޭގެ 4 އަނބިންލާގެންރިސޯޓުހިންގަބަލަ އެކަކުވެސްނުދާތި ފަހުންލަނޑުދޭނެ މިގައުމްގަ ކަމެއްވާއުރައް ހާލުގަޖެހޭ ބަލިބުޅާގަނޑު މަވެސްކަލެއައްވުރެން މުއްސަދި 4 މުއައްޒިފުންނައްބަރާބަރައް 5 ރުފިޔާނުކަނޑާ މުސާރައެބަދެން ހިންނަވަރުމޯޑީއައް ޓެކުސްވެސްއެބަދައްކަން

    5
    4
  7. ބޭން

    ބޭން ވިލާ ގުރޫޕް..ދިވެހިން ބޭނުމެއްނުން ތިޔަ ނުލަފާ ޖައްބާރު ވެރިޔާގެ ވަޒީފާއެއް...ދަހި ސައުދާގަރު..

    5
    1