"ސޭފަރ އިންޓަރނެޓް ޑޭ"، ނުވަތަ ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމާ ގުޅޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރުމުގައި އަބަދުމެ ސަމާލުވެ ތިބުމަށް ހަނދާންކޮށްފިއެވެ.

ދިރާގުން ބުނީ، އިންޓަނެޓް ބޭނުން ކުރާ ޑިވައިސްތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދިޔުމާ ގުޅިގެން، ތިމާ އާއި އާއިލާ، އިންޓަނެޓް ބޭނުން ކުރުމުގައި ސާމާލުވުމަކި މުހިންމު ކަމެއް ކަމަށެވެ.

ދިރާޣުން ބުނީ ކުރިއަށްވުރެ ވެސް ބޮޑަށް މިހާރު ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިން ކިޔެވުމާއި މުނިފޫހި ފުލުވުމަށްވެސް އިންޓަނެޓްގެ އެކި އެކި ވަސީލަތްތައް ބޭނުން ކުރާ ކަމަށާއި، އެހެންކަމުން އެކަންކަމަށް ސަމާލުވެތިބުމަށް އެދޭ ކަަމަށެވެ.

ސައިބަރ ބުލީން، ކުދިންނާއި ނުގުޅޭ މަންޒަރާއި އަޑު ހުންނަ ކަހަލަ ކޮންޓެންޓް، އޮންލައިން ކޮށް ކުރާ ޖިންސީ ގޯނާ އަދި އައިޑެންޓިޓީ ތެފްޓް ފަދަ ކަންތައްތަކީ އިންޓަނެޓް ބޭނުން ކުރުމުގައި ކުރިމަތިވެދާނެ ނޭދެވޭ ކަންތައްތައް ކަމަށާއި، އެހެން ކަމުން ކުދިނަނަށް އޮންލައިން ސޭފްޓީ ނުވަތަ ރައްކާތެރިކަމާއި، ސްކްރީންޓައިމް އަށް ވަކި އުސޫލުތަކެއް ކަނޑައެޅުން ފަދަ ކަންތައްތަކީ މި ޒަމާނުގައި ދަރިންނަށް މައިންބަފައިން ކިޔައިދޭންވާނޭ މުހިންމު ކަންކަން ކަމަށް ދިރާގުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ދިރާގުން ރައްކާތެރި އިންޓަރނެޓް ފޯރުކޮށްދިނުމަށް ނަސޭހަތްތެރިވަން. (މާނައީ: އޮރިޔާން ސައިޓުތައް ބުލޮކު ކުރާށޭ)

    3
    1