ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި އަހަރުގެ ރަމަޟާން ބާޒާރު މިއަދު ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ މި އަހަރުގެ އެސްޓީއޯ ރަމަޟާން ބާޒާރު ކުރިޔަށްދާނީ މިއަދުން ފެށިގެން އޭޕްރީލް 22 ގެ ނިޔަލަށް ކަމަށެވެ. މި އަހަރުގެ ރަމަޟާން ބާޒާރުގައިވެސް އަގުހުރި އެތައް އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެއް ވަނަ، ދެ ވަނަ ތިން ވަނަ އަށް ދާ މީހުންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ނިންމައިފައެވެ.

އެއްވަނަ އިނާމުގެ ތެރޭގައި ހިމެނެނީ:

  • ފިލިޕްސް އެލްއީޑީ ޓީވީ 55 އިންޗި.
  • ހިޓާޗީ ފްރިޖް.
  • ޓެކްނޯ ދޮންނަ މެޝިން.
  • ފިލިޕްސް ސައުންޑް ބާ.
  • ސެންފޯޑް އަވަން.

ދެ ވަނައަށް ދޭ އިނާމްތަކަކީ:

  • ފިލިޕްސް އެލްއީޑީ ޓީވީ 55 އިންޗި.
  • ހިޓާޗީ ފްރިޖް.
  • ހިޓާޗީ ވެކިއުމް ކްލީނަ.
  • ކުކަރު.

ތިން ވަނަ އަށް ދޭ އިނާމް ތަކަކީ:

  • އޭއޯސީ ސްމާޓް ޓީވީ 43 އިންޗި
  • ހިޓާޗީ ދޮންނަ މެޝިން
  • ހިޓާޗީ ވެކިއުމް ކްލީނަ

މީގެ އިތުރުން ހިޓާޗީން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދޭއިރު ނިޕޯން ކުލައިން 15 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓު އަދި ޓީވީ 15 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ދޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ ރަމަޟާން ބާޒާރަށްފަހު މަކީޓާ ޕްރޮމޯޝަން މާރިޗު މަހު ފެށޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ހޯމް އިމްޕްރޫވްމެންޓްގެ އައިޓަމްތައް އީ ސްޓޯރއިން ގަތުމުން ޑެލިވަރީ ކޮށްދޭނެ ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ އިން ކުރިން ޑެލިވަކޮށްދެނީ ސުޕަ މާޓުގެ އައިޓަމްތަކާއި ހޯމް އިމްޕްރޫވްމަންޓުން ގަންނަ ފްރިޖް ދޮންނަ މެޝިންފަދަ ތަކެއްޗެވެ.

މިއަހަރުގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ ހޯމް އިމްރޫވްމަންޓުން ވިޔަފާރިކުރައްވައިގެން ނަމަ 1000ރ. އިން މަތީގެ ވިޔަފާރިތަކަށް ކަމަށާއި އަދި ސުޕަ މާޓުން ނަމަ 500ރ. ގެ ވިޔަފާރި ކުރެއްވުމުން ލަކީ ޑްރޯ ގައި ބައިވެރި ވެވޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ އަހަރީ ބާޒާރުގައި ނުވަތަ އެހެން ވެސް ޕްރޮމޯޝަނަކާ ގުޅިގެން އިނާމެއް ދިނުމަށް އެސްޓީއޯގެ ސްޓާފެއްގެ މޮބައިލް ނަންބަރުން ނުގުޅާނެ ކަމަށެވެ. އަދި އިނާމު ހަވާލު ކުރަން ގުޅާނީ އެސްޓީއޯގެ ރަސްމީ ނަންބަރަކުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު