މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން، އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިއަދު ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ، ދެންމެ ކުރި ޓްވީޓެއްގައެވެ.

ޑރ. މައުސޫމް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިއަދު ކަމަށެވެ. އެއީ 4700 އަށް ފަތުރުވެރިން ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ ޖުލައި މަސް ތެރޭގައެވެ. އޭގެ ފަހުން ފަތުރުވެރިކަމުގެ ދާއިރާގައި އުއްމީދީ ނަމްބަރުތަކެއް ދަނީ ފެންނަމުންނެވެ.

މި އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް އައިސްފައި ވަނީ، 92،103 ފަތުރުވެރިންނެވެ.

ފެބްރުއަރީ މަހުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ، 32،650 ފަތުރުވެރިންނެވެ.

ރާާއްޖޭގެ ފަތުރުވެރިކަން އަނބުރާ ކޮޅަށް ޖެހުމަށް ގުޅުން ހުރި ދާއިރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓޫރިޒަަމް މިނިސްޓްރީން ލަފާކޮށްފައިވާގޮތުން މި އަހަރުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޝައުނީ

  ތިއީ ކޮވިޑުޓޫރިސްޓުން.. އެންމެންނައް ކޮވިޑު ޖައްސަން ގެންނަ.

 2. ސަތަރޭ

  މިމީހުން ޑޮލަރުބޮނޑީގެ ދަހިވެތި ކަމު ކޮވިޑް އެތެރެ ކޮއްކޮއްފަ، ހުރިހާ ބަލާވެރިކަމެއް ރައްޔިތުންނައް، ސައިކަލް ދުއްވުން މަނާ، ގެއިން ނުކުތުން މަނާ،
  ދެން މަނާ ކުރާނީ ނޭވާލުންތޯ ؟؟

 3. ކޮންރިކޯޑެއް

  ފަތުރުވެރިން އައުން ގިނަވި ވަރަކަށް ގައުމުގައި ކޮވިޑްވެސް އެބަ ގިނަވޭ.

 4. ާއަހުމަދު

  ޑރ މއުސޫމު ވެސް ރިކޯޑުހަދަނީ
  ޑރ ނަޒުލާ ވެސް ރިކޑު ހަދަނީ