މުޅި ރާއްޖެއަށް ވިޔަފާރި ފުޅާކުރަމުން އަންނަ "ލިބޭ" އިން ލޭންސްލޭ ސްލިމިންގ ކޮފީގެ އާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ލިބޭ" އިން "ވަގުތު" އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަަށް ގެންދާ މި ޕްރޮމޯޝަންގައި ދެ ފޮއްޓަށްވުރެ ގިނައިން ކޮފީ ނަގާނަމަ 75 ރުފިޔާގެ ރޭޓުން ފޮއްޓެއް ލިބޭނެ ކަަމަށެވެ.

"މަދު ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލޭންސްލޭ ސްލިމިންގ ކޮފީއަށް ލިބިފައިވާއިރު، ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތައް އަޅުގަނޑުމެން މި ދަނީ ބާއްވަމުން، މިއީވެސް ކަސްޓަމަރުންނަށް އަގުހެޔޮކޮށް ކޮފީ ލިބޭނެ ގޮތް ހެދުމަށް ފެށި ޕްރޮމޯޝަނެއް". ލިބޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެގޮތުން "ލިބޭ" އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮފީ ބައްލަވައި ގަންނަވާ ފަރާތްތަކަށް ކޮފީ ލިބޭނީ ރާއްޖެ އިން ލޭންސްލޭ ސްލިމިން ކޮފީ ލިބޭނެ އެންމެ ހެޔޮ އަގުގައި ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ކޮފީ ބައްލަވައި ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން "ލިބޭ“ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން ނުވަތަ 9759452 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކޮފީ އަށް އޯޑަރު ކުރެވޭނެއެވެ.

މި ޕްރޮޑަކްޓު މާލެ ސަރަހައްދުން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދޭނެއެެވެ. އަދި ރަށްރަށުން އޯޑަރު ކުރާނަމަ ބޯޓާއި ހަމައަށް ގެންގޮސްދޭނެއެވެ