ކަރަންޓު ބޭނުން ކުރާ މިންވަރުގެ އެވްރެޖަށް ބެލުމަށް ފަހު އެއްބަސްވާ ވަކި އަދަދަކަށް ފައިސާ ދެއްކޭ ސްކީމެއް ސްޓެލްކޯ އިން ތައާރަފްކޮށްފިއެވެ.

"އީކުއަލް ޕޭމެންޓް ޕްލޭން"ގެ ނަމުގައި ތަޢާރަފްކުރި މި ޕްލޭންގެ އެންމެ ބޮޑު ބޭނުމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަކީ ބަޖެޓްކޮށްގެން ދިރިއުޅުމުގެ ކަންކަން ކުރާ ބަަކަށް ވާއިރު ކުރީ ބައިގައި ކަރަންޓު ބިލަށް ދައްކަން ޖެހޭނެ ފައިސާގެ އަދަދު އެނގޭނެ މަގު ފަހިކޮށްދިނުން ކަމަށް ސްޓެލްކޯ އިން ވިދާޅުވެއެވެ.

މިއަދު ބޭއްވި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޤުނީ ވިދާޅުވީ، އަބަދުވެސް ކަރަންޓު ފޯރުކޮށް ދިނުމުގައި ރައްޔިތުންނަށް ވީހާވެސް ފަސޭހަ ގޮތްތަކެއް މަގުފަހިކޮށް ދިނުމަށް ސްޓެލްކޯ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އީކުއަލް ޕޭމެންޓް ޕްލޭން އަކީ އެ ވިސްނުމުގައި ތަޢާރަފްްކުރި ސްކީމެއް ކަަަމަށާއި އެ ޕްލޭންގެ ދަށުން މަހުން މަަށް ދައްކަން ޖެހޭ ފައިސާ ދައްކާނީ އެ ކަސްޓަމަރަކާއި އެކު އެއްބަސްވާ އަދަދަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގްރިމެންޓަކަށް އައިސް އެ އަދަދަކަށް ފައިސާ ދައްކަނީ. މިއީ އެހެން ޤައުމުތަކުގައި ވެސް ކުރާކަމެއް. ހަމައެކަނި ތަފާތަކީ ރާއްޖޭގައި އަލަށް އަންނަ ކަމެއް. އަޅުގަނޑުމެންގެ ކަސްޓަމަރުން މިއަށް އަހުލުވެރިވާން ދުވަސްކޮޅެއް ނަގާނެ." މުޤުނީ ވިދާޅުވިއެވެ.

މުޤުނީ ވިދާޅުވީ، މި ޕްލޭނާއެކު ކޮންމެ މަހެއްގައިވެސް ކަސްޓަމަރުން ކަރަންޓަށް ހޭދަކުރަން ބޭނުންވާ ވަރު ބަޖެޓްކޮށްލެވި ދާނެ ކަމަށެވެ.

“މިސާލަކަށް މިދިޔަ އަހަރު ކަރަންޓަށް ކުރި ޖުމްލަ ހޭދައިން ކޮންމެ މަހަކަށް ޖެހޭ އަދަދު، މި އަހަރުގެ ކޮންމެ މަހެއްގައި ދެއްކިދާނެ” މުޤުނީ ވިދާޅުވިއެވެ.

އެ ސްކީމް އެކުލަވާލަނީ މަހުން މަހަށް ކަރަންޓު ބޭނުން ކުރާ ނިސްބަތުގެ އެވްރެޖަށް ބަލައިގެން ކަމަށާއި އެ ސްކީމް އެކުލަވާލާއިރު ބަލާނީ 2019 ވަނަ އަހަރު ކަރަންޓު ބޭނުން ކުރި މިންވަރަށް ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވިއެވެ. ސަބަބަކީ ކޮވިޑް-19 އާއި އެކު ގިނަ ވަގުތު ގޭގައި ތިބެން ޖެހުން ފަދަ ކަންކަމުގެ ސަބަބުން، މިދިޔަ އަހަރު ކަރަންޓު ބޭނުން ކުރި މިންވަރު އިތުރުވެފައިވުން ކަމަށް އެ ކުންފުނިން ފާހަގަކުރައްވައެވެ.

ރޯދަ މަހާއި ހޫނު މޫސުމާއި ދިމާކޮށް ކުރިން ކަސްޓަމަރުންނަށް އެއްފަހަރާ ބޮޑު ބިލެއް ދައްކަން ޖެހުމުން ދިމާވާ ތަކުލީފުތައް މި ސްކީމް އާއި އެކު ކުޑަވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެެވެ.

އަަހަރުގެެ ވަކި މަސްތަކެއްގައި ބިލް ބޮޑުވުމަކީ އާއްމުން އަބަދުވެސް ކުރާ ޝަކުވާއެއް ކަމަށާއި، ބޭނުން ވެއްޖެ ހިނދެއްގައި ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭނެ ނިޒާމެއް ނެތުމަކީ ވެސް އާއްމުންގެ ކަންބޮޑުވުމެއް ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެފަދަ ހުރިހާ ކަމަކަށް މި ޕްލޭން އައި އެކު ހައްލު ލިބޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޏނނ

    އަހަރުން ދިރިއުޅުން 3 ތަނަށް ބަދަލު ކޮށްފީމު އެކަމުވެސް ބިލަށް އަރަނީ އެވްރެޖް ކޮށް އެއް އަދަދެއް ކީއްވެ ގެން ކަމެއްނޭންގޭ އެވަރިހަމަ 2 މީހުން ނުވަތަ 19 މީހުން އުޅުނަސް ތަފާތެއްނުވޭ....

  2. ޑެނީ

    ފެލޭވަރު އަދިވެސް މަދީތަ ؟؟

  3. ޖަނާޒާ

    ތިޔަވެސް ވާނީ ނުރައްކާތެރި ކަރަންޓްބިލާއި ގުޅުންހުރި އިންޒާރަކަށް. މިހާރުވެސް ކަރަންޓް ކަޑަން އަތޮޅުތެރޭގައި ހޭބޯނެތި ދުވަނީ. ކޮވިޑްގެ ހާއްޞަ ހާލަތުގައި ލަސްކޮށްދިން ބިލްތައް ފަހަތުންދުވަނީ. އަނެއްކޮޅުން ސަރުކާރުން ސަބްސިޓީ ދެމޭކިޔައިގެން އަނގަތަޅަނީ. މި ވާއްއެއްނުވާއެއްނޭންގޭ. އެނގޭކަމަކީ ނިކަމެތި މީހާގެ އާންމުދަނީއަށް އެއްވެސް ހެޔޮބަދަލެއް ނުލިބި އުޅެނިކޮން ކަރަންޓް ކަނޑަމުންދާކަން. ތިޔަ ބިލްތައްވެސް ބަހާލައިގެން ފައިދާ ހޯދާނީ މާލޭގަވެސް އުޅޭ ޕާޓީކުދިންކޮޅު. މި އޮތީވާ ވެރިކަމެއް. އަނެއްހެން ބުނަނީނަމަ ބަލާވެރިކަމެއް.

  4. ކެނެރީ

    މުވައްޒަފުންނަށް ޕޮރޮމޯސަން ދިނިއްޔާ މާތާހިރުވާނެ

  5. ތަމެންދޯ

    ވެރިކަމުގެ ދެ ދައުރެއް އެއް ރައީސަކު ކުރުން އަދި އެއް ޕާރޓީ އަކުން 5 ދައުރުގައި ވިދި ވިދިގެން ވެރިކަން ކުރުން އެއީ ގައުމުގެ ތަރައްގީ އަށް ވަރަށް މުހިއްމު ކަމެއް އެކަމަކު އެކަން ކުރަން ޖެހޭނީ އެކަމުގެ ޝަރުތު ފުރިހަމަވާ މީހުން އެކަމުގެ ޝަރުތެއް ފުރިހަމަ އެއް ނުވޭ އެމްޑީޕީ އަކު އެމްޑީޕީގެ ފަރާތުން ރާއްޖޭގައި ވެރިކަން ކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ ރައްޔިތުން ވަނީ ބަނޑަށް ޖައްސާ ކޮރަޕްޝަނާއި ފަސާދަ އިންތިހާ އަށް ސަރުކާރުގެ ތެރޭގައި އަށަގެންފައޭ...

  6. އާސިދާ

    އަނެ އްކަަ ހިޔާލީ ބިލްތަ އް ހަދަން ތައްޔާރުވަނީތަ އެހަކައްދުވަހު 6 މަސްފަހުން ސައިކަލުވެސް ވި އްކާލައިގެން މި ކަރަންޓްބިލް ދައްކާ ހަލާސް ކުރެވުނީ..މިދެން ކިހާދެރަ ކަމެ އް ..ބޮޑުވަރު ދެ އްތޯމީ..ފެންވެސް އެޔެ އް މިޔެއ އް ނުބަލާ މިކަން ހުއްޜާލާކައް ނުވޭތަ....