މާލޭގައި ހުންނަ "ޕިއްޒާ ބައި އާރްބީ" މިއީ ތަފާތު ރަހައެއް އެކުލެވިގެންވާ، އެންމެ މީރު ޕިއްޒާ ތައްޔާރު ކުރާ އެއް ތަނެވެ. އެ ކުޑަކުޑަ ރެސްޓޯރެންޓް ވެފައި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދި ރެސްޓޯރެންޓަކަށެވެ. ސަބަބަކީ އެތަނުން ތައްޔާރު ކުރާ ޕިއްޒާ މީރުވެފައި، އެހެން ތަންްތަނުގެ ޕިއްޒާއާ ތަފާތުވީމައެވެ.

ޓޭކްއަވޭ އާއި ޑެލިވަރީއަށް ބޮޑަށް ހާއްސަކޮށްފައިވާ މި ރެސްޓޯރެންޓަކީ ފުވައްމުލައް ސިޓީގައި 2008 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ރިއަލް ބްރީޒް އިން މާލޭގައި ހުޅުވި ފުރަތަމަ ރެސްޓޯރެންޓެެވެ. ރިއަލް ބްރީޒްގެ ޕިއްޒާތަކަކީ އެ ސިޓީގެ ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާ ޕިިއްޒާއެވެ. އަދި ޑިމާންޑްވެސް އެހާ ބޮޑެވެ. އަދި ފުވައްމުލައް ސިޓީގައި ރިއަލް ބްރިޒްގެ ޕިއްޒާއަކީ އެއްވަނައެވެ. ސަބަބަކީ ރަހަ ތަފާތުވުމެވެ. އަމިއްލަ ރެސިޕީ އާއި ސޯސް އާއި ކްރަސްޓެވެ.

އެ ރެސްޓޯރެންޓުން ތައްޔާރު ކުރާ ހާއްސަ ޕިއްޒާތަކަށް ބަލާލަމާ ހިނގާށެވެ.

ތަންދޫރީ ޕިއްޒާ: މިއީ އެތަނުގެ އަމިއްލަ ރެސިޕީއެއްގައި ތައްޔާރު ކުރާ ޕިއްޒާ އެކެވެ. މި ޕިއްޒާގައި އެ ރެސްޓޯރެންޓްގެ އަމިއްލަ ސޯސް ބޭނުންކޮށްފައިވާ އިރު، މިއީ އެތަނުގައި ތައްޔާރު ކުރާ އެންމެ ކަސްޓަމަރުންނަށް ކަމުދާ ޕިއްޒާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޗިކަން އެންޑް މަޝްރޫމް ޕިއްޒާ އާއި ބީފް މަޝްރޫމް ޕިއްޒާ: މި ޕިއްޒާގައިވެސް އެތަނުގެ އަމިއްލަ ކްރަސްޓާއި އަމިއްލަ ސޯސް ބޭނުންކޮށްފައި ވެއެވެ. މި ޕިއްޒާގެ ހާއްސަ ކަމަކީ އެ ސޯސް ތައްޔާރުކޮށްފައި ހުންނަނީ ކެރެޓާއި ކެބެޖް، އަދި ފިޔާ، މިރުސް، ލޮނުމެދާއި، ބޭނުންކޮށްގެން ކަމެވެ. އަދި މި ޕިއްޒާގައި ބޯންލެސް ޗިކަން ބޭނުންކޮށްފައި ހުންނާނެ އެވެ. އަދި މައްޗަށް މަޝްރޫމް އަޅާފައި ހުންނާނެ އެވެ.

ބީފް މަޝްރޫމް ޕިއްޒާއަށްވެސް ޗިކަން އެންޑް މަޝްރޫމް ޕިއްޒާ ގައި ބޭނުންކޮށްފައި ހުންނަ ސޯސް އާއި ކްރަސްޓް ބޭނުންކޮށްފައިވާއިރު، މީގައި ތަފާތަކީ ބީފް ބޭނުންކޮށްފައި ހުރުމެވެ.

ބީފް ބޮލޮގޮނައިޒް: މީގައި ބީފްކޮށްފައިވާއިރު، ތަފާތު ސޯސް އެއް ބޭނުންކޮށްފައިވާނެއެވެ. އަދި ޗީޒް އާއި ޓޮމާޓޯ ޕިއްޒާ ޓޮޕިންގ އަށް ބޭނުންކޮށްފައި ހުންނާނެއެވެ.

މީގެން ކޮންމެ ޕިއްޒާއެއްވެސް ތައްޔާރުކޮށްފައި ވަނީ 100 ޕަސެންޓް މޮޒަރެއްލާ ޗީޒް އަޅައިގެންނެވެ.

މީގެ އެއް އަހަރު ކުރިން 2019 ވަނަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައި ހުޅުވީ ޕިއްޒާ ބައި އާރްބީ ރެސްޓޯރެންޓް ހުންނާނީ ޝަހީދު އަލީ ހިނގުމުގައެވެ. އެ ރެސްޓޯރެންޓްގެ ނަމްބަރަކީ 3322530 އެވެ. އެ ތަނުން ޑެލިވަރީ ހިދުމަތް ދެމުންގެންދާނެ އެވެ. އެގޮތުން ކާފިއު ގަޑިއާއެއްކޮށް ރޭގަނޑު 10:30 ވަންދެން ޑެލިވަރީ ހިދުމަތް ދެމުންގެންދާނެ އެވެ،

މި ތަނުން އޯޑަރު ކުރާ ކޮންމެ ޕިއްޒާއަކާއިއެކު ހިލޭ ކޯކް ފުޅިއެއް ލިބިގެން ދާނެއެެވެ.