މި މަހުގެ މިހާތަނަށް 55،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަސް ފެށިގެން އިއްޔެ އާއި ހަމައަށް ރާއްޖެއަށް 55،641 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 2،698 ފަތުރުވެރިންނެވެ. އެންމެ ގިނައިން މިމަހުގައި ފަތުރުވެރިން އައިސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 4،856 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ފެށިގެން މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 147،744 އަރާފައެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 32،970 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 32،019 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

ރާއްޖޭގައި މިހާރު އަންނަނީ 643 ޓޫރިސްޓު ފެެސިލިޓީއެއްގައި 43،990 އެނދު އޮޕަރޭޓުކުރަމުންނެވެެ. އޭގެ ތެރޭގައި 145 ރިސޯޓަކާއި، 11 ހޮޓެލަކާއި، 136 ސަފާރީއެއް އަދި 351 ގެސްޓުހައުސް އެއް ހިންގަމުން އަންނަކަން ފާހަގަކޮށްލެެވެއެވެ.

މިދިޔަ އަހަރުގެެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެެރިގެން ޖުމްލަ އަދަދަކީ، 555،494 އެެވެ. މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވަައިރަހާ ގުޅިގެެން މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ފަތުރުވެރިން އައުން އެއްކޮށް ވަނީ މެދުކެެނޑިގެން ގޮސްފައެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނީ

    ކޮވިޑް ހިފައިގެން އައި މީހުންދޯ ؟؟
    ދިވެހިން ހަށިތައް ނުރައްކަލައް އެއްލާލީ ޑޮލަރުގެ ދަހިވެތިކަމްގަ..
    މި ސަރުކާރަކީ ނުބައި ނުލަފާ، ރައްޔިތުން ފެލަން އުޅޭ ސަރުކަރެއް

    • ޓޫރިޒަމް މިނިސްޓްރީ

      ނޫން.. ނޫން!! ފަތުރުވެރިންގެ ފަރާތުން ކޮވިޑް ނުފެތުރޭނެ. މިހާތަނަށްވެސް ރިޒޯޓްތަކުގައި ކޮވިޑްގެ ކްލަސްޓަތައް ގިނަވީ މުވައްޒަފުންގެ މެދުގައި ބަލިފެތުރިގެން. އެތްގޮތަކަށްވެސް އެއީ ފަތުރުވެރިންގެ ފަރާތުން ވާކަމެއްނޫން.