ބޭނުންވަނީ ހަމަޖެހިލައިގެން ކާލަން ހެއްޔެވެ؟ ނޫނީ އަރާމުގައި ކާލާން ހެއްޔެވެ؟. ނޫނީ ރަހުމަތްތެރިން ގޮވައިގެން އަރާމުގައި ކޮފީއެއް ބޯލަން ހެއްޔެވެ؟. އެހެންވިއްޔާ ދާންވީ އޯކިޑް މަގު ޖަސްޓިސް ބިލްޑިންގ ކުރިމަތީގައި ހުންނަ ކޮފީ ތަށި ރެސްޓޯރެންޓަށެވެ. އެ ރެސްޓޯރެންޓަކީ އާއިލާ ގޮވައިގެން ކާން ދާން ވިޔަސް ނޫނީ އެއްޗެއް ބޯލަން ދާން ވިޔަސް، ނޫނީ ރަހުމަތްތެރިން ގޮވައިގެން ކާން، ނޫނީ ކޮފީއަކަށް ދާން ހަމަ އެެންމެ ރަނގަޅު ޗޮއިސް އެވެ.

ޖާގައިގެ ގޮތުން ތަނަވަސް، އުފާވެރި ވަގުތު ކޮޅެއް ހޭދަވާނެ!

މި ރެސްޓޯރެންޓުގެ އެންމެ ތިރީ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އާއިލާ ތަކަށެވެ. ފުރަތަމަ ފަންގިފިލާއަކީ ޖާގަ ތަނަވަސް ފަންގިފިލާ އެވެ. އެތަނަކީ އޮޕަން އެއާ އޭރިއާ އެވެ. ހަމަޖެހިލައިގެން ރައްޓެހިންނާއެކު ނޫނީ އާއިލާއެކު މިތަނުގައި ތިބެވޭނެއެވެ.

ރެސްޓޯރެންޓްގެ ވީއައިޕީ ލައުންޖް

ދެން ހުންނާނީ ވީއައިޕީ އޭރިއާ އެވެ. މިއީ އަރާމުގައި އުޅެން ބޭނުންވާ ފަރާތްތަކަށް ހާއްސަ އޭރިއާ އެވެ. މިތަނުގައި ސޯފާ ބަހައްޓާފައި ވަނީ، ހަމަ ކޮންމެ މީހަކުވެސް އަރާމުގައި ޖައްސަލައިގެން އިނދެ، ކާލުމަށެވެ. ނޫނީ ފިނިބުއިމެއް، ކޮފީއެއް އެއްޗެއް ބޯލުމަށެވެ.

ކޮފީ ތަށި ރެސްޓޯރެންޓްގެ އޮޕަން އެއާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެހެންކަމުން މި ރެސްޓޯރެންޓަކީ ކޮންމެ އުމުރެއްގެ މީހުންވެސް އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން އެންމެ ރަނގަޅު ޗޮއިސްއަށް ވާނެއެވެ.

ހިދުމަތުގައި ދިވެހިން، ޝެފުންނަކީވެސް ދިވެހިން!

މިތަނަކީ ހިދުމަތުގެ ގޮތުން އެންމެ ފުރިހަމަ އެއް ތަނަަކަށް ނުންވާވީ ސަބަބެއްވެސް ނެތެވެ. ކެއުންތަކުން މުޅި މީހާ ހިތްފުރާލަ ދެއެވެ. އަދި ހިދުމަތުގައި އެ ތިބޭ ދިވެހި މުވައްޒަފުންގެ އޯގާތެރި ބަސްތަކާއި، ހިދުމަތްތަކީ ދުވަހަކުވެސް ހިތުން ނުފިލާނެ ވަރުގެ ހިދުމަތްތަކެވެ. މިކަން މިގޮތަށް އެހާ ފުރިހަމަކޮށް ދަނީވެސް ހިދުމަތުގައި ދިވެހިން ތިބީމަކަން ޔަގީނެވެ.

ކޮފީ ތަށި ރެސްޓޯރެންޓްގައި ހިދުމަތުގައި އާއި ޝެފުންގެ ގޮތުގައި އުޅޭނީ ދިވެހިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކާން ދާންވެސް މިއީ ހަމަ މަރެއް، ކޮއްތުރޮށި އެއްވަނަ!

ކޮފީ ތަށި ރެސްޓޯރެންޓަށް ކާން ދާ މީހުންނަށް ދޭނީ އަންތަރީސްވާ ވަރުގެ ކެއުންތަކެވެ. އަމިއްލަ އެތައް އުފެއްދުންތަކާއި، ދިވެހި ރަހަތަކުން މުޅި މީހާ އުފާކޮށްދޭނެއެވެ.

Tuna steak & beef steak

Posted by Coffee thashi on Sunday, 31 January 2021

ހާއްސަކޮށް މިތަނުގެ ކޮއްތުރޮށި މިއީ ހަމަ މަރެކެވެ. މިއީ މާލެެ ސަަރަހައްދުގައި ހުރި ކޮއްތު ރޮށި އެންމެ މީރު ތަނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް ކޮއްތު ރޮށި މީރީއެވެ. މިތަނުގެ ޝެފުން މޮޅީ އެވެ. މި ރެސްޓޯރެންޓުން ކޮންމެ ވައްތަރެއްގެ ކޮއްތު ރޮށިވެސް ލިބޭނެއެވެ.

މި ރެސްޓޯރެންޓަކީ އަގުގެ ގޮތުން ބަލާއިރުވެސް ހެޔޮ އަދި ރަހައިގެ ގޮތުންވެސް ފެންވަރު ރަނގަޅު ރެސްޓޯރެންޓެކެވެ.

މި ރެސްޓޯރެންޓްގެ ވެއިޓަރުންގެ ގޮތުގައިވެސް ދިވެހިން - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ރެސްޓޯރެންޓްގައި ހަފްތާ ބަންދު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނާއި މެންދުުރު ބުފޭވެސް ތައްޔާރު ކުރެއެވެ. މި ދުވަސްތަކަކީ މިތަނަށް އޮފީހުގައި އުޅޭ ގިނަ ބަޔަކު އަންނަ ދުވަސް ތަކެވެ. މިތަނަށް އަންނަ ގިނަ ފަރާތްތަކުންވެސް މިތަނުގެ ކެއުންތަކުގެ މީރު ވާހަކައަކާއި، ހިދުމަތްތައް ފުރިހަމަކަމުގެ ވާހަކަތައް ހިއްސާ ކުރެއެވެ.

ފެބްރުއަރީގެ ނިޔަލަށް ހެޕީ ހަވާ!

މި ރެސްޓޯރެންޓްގައި މިހާރު މި ވަނީ ޑިސްކައުންޓް ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އިރުއޮއްސި 6:30 އިން ރޭގަނޑު 10:30 ގައި ހިނގާލާފައި މި ރެސްޓޯރެންޓަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މި ދެނީ ބޮޑު ޑިސްކައުންޓެކެވެ. ފެބްރުއަރީގެ ނިޔަލަށް ކުރިއަށްގެންދާ މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މި ލިބެނީ 25% ޑިސްކައުންޓެވެ. މިއީ ކޮފީ ތަށި ރެސްޓޯރެންޓަށް އަލަށް އަންނަން ބޭނުންވާ ފަރާތްތަކަށާއި، މިހާރުވެސް އެތަނުން ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް އުފާވެރި ހަބަރަކަށް ވެގެން ދާނެއެވެ.

ކޮފީ ތަށި ރެސްޓޯރެންޓް މިއީ ހަމަ މަރެއް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޑެލިވަރީގެ ހިދުމަތް ފަށަން ތައްޔާރުވެފައި!

މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ހުޅުވި މި ރެސްޓޯރެންޓަކީ މިހާރު މާލޭގައި އެންމެ މަގްބޫލު އެއް ތަނެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި މި ރެސްޓޯރެންޓް މަގްބޫލެވެ. މިގޮތަށް ކަން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރަހައިގެ ތަފާތުކަމާއެކު، ދޭ ހިދުމަތްތައްވެސް ރަނގަޅީ އެވެ.

Posted by Coffee thashi on Monday, 18 January 2021

އެގޮތުން މިތަނުގެ ކެއުންތަކާއި، ބުއިންތައް ކަމުދާ ފަރާތްތަކަށް ހާއްސަކޮށް މިހާރު ތައްޔާރުވަމުން ދަނީ މާލެ ސަރަހައްދަށް ޑެލިވަރީގެ ހިދުމަތް ފަށާށެވެ. އެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފެށިގެން ދާނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Faisal

    Varah service rangalhu adhi dhivehi zuvaan kudhin ulhey thaneh v ma varah rangalhu ❤️

    9
    1