ހިޔާ މަޝްރޫޢުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފުލެޓުތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެޅުމަށް ހަމަޖެހިފައިވާ 534 ފްލެޓްގެ ތެރެއިން އެ ކުންފުނިން އަޅާ ހިޔާގެ އެއްކޮޓަރީގެ 204 ފުލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާކަމަށް އެ ކުންފުނީގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓް ކޮށްފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ވޮއިސް" ގައި އެމްޕީއެލްގެ ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލަކާއި ހަވާލާދީ ބުނެފައި ވަނީ ހިޔާގެ އެއްކޮޓަރިއަށް ކުރީ ސަރުކާރުން ޚާއްޞަކޮށްފައިވާ 204 ފުލެޓު މި ސަރުކާރުން ގެނައި ޕޮލިސީ ބަދަލަކާއެކު ވަނީ ވިއްކާލާފައިކަމަށެވެ.

"ކުރިން މިއީ ހިޔާގެ އަލަތު ކައިވެނި، ދަފުތަރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މާލެ ރަށްވެހިންނަށް ޚާއްޞަ ކުރެވިފައިވާ ފުލެޓްތައް. ނަމަވެސް ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެ އުފައްދަވާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ވަނީ ސަރުކާރު ކުންފުނިތަކުން އަޅާ ހިޔާ ފުލެޓުތައް ބަދަލުކޮށްފައި. އަދި ހިޔާގެ ހުރިހާ އެއްކޮޓަރީގެ ފުލެޓް ކުރިން ސަރުކާރުން ނަގަން އޮތް އޮތުން ބަދަލުކޮށް ސަރުކާރުން ނަގައި އެ ފުލެޓުތައް ވިއްކުމަށް ވަނީ ނިންމާފައި." އެމްޕީއެލްގެ އޮފިޝަލް "ވޮއިސް"އަށް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީއިން އިއްޔެކުރި އިޢުލާނުގައި ބުނެފައިވަނީ އެއް ކޮޓަރީގެ ފުލެޓުތައް ސަރުކާރު ކުންފުނިތަކުގެ ފުލެޓުތަކުން ދޫކުރާގޮތަށް 2018ވަނަ އަހަރު ހަމަޖައްސާފައިވާ ނަމަވެސް މިހާރު ގަންނަން ލިބުނީ އެންމެ 36 ފުލެޓް ކަމަށެވެ.

ސަރުކާރުގެ މިނިންމުމާއިއެކު ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 1،585 މީހެއްގެ ފްލެޓް ވަނީ ގެއްލިފައެވެ.

މީގެ ތެރޭގައި އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ޚާއްޞަކުރި ކެޓަގަރީއާއި، ޒުވާނުންނަށް ޚާއްޞަކުރި ކެޓަގަރީއާއި ދަފުތަރު ކެޓަގަރީ ހިމެނެއެވެ. އެހެންނަމަވެސް ދައުލަތުގެ ފައިސާ ޚަރަދުކޮށް ފުލެޓު ކޮމިޓީއިންވަނީ މި ތިން ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ގޮސްފައެވެ.

އެއްކޮޓަރީގެ ފުލެޓުތަކާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމް 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވަނީ އެއް ކޮޓަރީގެ އެއްވެސް ފުލެޓެއް އަޅާފައި ނެތްކަމަށެވެ. ނަމަވެސް އޭރުވެސް ހުޅުމާލޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ފުލެޓުތަކުގެ ސްޓްރަކްޗަރވަނީ ނިމިފައެވެ. އާންމު ބައެއް ފަރާތްތަކުންވަނީ އެ އިމާރާތްތަކުގެ ފޮޓޯތައް އެދުވަހު މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

އެމްޕީއެލްގެ ފުލެޓުތައް ނިމެން ކައިރިވެފައިވާ އިރު ކުރީ ސަރުކާރުން ހިޔާއަށް ކަނޑަޅާފައިވާ އެއްކޮޓަރީގެ ފުލެޓުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެއްކޮޓަރިއަށް ކަނޑައަޅާފައިވަނީ ސަރުކާރުގެ ކުންފުނިތަކުން އަޅާ ފުލެޓުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ޞ

    އިންޑިއާޢަށް 204 ތަން ވިއްކާލިއިރު ދިވެހިންތިބި ނިކަމެތި ހާލާ ދޭތެރޭ ވިސްނާލިނަމަ ކުޑަކޮށްވެސް...

    46
    1
    • ބޭބެ

      ދިވެހިން މިގެނައީ ހާދަހާވާ ނުބައި ނުލަފާ ސަރުކާރެކޭ! ކިހާ ދެރަކަމެއް!! އެމްޑީޕީގެ ސަރުކާރެއް މިރާއްޖޭގައި ގާއިމުވާ ކޮންމެފަހަރަކު ދިވެހި ރައްޔިތުންނަށާ ގައުމަށް އެތަކެއް ގެއްލުމެއް ދެމުންދާތަން މިފެންނަނީ!! ދިވެހިންނަށް އަަޅެ ވިސްނޭނީ ކޮންއިރަކުންބާއޭ އެބަ ހިތައްއަރާ!! އެމްޑީޕީން ކޮންމެފަހަރަކު ނިކުމެ ދައްކާ ވާހަކަތަކަށް އަދި ބަހާ ފައިސާކޮޅަށް ހެއްލެނީ ހަމަ ދިވެހީން!! 2008 ގައި ވެސް ހެދީ ހަމަ އެހެން!! 2018 ވަނަ އަހަރު ވެރިކަމަށް އައިސް އަދި މާނުބައިކޮށް މިހަދަނީ!! އަޅެ ދިވެހީންގެ ސިކުނޑިތަކުން ވިސްނަންވެއްޖެ!! ކޮންމެ އިންތިޚާބަކާ ދިމާކޮށް އެމްޑީޕީން ދައްކާ އަވާމެންދުރަށް ހެއްލެނީ!! މިއަދު އިންޑިޔާގެ މަތީ ވަފުދެއް މިރާއްޖެއަށް އެބައާދޭ!! ގިނަ އެއްބަސްވުންތަކެއްގައި އަނެއްކާ ސޮއިކުރާކަމަށް ސަރުކާރުން ބުނޭ!! ހަދާ އެއްބަސްވުބްތަކުގައި އޮންނަ އެެއްޗެއް ދިވެހީންނަކަށް ހާމަނުކުރޭ!! ހާމަކުރަން ގޮވާ ބަޔަކަށް އަނިޔާކުރަނީ! ދެން ބުނަނީ އެއްބަސްވުންތައް ހާމަކޮށްފިނަމަ ދެ ގައުމުގެ މަސްލަހަތު ފުށުއަރައޭ!! މިހާ ހިސާބުންވެސް ވިންނޭ މިއުޅެނީ ގައުމު ވިއްކާލައިގެންކަން!! މިހާރު މިވަނީ ރައްޔިތުންގެ ފުލެޓްތައް މިއަނިޔާވެރި ސަރުކާރުން ފޭރިގަންފަ!! އަޑުއުފުލަން ރައްޔިތުން ނިކުތީމާ ފުލުހުން ފޮނުވައިގެން އަނިޔާ އެކުރަނީ ރައްޔިތުންނަށް!! އެއްވުންތައް ކަވަރުކުރާ ބައެއް ނޫސްވެރިންނަށްވެސް އަނިޔާކުރަނީ! ދިވެހީންގެ ނޭވާހިޅީން ކުރި ވައްކަންތައް އޮށްބާލައިފި!! ދިވެހީން އަންހެން ކަނބަލުންގެ ޢިތްފަތްތެރިކަމަށް އަރައިގަނެގެން އެކަމުގެ ޝަރީޢަތް ހިނގައިގަތުމުން މުޅި ދައުލަތް ހިމެނޭހެން މަސައްކަތްކޮށް އޭނާ ރާއްޖެއިން ފުރުވާލައިފި!! ނުހައްގުން މީހަކު ފުރޭމްކޮށް ޖަލަށްލައިގެން 5 މިލިޔަން ޑޮރަލުން ޖޫރިމަނާކޮށް އޭނާގެ މުދާތަށް ދައުލަތަށް ނަގަން އެމަސައްކަތްކުރަނީ!! ޕަޕެޓް ކޯޓްތަކުން އެގެންދަނީ ހިތުހުރިހާގޮތަކަށް ޙުކުމްތައް ކުރަމުން!! މިއީ ނޫންތޯ ހަގީގީ އަނިޔާވެރިވުމަކީ!! ދިވެހީންނޭ މަގުތައް މައްޗަށް ނިކުމެ މަގުތައް ފުރާލަންޖެހޭ ވަގުތު މިއޮތީ އައިސްފަ!! ޙައްގުތައް ހޯދަން އަޑުއުފުލާ!!

      27
      2
  2. ޓެ

    އިންޑިއާއިން 204 ތަން އެމީހުންގެ އެމްބަސީ މުވައްޒަފުން ބައިތިއްބަންށޭ ކިޔާފަ ގަތީތަ އެންމެފަހުން؟

    44
  3. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    އިބޫ ސޯލިހަކީ ގައުމަށް ޖެހިފައޮތް ބޮޑު ބަލާވެރިކަމެއް

    59
  4. ބަކަރި

    މި ސަރުކާރުގަ ތިބި އެންމެން ފަގީރު ކުރައްވާ ނިކަމެތި ކުރައްވާތޯ ދުޢާކުރަން

    51
    1
  5. ގެރިގުއިލޯބި

    އެމްޑީޕީ ގަ އުޅޭނީ ވަގުން

    47
    1
  6. ގެރިގުއިލޯބި

    ފުލެޓުތައްވެސް ކައި ހުސްކޮށްފި.. ލަދެއް ހަޔާތެއް ނެތިގެން ވޯޓޭ ކިޔާނެ އިރުކޮޅަކުން

    54
    1
  7. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    ވަގު އަނިޔާވެރި ރޭޕް ސަރުކާރު އިސްތިއުފާ

    42
    1
  8. މުނާފިގު

    އަންހެނުން ނޮޅާކާ އިރު މި ސަރުކާރަށް އެކަމެއްވެސް ނުބެލުން

    41
  9. ހޯރަ

    ރޭޕް ސަރުކާރު އިސްތިއުފާ

    37
  10. ކިރިމްޖެހި ބަނަސް

    އޯގާތެރި ކަމުން ރައްޔިތުންގެ މުދާތައްވެސް ކާލަނީ

    39
  11. ޖަޒީރާވަންތަ ދަޅުނުފަޅާ ޖަނަވާރު

    ރައީސް ޔާމީން އަށް އަނިޔާކޮށް ޖަލަށް ލެވިދާނެ.. އެކަމު ދެނެއް މި ފިކުރެއް ނުފޮހެވޭނެ..

    45
  12. އައިސްތު

    މުޒާހަރާ ވެސް ކުރާވަރު މަދީ....ގާނޫންއަސާސީ އިން ލިބިފަ އޮތް ހައްގެއް އެއީ

    43
    1
  13. ރޯޔަލް ބަކަރި

    ރީނދޫ ޑިމޮކްރަސީގަ އޮންނަ ގޮތަކީ ބާރުގަދަ އެތި ނިކަމެތިއެތި ނޮޅާ ކާލުން.. މިހާރު ޑިކްޓޭޓަރޝިޕަކަށް ވުރެން ކަންތައް ބޮޑުވެއްޖެ މިހާރު.. ވަކި ގަޑިއަކަށް ގެއަށް ވައްދާ.. ގާނޫނުން ލިބިފަ އޮތް ހައްގުތައްވެސް ލިބެން ޖެހެނީ ވަކި ބަޔަކަށް.. އިސްތިއުފާ

    35
    1
  14. ކަންނެލި އޮޑި 19

    ޔެލޯ ކޮމިއުނިސްޓް ޕާޓީ ވެރިކަމަށް އައިފަހުން ރައްޔިތުމީހާއަށް ހުރިހާ ބަލާވެރިކަމެއް

    40
    1
  15. ކިނބޫ

    ކޮމިއުނިސްޓް ވަގު ސަރުކާރު އިސްތިއުފާ

    37
  16. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    މި ސަރުކާރަށް ރައްޔިތުންނަށް ޖެއްސެނީ ހުސް ބަލާވެރިކަން

    37
    2
  17. އިސްވެޓިގޭޓަރ

    ނިކަމެތި ރައްޔިތުންނަށް ބިކަކޮށް އެތައް ބަޔެއްގެ ބޯހިޔާކަމުން ނިގުޅައި ގަތުން އެއީ މިސަރުކާރުން ހެދުނު އެންމެ ބޮޑު ގޯސް. ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްޤުތަކުން ނިގުޅައި ގަންނަށް ބަޔަކަށް މިރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނަން. ސަރުކާރުގެ އަދުވެރިކަން ގެއްލި ދިވެހިރައްޔތުން ވެރިކަމާ ހަވާލުވާންޖެހޭ ވަގުތު އައިސް ޖެހިއްޖެއް. ދިވެހިރައްޔިތުންގެ ޤާނޫނޫ އާސާސީ ތަންފީޒުކުރުމުގެ ދިވެހިރައްޔިތުން އަރާހަމަކުރާނެ. ވަރަށް ސަލާމް.

    30
    1
  18. ވިސްނާލުމަށް އެދެމޭ

    އަތްޖަހަ އަތްޖަހާ ދެން އަތްޖަހަމާ👋👋👋ރައްޔިތުންގެ ހައްގުތައް ވަގަށްނެގީމަ އެ ކަމާ ނުރުހުންފާޅު ކުރަން ރައްޔިތުން ނު ކުތުމަ ކީ ގާނޫނީ ކުށަ ކަށްވަނީ..ވައް ކަން ކޮށް ރައްޔިތުންނަ ޙިޔާނާތްތެރިވުމަ ކީ އިންސާފު😠😠😠.. ރޔާމީނަށް ވަގަށްގޮވަމުން އިބުރާހިމު މުހައްމަދު ސޯލިހު ރައްޔިތުންގެ ޙަޒާނާޔާ ރައްޔިތުންގެ ބޯހިޔާވަހި ކަން ފޭރިގަނެ ދައުލަތް ލޫޓުވަނީ..ރައްޔިތުންނޭ މަޑުންނުތިބެ ހައްގުހޯދަން ނު ކުންނަންވީ މަގުތަ ކަށް ކޮއްމެދުވަހަ ކު...

    37
    1
  19. ސަކީބް

    މަޖިލިސް ގެ 65 މެމްބަރުން ވެގެން ކުރި ކަމެއް އެއީ. ގައްދާރު ވިޔަސް ތީ ބޮޑު ވަރު. ބޮޑުތަނުން ފެއިލްވާނެ ބަލަން ތިބެމާ.

    39
    1
  20. ހުސޭނުބޭ

    މަ އޭރުވެސް ބުނީން ޕޮލިސީ ބަދަލުވީކީ ނޫނޭ! ފޭރިގަތީއޭ! މީހުންނަށް ލިބިފައިވާ ގެދޮރު އަތުލައި ވިއްކާލާ ލާރިކޮޅު ކައިލުމަށްވުރެ ބޮޑު ފޭރުމެއް އޮންނާނެތަ؟

    45
    1
  21. ވަތަނީ

    ރ ޔާމީންގެ ރަރުކާރުން އަޅާނިންމާފަ އިވާ ފުލެޓްތަ އް އޭގެ
    ހަ އްގުވެރިންނަށް ރައއ އްކުރުމަށާ އި އަނިޔާވެރިކަމާއ އި މަކަރުވެރި
    ކަމުގައ އި ހައއ އްދުފަހަނައ އަޅާ ނުދި އުމަށް ޚުދުމުޚްތާރު
    ސަރުކާރަށް ގޮވާލަމެވެ.

    26
  22. ނާސިރު ބުނިބަސް އެހިންތަ؟

    އެމްޑީޕީގެ ޑުވިޓު ގުރޫޕްގެ އާއީލަމީހުންނަ ވަހާލީ.

    26
  23. ނަކް

    އެމްޕީއެލް އެކަންޏެއް ނޫނ އިނގޭތޯ ސްޓެލްކޯ، އެއަރޕޯޓް އެމްޑަބްލިއުއެސްއީގެ ވެސް ހާލަކީ އެއީ ނޫސްވެރިން ބައްލަވާ.. މިއީ ފަހި ދިރިއުޅުން ކޯޕަރޭޝަނޭ ކިޔާފަ މިސަރުކާރުން ފެއްދި ދުއްރުރާ ދިރިއުޅުން ކުންފުނިން ހިންގި ޓެރަރިސްޓް އަމަލެއް އެމީހުން ނޯލަ ސަރުކާރުގެ ފަރާތުން މިތަންތަން ދޫކޮށްލީ ކުންފުނިތަކަށް. އުފެދުނު ފަހުން ރައްޔިތަކަށް ވީ ފަސޭހައެއް ނެތް ތާނގަ ދުއްތުރާ ކުރުމުގަ މި އުޅެނީ.. އެކުންފުމީގެ ވެރިންނާ ހައުސިންގަ ހުރި ފެއިލިޔަރ އަސްލަމްގެ މައްޗަށް ދަޢުވާކޮށް ޒިންމާކުރުވަން އެބަޖެހޭ މި މައްސަލައިގަ.. އިދިކޮޅުން ވެސް ނުފެނޭ މިކަހަލަ ކަންކަމުގެ ވާހަކަ ދައްކާ ތަނެއް މަާބޮޑަކަށް..

    29
  24. އަހުމަދު

    މިއީ ދައުލަތުގެ ފީކަޅާކަން. މިއީ ފައްޔާޒުމެން އުޒުރަކާ ނުލާ ހިޔާފުލެޓުތައް ހުއްޓުވާލާ، 1 ކޮޓަރި އެޕާޓުމަންޓް ނުގަންނަން ނިންމުމުން ދެން ޑިވަލަޕަރުން ގޮތް ހުސްވެގެން ކުރި ކަންކަން. އެމް.ޑީ.ޕީން ވެރިކަމަށް އައިސް ބޭނުންވީ ހިޔާ މަޝްރޫޢު އޮއްބާލަން. އެއްވެސް ޒިންމާއެއް ނަގާބައެއް ނޫން.

    24
  25. ނަކް

    ފަހިދިރިއުޅުން އުފައްދައިގެން ރައްޔިތަކަށް ފަހިވި ކަމެއް ބުނެބަލަ މިވީހާތަނަށް.. ޖަރީމާ ހިންގުމުގައްޔާ ރައްޔިތުންގެ ހައްޤުތައް ގޭރިގަ އެއުޅެނީ.. ނާގާބިލު ވެރިންގެ މައްޗަށް ދަޢުވާކުރަންވާނެ.. ނިޔަދުރު ތިޔަ ބޯލަ ބޯލަ ތިބެވިދާނެ 2 އަހަރެއްހާ ދުވަހު.. ރައްޔިތުންށް ނިކަމެތި ހާލު ޖައްސާއިރު ހެވިފަ ނުތިބޭނެ ރައްޔިތުން ލަނޑާނެ ތަދުވާނެ

    24
  26. ގައިސް

    އެތައް ބައެއްގެ ހައްގު އެމޕީއެލްއިން ތިޔަފޭރިގަތީ. ޒިންމާވެ ޖަވާބްދާރީ ވާންޖެހޭނެ

    27
  27. ރަޤީބާ

    ވޯޓު ދިނީ އަހަރެމެން. އިންސާފުގެ ދަޅަދައްކައިގެން ރައްޔިތުންގެ ފައިސާއިން ގާތް މީހުންގެ ކުންފުނިތަކަށް ބަދަލުގެ ނަމުގައި އެތައް ސަތޭކަ މިލިއަން ރުފިޔާ ބަހަމުން އަދި ނިކަމެތިންގެ ފްލެޓް ގަނޑުވެސް ފޭރެމުން މިދަނީ. މި އަށްވުރެ ބޮޑު މުސީބާތެއް ރައްޔިތަކަށް ކުރިމަތިވާނެތަ؟ ގައުމުގެ ރޯޔަލް މީހުން މުއްސަނދިވަމުން ބިން ނެތް މީހުން ނިކަމެތިވަނީ.

    11
  28. Anonymous

    ކޮބާ ފެނޭތަ؟؟ ފެނޭ ދޯ.އަދި ވެސް އެޖެންޑާ19 އާއި މައިކާނލޯ ޖެކްސަނަށް ވޯޓް ދިނީމަ ހުންނާނީ ރާކަނިމަސް ކެވިފަ.

    12
  29. މޯދިި

    ރައްޔިތުންް ނުކުމެ ހިއްނަވަރު ވަގުކަލޭގެ ހިފާ ހައްޔަރުކުރޭ!

    13
  30. ފްލެޓް

    އަހަރުމެންގެއަށް ވޯޓް ހޯދަން އަންނަންވާނީ ފްލެޓްހިފައިން. ނޫނީ ވޯޓްމަތިން ހަނދާން ނައްތާލާ

    15
  31. ނާޒިމާ

    އެމްޑީޕީ ސަރުކާރަކީ މަގުމަތީން އައިސަރުކާރަކަށްވުމުން. ހެދޭނީ އަތުން ފައިން ހުސްގޯސްކަންތައް.ހިޔާ ފްލެޓްތައް ވަކި ރައްޔިތަކަށް ދީފަ ވަކި ރައްޔިތަކަށް ނުދޭން ނުޖެހޭނެ.އާމިރުގެ ޢާއިލާގެ މެމެބަރުންގެ ތެރއިން 5 މެމެބަރުން ނަކީ ޕީޕީ އެމަށް ނިސްބަތް ވާމީހުން ކަމަށް ވަންޏާ. މިސަރުކާރު އައިސް ފްލެޓްތައް ފޭރިއެއްނުގަނެވޭނެ. ފްލެޓްތަކުެ ތިންބައި ކުޅަ ދެބައި އޮތީ އެމްޑީޕީ އަށް ނިސްބަތް ވާމީހުންނަށް ލިބިފަ.ކުރީސަރުކާރުން ދިނީ ހުސް ޕީޕީ އެމަށް ނިސްބަތް ވާމީހުންނަށޭ ނުބުނެވޭނެ. ފްލެޓް ތައްބަހާފަ ވަނީ ކުލަޔަކަށް ބަލާފަ ނޫންކަން ފްލެޓްތަކުގެ ތަފާތު ހިސާބު ދެއްކި އިރު އެނގޭނެ.ފްލެޓްތައް ނިގުޅައިގަނެފައިވަނީ ވެސް މިރާއްޖޭގެ ނިކަމެތިރައްޔިތުންގެ .މިސަރުކާރަށް ނޭނެގެނީތަ މިރާއްޖޭގެ ކޮންމެ ރިސޯރޓަކީ ކޮންމެ ގިރިއަކީ ކޮންމެ ފަޅަކީ ކޮންމެ ފިނޮޅަކީ ހުރިހާރައްޔިންގެ އެއްޗެތިކަން. އޭގެން ލިބޭ ކޮންމެ މުއްސަނަދިކަމަކީ މިރާއްޖޭގެ ކޮންމެ ރައްޔިތަކު އޭގެއިން ޙިއްސާވާން ޖެހޭ ތަކެތިކަން.ގެދޮރުވެރިކަން ނެތި ތިބި އެތައްހާސް ބަޔަކު އެހާލުގައި ތިއްބާ މިސަރުކާރު ރައްޔިތުންނަށް ޙަސަދެަ ބާލާކަށްޖެހޭތަ؟

  32. ނިއުމާ

    އެމްޑީޕީ އަކީ މަގުމަތީން އައިސަރުކާރަކަށް ވުމުން އަތުން ފައިން ހެދީމަ ހެދޭނީ ހުސްގޯސް.ވާނުވާ ނޭނގޭނެ. މިހާރު ތިބާލަނީ ރއްޔިތުންނަށް ޙަސަދަ. އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުގެ ހުވާކުރީ ހުރިހާރައްޔިތުންގެ ޙައްޤުތައްހިމާޔަތް ކުރާނެ ކަމަށް.ވަކި އެމްޑީޕީގެ އެކަންޏެއްނޫން. ރ. ޔާމީން ހިޔާފްލެޓް އެޅީ ހުރިހާރައްޔިތުންގެދޮރުިވެރިކުރުމަށް.ވަކި ޕާޓީއެއްގެ މީހަކަށްވުމުން ފްލެޓްތައް އަތުލާފަ ތިމާމެންނަށް ސަނާކިޔާމީހުންނަށް ދެވިގެން ނުވާނެ.އެއީ އޭނާ ކުރި ހުވަޔާ ޚިލާފް ކަމެއް.ގިނަ ފްލެޓތައް ލިބިފަހުރީވެސް އެމްޑީޕީ މީހުންނަށް. ފްލެޓަށް ލިބޭ ކޮންމެ މީހަކީ ދިވެހިރައްޔިތެއް.ރ.ޔާމީންގެ ޙިކުމަތްތެރިރޭވުމުން ހުރިހާ ތަރއްޤީއެއްއެމަނިކްފާނު ފެއްޓެވީ އެމަނިކްފާނުގެ ތަޞައްވުރެއް އޮވެގެން . މަގުމަތީން އައިބަޔަކަށް އެނގޭނީ ހުސް މުޒާހިރާކުރަން.ތީހުންގާނެއްނެތް ސަރުކާރެއް. ދުއްވީމަ ގޮސް އަރާގެން މިއުޅެނީ ފަރަށް.

  33. ކޮތަރު

    މިސަރުކާރު އައީކަރުނާރުގެ ނާރު ފަޅައިގެންދާ ވަރައް ހަޅޭއްލަވާރައްޔިތުންއުޅެނާ ވ ނިކަމެޔިކޮށޭ ބޯހިޔާވެރިކަމެންނެތޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތެއް ނެތޭ މަސްވެވެރިންނައްެ ޑޮލަރު ބޮނޑި
    ިދޭނަމޭ ރައްޔިތުންއޮތާލޯނުނަގާ ވައްކާފައޭ އެނޑީޕީކޮދިންކޮޅު ކޮބާތިޔަކުދިން މަގުމަތިވެ ދެއްކި ފޮނިބައިސާ ރާއްޖޭގެ އެއިރުވެސް ތިބި އިހުލާސްތެރި ބޭބޭފުޅުން ވިދާޅުވި މީރައްޔިތުންނަ މަކަރާއިހިލައްހަަދާނެ ބައެކޭ ރ ގުބޯހައްދާފަދައުލައް ދޮންނާނެބައެކޭ ދެންއެކަމަކަށް ކުރާނެ އެއްވެސް ފައިދާއެއްނެތްއެވާހަކާއިގެ ތެދުކަން މިފެންނަނީ ދެނއއޮތި މިރާއްޖޭ އިސްލާމް ދީނުގެ ކުނޑިފަށްވެސްނެﷲރަހުމަތް ފުޅުންމިމީހުންގެ އަތުން ދޫވެގެން އިސްލާމްދީން ފުރިހަމަ ގޮތުގައި އޮންނާނީ މިގައުމަށް ފިނިކަމެެްލިބޭނީ ބަލާލަބަލަ އެއްވެސް ބިރެއްނެތި ފަހެއްވެސް ނިޖެހި އެބައިގނޑުގެ މީހުން ދައްކާވާހަކަ މާތްރަސްކަނލާގެަެއުގޮތް މިންވަރު ކުރައްވާށި އާމިން

  34. ޖަނާޒާ

    ސާބަސް ، ސަރުކާރެއް ދަމާގަތީ މި ކަހަލަ ކަންތައްކުރަންބާ! ޒުވާނުން މަގުމަތި ކޮށްފި.