ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދިޔަ ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ އައިޝަތު ޒީނާ، މެޑޯޒް، ށ. މިލަންދޫ އެވެ. އޭނާ އަށް 50،000 (ފަންސާސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

ލުއި ލޯނު ޕްރޮމޯޝަންގެ މުއްދަތުގައި 2300 އަށް ވުރެ ގިނަ އަމިއްލަ ފަރުދުންނަށް ލުއި ލޯނު ދޫކޮށްފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

20،000 ރުފިޔާއިން އިން ފެށިގެން 100،000 ރުފިޔާ އާ ހަމަޔަށް ބީއެމްއެލް އިން ދޫކުރާ ލުއި ލޯނުތަކަށް ރަހުނު ގޮތުގައި އެއްވެސް ހަރުމުދަލެއް ބަހައްޓަން ނުޖެހޭއިރު ގެރެންޓީއެއް ވެސް އަދި ކޮޓޭޝަނެއްވެސް އެ ލޯނު ހޯދުމަށް ހުށަހަޅަން ނުޖެހެއެވެ.