ޕޮލެންޑުގެ ގައުމީ އެއާލައިން، ލޮޓް ޕޮލިޝް އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

ލޮޓް ޕޮލިޝް އެއާލައިން އިން ރާއްޖެ އަށް ދަތުރުތައް ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ދުވަހު އެ އެއާލައިނުން އައި ޗާޓަރ ފްލައިޓްގައި 294 ޕެސެންޖަރުން އައިސްފައި ވެއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ، މާރިޗް މަހުގެ ނިޔަލަށް އެ އެެއާލައިނުން ރާއްޖެއާ ދެމެދު ޗާޓަރު ފްލައިޓްތަކެއް ބާއްވާނެ ކަން ހާމަކޮށްފައިވާ ކަމަށެވެ. އެގޮތުން މި ދުވަސްތަކުގައި ފަސް ދަތުރު ބާއްވަން ޝެެޑިއުލް ކޮށްފައިވާ ކަމަށާއި، މިއިން ކޮންމެ ދަތުރެއްގައި 250 އަށްވުރެ ގިނަ ފަސެންޖަރުން އަންނާނެ ކަމަށް އެމްއޭސީއެލް އިން ހާމަކޮށްފައި ވެއެވެ.

މިއީ ރާއްޖޭގެ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ސަން އޯޝަން މޯލްޑިވްސްއާ ގުޅިގެން ބާއްވާ ޗާޓަރ ދަތުރުތަކެެވެ. މި ދަތުރުތައް އޭޕްރިލް މަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.

ސަން އޯޝަން މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިންގެ މެނޭޖަރު ރަޝީދު އަބްދުﷲ ވިދާޅުވީ، ކޮންމެ ހަފްތާއަކު މި ބާއްވާ ދަތުރުތަކާއެކު ޕޮލެންޑުން މަހެއްގެ މައްޗަށް އެއްހާހަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށެވެ.