މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން، އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް މިއަދު ވެއްޖެއެވެ.

މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ފަތުރުވެރިން ދަނީ އަންނަމުންނެވެ. ކޮވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުންދާކަމަށް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ހެޔޮ މިސްރާބަކަށް އަންނަ ކަމުގެ ސިގްނަލް ފެންނަމުންދާއިރު، ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ރާއްޖެއަށް 5100 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ ޖުލައި މަސް ތެރޭގައެވެ. އޭގެ ފަހުން ފަތުރުވެރިކަމުގެ ދާއިރާގައި އުއްމީދީ ނަމްބަރުތަކެއް ދަނީ ފެންނަމުންނެވެ.

މި އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް އައިސްފައި ވަނީ، 92،103 ފަތުރުވެރިންނެވެ.

ފެބްރުއަރީ މަހުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ، 67،023 ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބޮއްޅަހުއްތު

  ލީބޭ ހުރިހާ ޑޮލަރެ އް ދިރުވާލަނީ.

 2. ޒިމްޒިމް

  އަލްޙަމްދުލިﷲ..

 3. Anonymous

  ތިކަމުން ރައްޔިތުންނަށްވާ ފައިދާއެއް އެތައޮތް؟ އިންޑިތާއިން ލޯނު ނަގައިގެން ކާއެތިކޮޅުވެސް އެތެރެކުރަނީ. ތަރައްގީއަށް ކުރި އެއްކަމެއްނެތް. 2018 ގެ ކުރިން ދަރަނި އޮތްވަރުގެ 3 ގުނަ އަށް ދަރައިފި.

 4. ނަބީލާ

  ނަޞީބުތާ 75 ރިސޯޓް އަލަށްހަދާ ، ދިވެހިންގެ އެޔަރޕޯޓު ދިވެހިންނަށް ގަނެދީފަ އޮތްކަން.

 5. ވައްލަ

  ﷲ އަކުބަރު
  ފަތުރުވެރިކަން އިތުރުވަނީ ކޮވިޑު 19 ގިނަވަނީ
  ﷲ އަކުބަރު

 6. މިމީ

  ސުންޕާ ފޮނިކަޑންފަޝާ ސުންޕާ ސަރުކާރުގެ ސުންޕާ ބައިގަނޑު