ރާއްޖޭގެ ފުޅާދާއިރާއެއްގައި ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަމުން އަންނަ އެސްޓާސް އިން ރޯދަ ސޭލް ފަށައިފިއެވެ. މި ރޯދަ ސޭލްއަކީ ރާއްޖޭގައި ރޯދަމަހާއި ދިމާކޮށް ބާއްވާ އެންމެ ބޮޑު ސޭލްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެސްޓާސްގެ ރޯދަ ސޭލްއަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ދިވެހިންނަށް އެންމެ ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ސޭލްއެކެވެ. އަދި މި ސޭލްއަށް ދިވެހިންގެ ބޮޑު ތަރުހީބެއްވެސް ލިބެއެވެ.

އެގޮތުން އެސްޓާސް އިން ބުނީ، ސޯފާ އާއި، ފްރިޖާއި، އިލެކްޓްރޯނިކް ސާމާނު، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނު މިސޭލްގައި ހިމެނިފަވާނެ ކަމަށެވެ. އެ ފިހާރައިން ވިއްކާ ހުރިހާ ސާމާނަކީވެސް އަގުހެޔޮ ކަމުގެ ވާހަކަ އަބަދުވެސް މީހުން ދައްކައެވެ.

އަދި މިފަހަރު ރޯދައަށް ބަދިގެއަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނު ގަނެލަން ބޭނުންނަމަ ވަރަށް ހެޔޮ އަގެއްގައި އެސްޓަރސްގެ ރޯދަ ސޭލްގެ ހޯމް ބަންޑްލް ޕެކޭޖްއެއް ގަނެލައިގެން އެތަކެތި ގެއަށް ހަމަކޮށްލެވިދާނެއެވެ.

އެސްޓާސްގައި ދުނިޔޭގެ އިލެކްޓްރޯނިކް ސާމާނު އުފައްދާ އެންމެ ބިޔަ ކުންފުނިތައް ކަމަށްވާ މިޑިއާ، ޓީސީއެލް، އޮކްސް އަދި ސަކައިވޯތު ބްރޭންޑްގެ ގިނަ ސާމާނު 1 އަހަރު ދުވަހުގެ ވޮރަންޓީއާއި އެކު ހެޔޮއަގުތަކެއްގައި ލިބެންހުރެއެވެ. އަދި މީގެއިތުރުން ފަރުނީޗަރާއިގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނާއި، ބަދިގެއަށް ބޭނުންވާ ސާމާނާއި، ތަންތަން ސާފް ކުރުމަށް ބޭނުންވާ ސާމާނުގެ ފަދަ އެއްޗެހި ވިއްކަމުން ދެއެވެ.

އެސްޓާސްގެ ފިހާރަ ހުންނާނީ އަމީރު އަހުމަދު މަގުގައެވެ. ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 07:30 ބައިން ފެށިގެން ރޭގަނޑު 10:00 އެސްޓަރސް ފިހާރަ ހުނާނީ ހުޅުވިފައެވެ. އެސްޓާސް އިން އެތަނުން ވިއްކާ ސާމާނުތައް ޑެލިވަރީކޮށް ދޭނެއެވެ.