މިފްކޯ މަސްފިހާރަ
މިފްކޯ މަސްފިހާރަ

ސަރުކާރުގެ މަސް ކުނފުނި މިފްކޯއިން ޅ.ފެލިވަރުގައި ހިންގާ މަސް ކާރުހާނާގެ ވަޒީފާތަކަށް 200 މީހުން ހޯދަން އިއުލާންކޮށްފިއެވެ.

މިފްކޯއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ މީހުން ހޯދުމަށް އިއުލާނު ކުރީ، ދުނިޔޭގެ ބާޒާރުގައި އެކުންފުނީގެ އުފެއްދުންތަކުގެ އިތުބާރު ބޮޑުކޮށް، ރާއްޖެއަށް ބާނާ މަހުގެ ހަމަ އަގު ދެމެެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ހޯދައި ދިނުމަށް ފެށި މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އަލަށް ހުޅުވާލި ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަކޮށްގެން ހުޅުވާލި ވަޒީފާތަކެއް ކަމަށް މިފްކޯއިން ބުނާއިރު، މިއީ ކޮންކޮން ވަޒީފާތަކެއް ކަމާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަމަލު ކުރަންވީ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިހާރު އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެކުންފުނީގެ ފެލިވަރު ކާރުހާނާ އިތުރަށް ތަރައްގީކޮށް އެތަނުން ނެރޭ އުފެއްދުންތައް މިހާރަށް ވުރެ އިތުރުކުރުމަށް އެކުންފުނިން މަސައްކަތްތަކެއް ފަށާފައި ވެއެވެ.

މިފްކޯއަކީ މަސް ގަތުމާއި، ޕްރޮސެސްކުރުމާއި، އެކްސްޕޯޓްކޮށް، މަހުން އެކިއެކި އިތުރު ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފައްދާ ކުންފުންޏެކެވެ.

ADS BY SHEESHA

ފެލިވަރު ކާރުހާނާގައި މިހާރު ވެސް 600 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ADS BY ASTERS

Comments are closed.