ޓްރާންސް މޯލްޑިވިއަން އެއާޥޭސް (ޓީއެެމްއޭ)ގެ އޮޕަރޭޝަންތައް ފުޅާކޮށް އެެތެރޭގެ އުދުހުންތައް ފަށަން ތައްޔާރުވެއްޖެއެވެ.

ޓީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން މިހާރު އަންނަނީ އޮޕަރޭޝަންތައް ފުޅާކޮށް ވީލް ބޭސްޑް އޮޮޕަރޭޝަންތައް ފެށުމަށް ތައްޔާރުވަމުންނެވެ. ޓީއެމްއޭ އަކީ ދުނިިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. ފުލީޓުގައި މިހާރުވެސް 56 ސީޕްލޭން އޮތް އިރު ޓީއެމްއޭ އިން ވަނީ މިއަހަރުގެ ތިންވަނަ ކުއާޓަރާއި ހަމައަށް އިތުރު ހަތަރު ސީޕްލޭން ގެނެސް ޖުމްލަ 60 އަށް މި އަދަދު އިތުރުކުރުމަށް މަސައްކަތް ކުރާކަން ހާމަކޮށްފައެވެ.

ޓީއެމްއޭގެ އޮޕަރޭޝަންތަކަށް ޅ. މަޑިވަރު އެއާޕޯޓު ބޭނުން ކުރުމަށް ވަނީ ނިންމައިފައެވެ. އެއާޕޯޓުގައި ހެންގަރެއް ގާއިިމްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޓީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ވީލްބޭސްޑް އޮޕަރޭޝަންތައް ފެށުމަށް ނިންމާފައއި ވަނީީ 24 ގަޑިއިރަށް ހިދުމަތް ދިނުމަށެވެ.

ޓީއެމްއޭ އިން ރާއްޖޭގައި މި ހިދުމަތް ދެމުން އަންނަތާ މިހާރު ވަނީ 30 އަހަރުވެފައެވެ. މި ހިދުމަތްތައް ފުރަތަމަ ފަށާފައި ވަނީ "ހަމިންބާޑް އައިލެންޑް ހެލިކޮޕްޓާސް"ގެ ނަމުގައި ހެލިކޮޕްޓަރުތަކަކާއި އެކުގައެވެ. ސީޕްލޭންގެ ހިދުމަތް ފަށާފައި ވަނީ 1997 ވަނަ އަހަރުގެ ތެރޭގައެވެ.

80 ރިސޯޓަކަށް ޓީއެމްއޭ އިން ދަތުރުކުރަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް 157 ދަތުރު ޓީއެމްއޭ އިން ކުރެއެވެ.