މުޅި ރާއްޖެއަށް ވިޔަފާރި ފުޅާކުރަމުން އަންނަ "ލިބޭ" އިން ފެބްރުއަރީ 15 ދުވަހު ފެށި ލޭންސްލޭ ސްލިމިންގ ކޮފީގެ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެެވެ.

"ލިބޭ" އިން "ވަގުތު" އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުމާއެކު، ގިނަ ކަސްޓަމަރުންގެ އެެދުމުގެ މަތިން ލިބޭ އިން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

"މި ޕްރޮމޯޝަންގެ ދަށުން ކަަސްޓަމަރުންނަށް ވަރަށް އަގުހެޔޮކޮށް ކޮފީ ލިބިގެން ދާނެ. އަނެއްކާ ކަސްޓަމަރުންގެ ތަރުހީބުވެސް ބޮޑު، ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން މިހާރު މި ޕްރޮމޯޝަންގެ މުއްދަތު މި ވަނީ މާރިޗް ފަހަކާއި ހަމައަށް އިތުރު ކޮށްފައި". ލިބޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ދެ ފޮއްޓަށްވުރެ ގިނައިން ކޮފީ ނަގާނަމަ 75 ރުފިޔާގެ ރޭޓުން ފޮއްޓެއް ލިބޭނެ އެވެ.

"ލިބޭ" އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮފީ ބައްލަވައި ގަންނަވާ ފަރާތްތަކަށް ކޮފީ ލިބޭނީ ރާއްޖެ އިން ލޭންސްލޭ ސްލިމިން ކޮފީ ލިބޭނެ އެންމެ ހެޔޮ އަގުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮފީ ބައްލަވައި ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން "ލިބޭ“ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން ނުވަތަ 9759452 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކޮފީ އަށް އޯޑަރު ކުރެވޭނެއެވެ.

މި ޕްރޮޑަކްޓު މާލެ ސަރަހައްދުން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދޭނެއެެވެ. އަދި ރަށްރަށުން އޯޑަރު ކުރާނަމަ ބޯޓާއި ހަމައަށް ގެންގޮސްދޭނެއެވެ