ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބްރޭންޑެޑް ކޮސްމެޓިކްސް އަދި ޕާފިއުމް ވިޔަފާރި ކުރަމުންދާ ނިއު އެޑިޝަންގެ ފަރާތުން ހޯލް ސޭލްސް ކަސްޓަމަރުންނަށް އަމާޒުކޮށް " ރަށުޕިކަޕް " ގެ ނަމުގައި ކުރިއަށްގެންދިޔަ ޚާއްޞަ ޕްރަމޯޝަންގެ ބޮޑު އިނާމުގެ، ރަށުޕިކަޕުގެ ނަސީބުވިރިޔާ ހޮވައިފިއެވެ.
ރަށުޕިކަޕެއް ލިބުމުގެ އިތުރުން، މިޕްރަމޯޝަންގެ ތެރެއިން ކޮންމެ ހަފްތާއެއްގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަނީ ޚާއްޞަ އިނާމްތަކެއް ދީފައެވެ. މިގޮތުގެ މަތިން މިހާތަނަށް ވަނީ 48 ފަރާތަކަށް އެތައް ހަދިޔާއެއް ހަވާލުކުރެވިފައެވެ. އަދި ކޮންމެ ހަފްތާއެއްގެ މިގުރުއަތުލުން ނިއުއެޑިޝަން ފޭސްބުކް ޕޭޖުން ވަނީ ލައިވް ކޮށްފައެވެ.
ރަށު ޕިކަޕުގެ ނަސީބުވެރިޔާ މުޒައްފަރުއަށް މަރުޚަބާ!
އަދި ނިއު އެޑިޝަން ރަށުޕިކްޕު ޕްރޮމޯޝަންގައި ކޮންމެ ހަފްތާއެއްގެ...Posted by New Edition on Tuesday, 23 February 2021
ރަށުޕިކަޕުގެ ނަސީބުވެރިޔާ ހޮވުން ވަނީ ޗެނަލް 13 މެދުވެރިކޮށް ލައިވް ކޮށްފައެވެ. ރަށުޕިކަޕުގެ ނަސީބުވެރި ފަރާތަށް ހޮވިފައިވަނީ މުޒައްފަރު، ކުޅުދުއްފުށީގައި ވިޔަފާރިކުރަމުން އަންނަ ފަރާތެކެވެ.
ރަށުޕިކަޕް ޕްރަމޯޝަން ޚާއްޞަ ގޮތެއްގައި އަމާޒުކޮށްފައިވަނީ ނިއުއެޑިޝަން އިން ޑިސްޓްރިބިއުޓް ކުރަމުންދާ މޮންޓާލޭ، ރެޑްހަންޓް، މެޖިކް، އަދި ލިލީޑޯ މަރުކާގެ އުފެއްދުން ތަކަށެވެ. މީގެ ތެރެއިން މޮންޓާލޭ ބްރޭންޑްގެ ސެންޓަކީ ރާއްޖޭގެ މާކެޓްގައި މިވަގުތު ލިބެންހުރި ސެންޓްތަކުގެ ތެރެއިން ގޭސް ފްރީ، ސެންޓްގެ ކޮލިޓީ ރަގަޅު ގިނައިރު ވަސްހިފަހައްޓޭ ދޭ އެއް ޕްރޮޑަކްޓެވެ.
ނިއު އެޑިޝަންނުން މައުލޫމާތުދޭ ގޮތުގައި ކުރިޔަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި ރަށުޕިކަޕު ، މުޒައްފަރުއާއި ހަވާލުކުރެވޭނެއެވެ.
މިފަދަ އިތުރު ޕްރޮމޯޝަނެއް ފެށުމައް ތައްޔާރުވަމުން އަންނަކަމަށް ނިއު އެޑިޝަނުން މައުލޫމާތުދެއެވެ.
ނިއު އެޑިޝަން ހޯލްސޭލް ސެންޓަރަށް އޯޑަރުދެއްވުމަށް 9972727 9672727 އަދި 7483120 ގުޅާލުމުން ނުވަތަ ވައިބާރ މެދުވެރިކޮށް އޯޑަރު ކޮށްލުމުން ބޯޓަށް ޑެލިވަރީ ކޮށްދޭނެއެވެ. އަދި އޮންލައިން ޓްރާންސްފާއިން ފައިސާ ދައްކާލެވޭނެއެވެ.
މަށަކަށް ނުލިބުނޭ ކަޑައޭ. އެކަމަކު މަރުހަބާ މުޒައްފަރައް