ޖޯލި މޯލްޑިވްސް އިން މި މަހު ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1،785 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 27,524 ރުފިޔާ ލިބިއްޖެއެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ސާވިސް ޗާޖުގެ މައުލޫމާތު އާއްމުކުރާ "ރިސޯޓް ވޯކާސް މޯލްޑިވްސް" ޕޭޖުން ވަނީ މިމަހުގެ ސާވިސް ޗާޖު މިހާތަނަށް ދީފައިވާ ބައެއް ރިސޯޓުތަކުގެ މައުލޫމާތު އާއްމު ކޮށްފައެވެ. މިހާތަނަށް އެންމެ މަތިން ސާވިސް ޗާޖެއް މި މަހު ދީފައިވާ ކަމަށް ދައްކަނީ ޖޯލި މޯލްޑިވްސް އެވެ. އެ ރިސޯޓުން 1،785 ޑޮލަރު ދިނެވެ. ދެން އެންމެ ގިނައިން ސަރވިސް ޗާޖު ދީފައިވަނީ ކޮންރަޑް މޯލްޑިވްސް ރަންގަލި އިންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1404 ޑޮލަރު ވަނީ ދީފައެވެ.

ދެން އެ ރިސޯޓުން ސަރވިސް ޗާޖު އާންމު ކޮށްފައިވާ ބައެއް ރިސޯޓުތަކުގައި ހިމެނެނީ:

  • އިންޓަކޮންޓިނެންޓަލް މާމުންގައު: 983 ޑޮލަރު
  • ޕުލްމަން މޯލްޑިވްސް މާމުޓާ: 705.58 ޑޮލަރު
  • ދިގަލި މޯލްޑިވްސް: 451 ޑޮލަރު
  • މީރު އައިލޭންޑް: 453.9 ޑޮލަރު
  • ހޮލިޑޭއިން ރިސޯޓޫ ކަނޑޫމާ މޯލްޑިވްސް: 507 ޑޮލަރު

މި މަހު އާންމު ކޮށްފައިވާ ސަރވިސް ޗާޖުގެ މައުލޫމާތައް ބަލާއިރު، އެންމެ ކުރީގައި ޖޯލި މޯލްޑިވްސް އޮތަސް ބެލެވެނީ މިމަހުގައިވެސް އެންމެ މަތިން ސަރވިސް ޗާޖު ދޭނީ ވެލާ ޕްރައިވެޓް އައިލޭންޑުން ކަމަށެވެ. އެރިސޯޓުން މިދިޔަ މަހު ސާވިސް ޗާރޖްގެ ގޮތުގައި، 4079.10 ޑޮލަރު ނުވަތަ 62،000 ރުފިޔާ ކޮންމެ މުވައްޒަފަކަށް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު