100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ށ. ގޮއިދުއަށް މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ، ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް ށ. ގޮއިދޫއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ، ފާއިތުވި އަހަރު ތަކުގެ ތެރޭގައި ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރާ އަދަދު އެތައްގުނައެއް އިތުރުވެފައިވުމާއިއެކު އިންޓަނެޓަށް ބަރޯސާވާ މިންވަރުވެސް އިތުރުވެ، އަސާސީ ޚިދުމަތަކަށް މިހާރު ވެފައިވާ ކަމަށެވެ.

"ކުދިންގެ ކިޔެވުމަށާއި، ގޭގައި ތިބެގެން މަސައްކަތްކުރުމަށާއި ސިއްޙީ ހިދުމަތް ހޯދުމަށް އަދި ވިޔަފާރިކުރުމަށްވެސް އިންޓެނެޓްގެ ބޭނުން އެބަކުރަންޖެހޭ. އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ބޭފުޅުންނަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެންމެ މުހިންމުކަމެއްކަމުގައި ދެކިގެން." ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ، އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ޚިދުމަތް ގޮއިދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އެބޭފުޅުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އެބޭފުޅުން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

އެބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެދުރު

    ބައެއް ރަށްތަކަށް ތޯ ތިޔަބޭފުޅުން ޙިދުމަތް ދެނީ...؟
    ތި ޑޭޓާ ޕެކޭޖްތަކުގެ އަގުހެޔޮ ކޮށްބަލަ ... ހެޔޮނުވާނެ....!
    ރައްޔިތުން އަތުން އެވަރަށް ރުފިޔާ ނުނަގަބަލަ./..