ތަކެތި ގިނަ ދުވަހު ރައްކާތެރިކަމާއި ސާފުތާހިރު ކަންމަތީ ބެހެއްޓުމަށްޓަކައި ކޮތަޅުގައި ޕެކް ކުރުމަކީ ވަރަށް އާންމުކަމެކެވެ.

މިގޮތަށް ޕެކްކޮށް ރައްކާ ކުރާ އެކު އެކަމަށް އެންމެ އެކަށީގެންވާ ހާއްސަ ތަކެތި ބޭނުން ވަރަށް މުހިއްމެވެ. ސޮއްޓިބިޒް އިން މިވަނީ އެކަން ފަހިކޮށްދީފަ އެވެ.

"ރެޕްއޯކޭ" ބްރޭންޑްގެ ކުއަލިޓީ ރަނގަޅު ޒިޕް ބޭގް އެތަނުން ލިބޭނެ އެވެ. މި ބްރޭންޑްގެ ޒިޕް ބޭގްގެ ތެރެއިން ސޭންޑްވިޗް ބޭގާއި ފްރީޒާ ބޭގާއި ސްނެކް ރެޕް ބޭގް ވެސް އެފިހާރައިން ލިބޭނެއެވެ.

"ރެޕްއޯކޭ" ބްރޭންޑްގެ ޒިޕް ބޭގްގެ އަގުތައް:

• ސޭންޑްވިޗް ބޭގް: 100 ކޮތަޅު 95ރ. އަށް
• ފްރީޒާ ބޭގް: 50 ކޮތަޅު 120ރ. އަށް
• ސްނެކް ބޭގް: 100 ކޮތަޅު 75ރ. އަށް

މީގެ ތެރެއިން ސޭންޑްވިޗް ބޭގްގައި ސޭންޑްވިޗާއި އެ ސައިޒްގެ އެހެން ޕޭސްޓްރީ އާއި އެހެނިހެން ތަކެތި ރައްކާކުރެވޭނެއެވެ. މީގެއިތުރުން މި ބޭގްގައި މައިކްރޯވޭވް އަވަނުން ހޫނު ވެސް ކޮށްލެވޭނެއެވެ.

ފްރީޒާ ބޭގްގައި ރޯ މަހާއި ތަރުކާރީ ފަދަ ތަކެތި ވެސް ރައްކާކޮށްލެވޭނެއެވެ. އަދި ސްނެކް ބޭގްގައި ލުއި ކާނާގެ ބާވަތްތަކާއި ތެލުލި ބަބުކޭލާއި ތެލުލި ފަތް އަދި ކުދި ގުޅަ ފަދަ ތަކެތި ވެސް ރައްކާ ކުރެވޭނެއެވެ.

ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައި ހުންނަ ސޮއްޓި ބިޒް އިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް މި ބްރޭންޑްގެ ޒިޕް ބޭގް ލިބޭނެއެވެ.

ސޮއްޓިބިޒް އިން ސަތޭކަ ޕަސެންޓް ޖެނުއިން އުފެއްދުންތައް ލިބޭ އިރު މާލޭގެ ހުރިހާ ސަރަހައްދަކަށް އެ ފިހާރައިން ވިއްކާ ތަކެތި ޑެލިވަރީ ވެސް ކޮށްދެ އެވެ. އަދި ބޯޓުތަކަށް ވެސް ޑެލިވަރީގެ ހިދުމަތް އެފިހާރައިން ދެއެވެ.

ޑެލިވަރީ ކުރަން ބޭނުންވާ ފަރާތްތަކުން 7750004 އަށް ނުވަތަ 7449955 އަށް ގުޅައިގެން ކުރިއަށްގެންދެވޭނެއެވެ.