(އައްޑޫ ސިޓީ) އައްޑޫގައި ހުރި ރިސޯޓުތަކުގެ ތެރެއިން ފަތުރުވެރިންނަށް މިހާރު ހިދުމަތް ދެމުން އަންނަ އެއް ތަނަކީ ސައުތު ޕާމް ރިސޯޓެވެ. ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފް ރިސޯޓުން ފަތުރުވެރިންނަށް ހިދުމަތްދޭން އަދި ނުފަށައެވެ. އައްޑޫގައި 11 ގެސްޓްހައުސްއެއް ހިންގަމުން އަންނަ އިރު ސިޓީ ހޮޓަލެއް ހުޅުވައި ދަނީ ހިދުމަތް ދެމުންނެވެ.

ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލްގެ ވިސްނުން ހުރީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އައްޑޫއަކީ ފަތުރުވެރިންގެ ބޮޑު މަންޒިލަކަށް ހެދުމެވެ. އެކަމަށް ހާއްސަ އިސްކަމެއް ދީގެން ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ވަނީ އަމާޒު ހިފައިފައެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިހް (ސޯބެ) ވިދާޅުވީ، އައްޑޫގައި ފަތުރުވެރިކަމަށް ފަސް ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ފަސް ސަރަހައްދުން 4،000 އެނދުގެ ހޮޓެލް ތަރައްގީ ކުރުމަށް މަސައްކަތް ފަށާނެ ކަމަށް ސޯބެ ވިދާޅުވިއެވެ. އަދި އެ ފަސް ސަރަހައްދުގައި ތަރައްގީ ކުރަން ނިންމި ހޮޓާ ތަކުގެ ތެރެއިން 50 އިންސައްތަ ހޮޓެލް އެންމެ ފަހުން ނެރުނު އިއުލާނާއެކު އެވޯޑް ކުރުމުގެ މަރުހަލާ ފެށިފައިވާ ކަމަަށް ވިދާޅުވިއެެވެ.

އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު މޭޔަރު ސޯދިގު މިއަދު ދެއްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އައްޑޫ ސިޓީގައި ގެސްޓްހައުސް އާއި ސިޓީ ހޮޓެލް ވިޔަފާރި ތަރައްގީ ކުރުމަށް ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ސަރަހައްދަކީ ހިތަދޫ ފަޅޯ ދަނޑިފަންނު ޓޫރިޒަމް ޒޯން އާއި، މަރަދޫ ވެންބޮޅަފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އާއި، ފޭދޫ ދިގިހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯންގެ އިތުރުން ހުޅުދޫ މާފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އަދި މީދޫ މުލިމަތި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯނެވެ.

"މިހާރު އިވެލުއޭޝަން ނިމި އެވޯޑް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވާފައި ވަނީ،" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވަނީ އެ ފަސް ސަރަހައްދުގެ ލޭންޑްސްކޭޕްގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވައިފައެވެ. އެއީ ޑިޒައިން ކުރުމާއި، އެ ސަރަހައްދަށް ބޭނުންވާ އީއައިއޭ ހެދުމެވެ.

"ކޮންމެ ސަރަހައްދެއްގައި ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ އާއި ހަތް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހިނގާ، ދެން އެއީ އިންޑިއާގެ ހައި އިމްޕެކްޓް ޓޫރިޒަމް ޕްރޮޖެެކްޓްގެ ތެރެއިން ހިނގާ މަސައްކަތެއް،" ސޯބެ ވިދާޅުވިއެވެ.

އައްޑޫގައި ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް!

އައްޑޫ ސިޓީގެ މަރަދޫ އާއި ހިތަދޫއާ ދޭތެރޭގައި އޮންނަ ފަޅު ރަށްތަކުގެ ތެރޭގައި ހިމެނޭ ހަންކެޑެއަކީ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ފަތުރުވެރިކަމަށް ދޫކުރި ރަށެކެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ. އެރަށަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ސަރަހައްދެކެވެ. އެތަނުގައި ރިސޯޓެއް އެޅުމަކީ ޔަގީނުންވެސް އައްޑޫ ރައްޔިތުން އެދިއެދި ތިބި ގޮތެވެ.

އައްޑޫ ހަންކެޑެ ކޯޒްވޭ
އައްޑޫ ހަންކެޑެ ކޯޒްވޭ

ހަންކެޑައިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ 2005 ވަނަ އަހަރު، ފުވައްމުލައް ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. އެ ކުންފުނިން އެތަނުގައި އެއްވެސް މަސައްކަތެއް ކޮޮށްފައެއް ނުވެއެވެ. އެއާއެކު އެ ކުންފުނި ޖޫރިމަނާކޮށް، ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ 2008 ވަނަ އަހަރު ހަންކެޑެ ހަލުކުރި ނަމަވެސް، މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެ ކުންފުނިން އެތަނުގައި އެޅީ ސާމްޕަލް ރޫމެކެވެ.

އޭގެ ފަހުން ހަންކެޑެ ތަރައްގީ ކުރަން ޑޮލަޓަން ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ސަރުކާރުން ހަވާލު ކުރިއިރު، އެއްބަސްވުމާ އެގޮތަށް މަސައްކަތެއް ކުރިއަށް ނުދިއުމުން އެއްބަސްވުން ޖެހުނީ ބާތިލް ކުރާށެވެ. ކްރެސެންޑާޒްއާ އެކުގައި ސަރުކާރުން ގާއިމު ކުރި އެއްބަސްވުން ބާތިލް ކުރީ ޖެނުއަރީ 31، 2019 ގައެވެ.

އައްޑޫއަކީ ޓޫރިޒަމްގެ މައި ހަބަަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަންކެޑެ މިއީ މުހިންމު ރަށެކެވެ. އެ ރަށާއި ގުޅޭ ޕްލޭންތައް ދައްކާ ގޮތުން އެ ރަށުގައި ހޮޓަލާއި ގެސްޓްހައުސް އާއި ސްޕާ އާއި ބީޗް ކުލަބާއި ކޮންފަރެންސް ހޯލާއި ފިޓްނެސް އާއި ކުޅިވަރާއި ވޯޓަ ސްޕޯޓްސް އާއި ޑައިވިން އަދި އިވެންޓް ސްޓޭޖް ފަދަ ތަންތަން ހަދާނެއެވެ.

ސ. ފޭދޫ އާއި ސ. މަރަދޫފޭދޫގެ ދެކުނު ހުޅަނގު ފަރާތުގައި އޮންނަ ސަވާހިލި ފަތުރުވެރިކަމަށް ދޫކުރުމަށް، ޓޫރިޒަމް މިނިސްޓްރީއަށް ހުށަޅުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، އެރަށް ތަރައްގީ ކުރަނީ އެ ސިޓީ އަށް އަންނަ ފަތުރުވެރިންނަށް ގެސްޓްހައުސްތަކުން ނުލިބޭފަދަ ހިދުމަތްތައް ދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ. ކުރިން ރައީސް ޔާމީން ސަރުކާރުގައިވެސް އެތަން ފަތުރުވެރިކަމަށް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުނެވެ.

އިތުރު ރަށްތަކެއް ހިއްކައިގެން ތަރައްގީ ކުރަނީ

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ އިތުރު ޕްލޭންތައް ހިއްސާ ކުރައްވަމުން ސޯބެ ވިދާޅުވީ، ފަތުރުވެރިކަމުގެ ޕްލޭންތަކުގެ ތެރެއިން ފަސް ރަށެއް ހިއްކާނެ ކަމަށެވެ. އޭގެ އިތުރުން، ހިތަދޫގައި ހިއްކާ ބިމުގެ ތެރެއިން ސަރަހައްދީ ބަނދަރުން ފެށިގެން ދެކުނަށް، ޕޮލިސް އެކަޑަމީ ހިސާބުން ހަންކެޑެ ބްރިޖާއި ހަމައަށް ހިއްކައިގެން އެތަން ޓޫރިޒަމްއަށް ކަނޑައެޅޭނެ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

އަދި ގަމުގެ ދެ ސަރަހައްދެއްގައިި ހޮޓާ ހެދުމަށް ގަން އެއާޕޯޓް ކޮމްޕެނީއާ ވާހަކަ ދައްކަވަމުން އަންނަ ކަަމަށް ސޯބެ ވިދާޅުވިއެވެ. އަދި ދޫގަސް ތަރައްގީ ކުރުމަށްޓަކައި އެއާޕޯޓް ކޮމްޕެނީ އާ ވެސް ވާހަކަ ދައްކަވަމުންދާ ކަމަށް ސޯބެ ވިދާޅުވިއެވެ.

"މި ތަފާތު ތަންތަނާއި އެއްކޮށް އައްޑޫގެ ބެޑުގެ 8000 އެނދަށް ބަދަލު ކުރުމަށްޓަަކައި މި މަސައްކަތް ކުރަމުން ދަނީ، އެގޮތުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 4000 އެނދު އެޅުމަށްޓަކައި ފަސް ސަރަހައްދެއް ކަނޑައެޅި އިއުލާނު ކުރެވޭނެ،" ސޯބެ ވިދާޅުވިއެވެ.

އަދި އިތުރު 4000 އެނދު އެޅުމަށްޓަކައި، އެ ފަސް ރަށާއި، ގައުކެނޑި ސަރަހައްދުން ހިއްކައިގެން ޓޫރިިޒަމްއަށް ބޭނުން ކުރާނެ ކަމަށް ވިދާޅުވިއެވެ.

އައްޑޫގައި އިކޯ ޓޫރިޒަމް ކުރިއެރުވުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް 2.49 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ)ގެ އެހީ ދިނުމަށް އެއްބަސްވިއެވެ. އިންޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިން މަރުހަލާގައެވެ. އެގޮތުން ޓެންޑަރިން މަރުހަލާ މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެއެވެ.

އައްޑޫގެ ފަތުރުވެރިކަމާއި އެއާޕޯޓާއި ގުޅިފައި!

އައްޑޫ ސިޓީގެ އެއާޕޯޓް ތަރައްގީ ކުރުމުގެ ވިސްނުން އެތަނުން ހިންގަމުންދާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީ (އޭއައިއޭ)ގެ އެބަ ހުއްޓެވެ. އެ އެއާޕޯޓްވެސް ތަރައްގީ ވާން އޮތީ ސިޓީއަށް ބޭނުންވާ އެނދުތައް އިތުރު ކޮށްގެންނެވެ.

އަދި އައްޑޫއަށް ފަތުރުވެރިން ގެނައުމަށްޓަކައި، އޭއައިއޭގެ ވިސްނުން ހުރީ ގަމުގައި ސިޓީ ހޮޓަލެއް އެޅުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ހިދުމަތްތައް ފެށުމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭއައިއޭގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު "ވަގުތު"އަށް ވިދާޅުވެފައި ވަނީ، އެ މަސައްކަތުގެ ތެރެއިން މިހާރު ކުންފުނީގެ ވިސްނުން ހުރީ ހޮޓަލެއް އެޅުމަށް ކަމަށާއި، އެއީ 200 އެނދުގެ ހޮޓަލެއް ކަމަށެވެ.

ގަން އެއާޕޯޓް ހިންގަމުންދާ، އޭއައިއޭގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު"ވަގުތު"އަށް މައުލުމާތު ދެއްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ސައުތްލޭންޑުން ފެށިގެން އިކްއޭޓަ ވިލޭޖާއި ހަމައަކީ އެންމެ ރީތި ބީޗް އޮންނަ ސަރަހައްދު، މިތާ އަޅުގަނޑުމެން މި ތިބެނީ އެޑްމިނިސްޓްރޭޝަން އޮފީހެއް އަޅައިގެން، މި ތަންތަން ބަދަލު ކުރަން ނިންމީ ފައިދާ ލިބޭނެ ތަނަކަށް ހެދުމަށް، އެހެންވީމަ މިތަނުގައި 200 ބެޑްސްގެ ހޮޓަލެއް އަޅަން ނިންމީ" ގައިސް ވިދާޅުވިއެވެ.

ގައިސް ވިދާޅުވީ، އިތުރު ހޮޓަލެއް ދޫގަސްގައިވެސް އެޅުމަށް ނިންމާފައިވާ ކަމަށެވެ. ދޫގަސްގައި އެޅުމަށް ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލެކެވެ.

"މި އޮފާގެ ސަބަބުން އައްޑޫއަށް ޒިޔާރަޔް ކުރާ ފަތުރުވެރިންނަށް އިތުރު އެކޮމޮޑޭޝަން ލިބޭނެ، އޭައިއޭއިން މަސައްކަތް ކުރަމުން ދަނީ މި ރީޖަންގެ ފަތުރުވެރިކަން ކުރިއަރުވަން" ގައިސް ވިދާޅުވިއެވެ.

އައްޑޫގައި ކުރިއަށް ރޭވިފައި ހުރީ ރައްޔިތުންގެ ވިންދާ ގުޅިފައި ހުރި އުންމީދީ މަޝްްރޫއުތަކެކެވެ. މި މަޝްރޫއުތަކަކާ އެކު އައްޑޫގެ ފަތުރުވެރިކަން އާ އުސްމިނަކަށް ދާނެ ކަން ޔަގީނެވެ. ރައްޔިތުން ތިބީ މި ތަރައްގީ ފެންނާނެ ދުވަހަކަށް ކެތްމަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. Anonymous

    އައްޑު ރައްޔިތުން ހައްލާލަން ދައްކާ މޮޅޭތި ވާހަކަ.. އައްޑު އަކީ ޓޫރިޒަމަށް މުސްތަޤުބަލެއް އޮތް ތަނެއް ނޫންކަން އައްޑު އަތޮޅުގައި ތިބި ހެޔޮ ވިސްނޭ އެންމެނަށ

    21
  2. ފަންފުޅައް.

    ޙެއުނިވޭހެއް މިފަދަ ބޮނޑޮ ދޮގޮ ހަދާއް.

    21
  3. ސަރީ

    އެމްޑީޕީން ކޮންމެ ކެންޕޭނަކަށް އައްޑޫ ރައްޔިތުން ގުނބޯހައްދާ!!ހެހެހެ މިއޮތީ ވާކަމެއް ރާއްޖޭގައި ޓުއަރިޒަމް ހިއްސާވެސް އިންޑިއާ އަށް ދާންފެށީ!!ކޮބާ ވޭތުވެދިޔަ ކެންޕޭން ވެދިން ވައުދުތަށް އެއްވެސްކަމެއް ލޮލަކަށް ނުފެނޭ އަނެއްކާވެސް ތަމެން އެމްޑީޕީން ހަނދަށް ގެންދާނަމޭ ތިކިޔަނީ

    21
    1
  4. ހަސަނުބެ2323232

    ވޯޓު ދޮގު ސީރީސް.

    20
  5. ޖ

    ކޮންމެ ވޯޓަކާއި ކައިރިވީމަ ހުވަފެންދައްކަންފަށާނެ އަހަރެމެން ދިވެހިރަތްޔަތުންނަކައް ނުވިސްނޭނެ މިމީހުންނާއި ތިމީހުންގެ އާއިލާތައް އުޅެނީއުފާވެރިކޮއް އެހެންނުންވާނީ ދިވެހިރަތްޔަތުން ހައްދާލާައިރައްވޯޓުލިބޭނެވިއްޔާ

    31
  6. މާސީ..

    ނަނަ ހުވަފެން ދުށީމޭ، ދަރާވާހިނދު ދުނިޔޭން، ބާރަކަށް މީހަކުގެ ނުމެލާ، އާރަކަށް މާމުއި ފެތޭތީއޭ،، މިލަވައާއި، ސޯބެ ކިޔާ ލަވައާއި އޮތީ ކޮން ތަފާތެއް،، މޭޔަރަކަށް ހުރެ، ހިތަދޫގައި ހަދަންފެށި ޕާކު ނިމިއްޖެތޯ އަހާބަލަ؟؟؟ އާނ، ފިސާރި ރަނގަޅަށް އައްޑޫ ބިން ވިއްކާލައިފި،، އަދި އެޑީލްތަކުން ލިބުނު ،،،،،، ކަން ކުރާމީހުން މާ ވާހަކަ ގިނަނުކޮށް އަމަލު ގިނަކުރާނީ

    29
  7. ވައިހޭ މުހައްމަދު

    އައްޑޫ މީހުން ހަމަ މިހާޤަމާރުކަމަށް ހީކުރުމަކީ މިސަރުކާރުން އައްޑޫމީހުން މޮޔަހެއްދުން ނޫންބާއޭ ހަމަ ހިތައް އަރާ! ކިހިނެއް ތޯ ރާއްޖޭގެ އެންމެބޮޑު ޓޫރިޒަމް ސަރަހައްދަން އައްޑޫ ހަދާނީ، އައްޑޫ އަތޮޅު އެއީ ގުދުރަތީ ގޮތުން އެހާ ބޮޑު އަތޮޅެއް ނޫން، ފަޅުތަކާއި ގިރި ތައް އެހާމެ މަދު، ވޯޓް ހޯދަން ވީމަ އައްޑޫ މުހިންމު، ވޯޓްލާ ނިމުނީމަ އައްޑޫ މީހުން ގެ މަތީން ހަދާން ނެތިދޭ، މި ސަރުކާރުގެ ވޭތުވެ ދިޔަ ދެ އަހަރާއި ބައިގަވެސް އައްޑޫ ސިޓީގެ މެޖޯރިޓީ އޮތީ އެމްޑީޕީގަ މިހާރު ނުވި ކަމެއް ފަހުން ނުވާނެ، އެމްޑީޕީ ވާނީ ދޮގާއި މަކަރާއި ހީލަތުން 2003 އިން ފެށިގެން މިއަދާއި ހަމަޔަށް އައްޑޫ ރައްޔަތުން ނަށް ދޯކާދީފައި، މިފަހަރު ސޮރީ

    29
  8. ހުސެން

    ދެކުނުގެ ހުރިހައި ކުންޏެއް ޖަމާކުރާތަނަކަށް ތިތަން ހަދަންފެނޭ.

    20
    3
  9. އަބްދޫ

    ހުސް ކައުންސިލް ދަޅަ. ދަވްލަތުގަ ފައިސާނެތް އެހާގިނަދަރަނި ނެގިއްޖެ.ވެރިކަމަށް އައި އިރު ރިޒާވް ގާހުރި 934 މިލިއން ޑޮލަތރު ގަ މިހާރުހުރީ159 މިލިއަން ޑޮލަރު. ދަވްލަތުގެ އެސެޓް ހުސްވީމަ ކޮން ރިސޯޓް ވަހަކަ.އައްޑޫމީހުން 2008 ންފެށިގެން ކައުންސިލް ދެނީ އެމްޑީޕީ އަށް މިހާތަނަށް އަތޮޅުތަރައްގިއަށް ކައުންސިލުން ކަމެއް ނުކުރާތާގަ ޕްރޮޖެކްޓެއްހަދާ ސަރުކާރަށްހުށަހެޅިވާހަކަ ވެސް އެޑުނާހަން. މިހާރު ތިބީ ވިސްނޭ ރައްޔިތުންތަކެއް.

    16
  10. އެމަންޖެ

    މިވަރުންވެސް ވޯޓް ލިބެންޏާ އޯކޭނު.

    12
  11. ހުސޭނުބޭ

    ދޮގުހެދުމުގެ މޫސުމް ފެށުނީ! ކޮބައި އުދުހޭ ރޭލު އަޅާ ނިމުނީތަ؟

    18
  12. ޤުރޭ

    މިފަހަރުވެސް ހެއްލޭނެބާ؟

    16
  13. ހަސަނު

    ހުސްދޮގު ބުހުތާން. ބޮލެއްހުރި އެއްވެސް އިންސާނަކަށް ޤަބޫލުކުރެވޭނެޒާތުގެ ވަހަކައެއްނޫން. ހުސްދޮގު ބުހުތާން. ބޮލެއްހުރި އެއްވެސް އިންސާނަކަށް ޤަބޫލުކުރެވޭނެޒާތުގެ ވަހަކައެއްނޫން. ހުސްދޮގު ބުހުތާން. ބޮލެއްހުރި އެއްވެސް އިންސާނަކަށް ޤަބޫލުކުރެވޭނެޒާތުގެ ވަހަކައެއްނޫން. ހުސްދޮގު ބުހުތާން. ބޮލެއްހުރި އެއްވެސް އިންސާނަކަށް ޤަބޫލުކުރެވޭނެޒާތުގެ ވަހަކައެއްނޫން. ހުސްދޮގު ބުހުތާން. ބޮލެއްހުރި އެއްވެސް އިންސާނަކަށް ޤަބޫލުކުރެވޭނެޒާތުގެ ވަހަކައެއްނޫން.ހުސްދޮގު ބުހުތާން. ބޮލެއްހުރި އެއްވެސް އިންސާނަކަށް ޤަބޫލުކުރެވޭނެޒާތުގެ ވަހަކައެއްނޫން.

  14. ހަގީގަތް

    3 އަހަރު ވީއިރުވެސް އޮއްޓަރު ހުރިކަމެއް ނުވާއިރު ކުއްލިއަކަށް އިންތިހާބު ކައިރިވާއިރަށް ވަރަށް ބޮޑުތަރަށްގީއެއް އަނެއްކާ ލޮލައް ފެންނާނެ ތަރަށް ގީއެއްބާ ތިއީ

  15. ޖުހާ

    ނުވާނެތިކަމެއް މިގަރުނު ނިމިގެން ދާއިރުވެސް.

    10
  16. ދޮންކެޔޮ

    އަސްގެނެސިއެއްނުން....އިންޑިއާ ގެސްޓުން އަންނާނެ އަޑުއައް އަސްދުއްވަން

  17. ފަވާޒް

    އައްޑޫގައި ދިވެހިން ޖައްވައްދާން ޖައްވީ ބަނދަރަކާއި ކާރު އުފައްދާ ކާރުޚާނާއަކާއި އަދި ތެޔޮވަޅަކާއި ރަން ބާޒާރެއްވެސް އެޅޭނެ. އެއީ މިހާރު ފަންޑު ލިބިފަ ހުރި ކަންކަން. ދެން އޮތީ ބިންގާއެޅުން.

  18. ޝުހޭ

    އަޑޫގައި ދެން ސިމެންތި ދަގަނޑު އަދި ރަބަރުވެސް އުފައްދައި ރާއްޖޭން ބޭރައް ގިނައަދަދުތަކުން އެކުސްޕޯޓުވެސް ކުރެވޭނެ. އަދި ދުވާލަކު ހަތަރު ސަތޭކެ މެޓްރިކް ޓަނުގެ މަހާއި ކުކުޅު ބިހާއި އަދި އެކިވައްތަރުގެ ފޭރާން އުފައްދައި ބޭރު ކުރެވޭނެ. މިތިބީ ހުސަ ފަންޑު ހަމަޖެހިފަ ހުރި ކަންކަން.. އައްޑޫގެ ކޮންމެ ދަނޑުވެރިޔަކައް 20 ހެކްޓަރުގެ ދަނޑަކާއި 200 އަހާއި އަދި 150 ބަކަރި ލިބޭނެ. އަދި ކޮންމެ ކުޑަކުއްޖަކައް ދުވާލަކު 2 މެޓާޕެކެޓާއި ކިރު ޕެކަޓަކާއި 2 ދޮންކެޔޮވަތް ވެސް ލިބޭނެ. މިހާރު އޮތީ ފަންޑު ހަމަޖެހިފަ.

  19. ހަމްލާ

    އައްޑޫން އެބަޖެހޭ ގޫބައްޑާ އެކުސްޕޯޓުކުރާނެ މަރުކަޒެއް އުފައްދަން. އަދި ދުނިޔޭގެ ބައިނަލްއަގުވާމީ ފެންވަރުގައި ގޫބައްޑާ ޕުރޮމޯޓުކޮއް ސަރަހައްދީ ފެންވަރުގައި ގޫބައްޑާގެ ވިޔަފާރި ކުރިއަރުވަން.

    5
    2
  20. ލަވް އިނގިރޭސިން

    މިނިވަންކަން ލިބުނު އިރުވެސް އައ އްޑޫގަ ޓޫރިޒަމް ބޭނުން ފެން ވަރެ އްގަ ވާނެ...ބަޔަކު އަޑީގަ ތިބެގެން އައ އްޑޫ ބާކީކޮ އްލީ...ކލގ...ޗޕ...ޖެހިލުން ވަނީ...

  21. ސައިކަލް މީހާަ

    ތި ނިޒާރަކާ ސޯބެ އަކު ހަމަ ޖާބިރެކޭ އެ އެއއއއއެއްވެސް ތަފާތެ އް ނެތް. ކޭބަލް ކާރާ، 5 ފުރޮޅުލީ ބަ އިސްކަލާ، އިންޖީނުލީ އަތްގާޑި އަލާ، 4 އިންޖީންލީ ބޮ އްކުރަ އާ، ބެޓްރީން ދުވާ ފަ އިނާ އި، މިކަހަލަ ހާސަރު ގަބޫލުކުރާނީ އައ އިހާގެ އާއ އިލާގެ ނުކިޔަވާ ތިބި ބޯބުރާންތިން.

  22. އިއްސޭ

    ތިޔަ އައްޑޫ އިނގިރޭސިންނައް ވިއްކާލަބަލަ ތިޔަތާ ކުނޫޅޭ ބޯހަމަޖެހޭ މީހުނެ އް ތާކުންތާކުޖެހޭމީހެ އް ބޯހަމަޖެހޭ މީހަކުވި އްޔާ އުޅެނީ ރަށުންބޭރުގަ އި ކޮންމެވެސް އެހެން ރަށެ އްގެ މީހަކާ އިންދެގެން.....

  23. އަފީ

    އައްޑޫ ސިޓީގެ ބޮޑު މާސްޓާ ޕްލޭނުގައި އޮތީ އައްޑޫ ބޭރުން ބްރިޖެއް އަޅައި މި ބްރިޖް މަތިން ރެއިލް ދުއްވާގޮތަށް. ތިރީ ހައިވޭއިން އަސް ދުއްވާގޮތަށް. ރައްޔިތުން ޖީބަށް ޕައުންޑް