ހޮންކޮންގްގައި މިމަހުގެ 14 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޓްރެވެލް އެކްސްޕޯގައި މަޓާޓޯއިން ބައިވެރިވުމަށް ނިންމައިފިއެވެ.
މި ފެއާގައި މަޓާޓޯއިން ރާއްޖެ އިޝްތިހާރުކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިތުރު ފަރާތްތަކާއެކު ޑޭސްޓިނޭޝަން ޕެވީލިއަންއެއް ބަހައްޓާނެއެވެ.
މިއީ ހޮންކޮންގް ގައި ބާއްވާ ހަމައެކަނި ޓްރެވަލް ފެއާއަށް ވާއިރު ޗައިނާގެ ދެކުނުގެ ސިޓީތަކުންވެސް މި ފެއާގައި ބައިވެރިވާނެއެވެ.
ހޮންކޮންގް ގައި ބާއްވާ މި އެކްސްޕޯގައި އެގްޒިބިޓަރުންގެ ގޮތުގައި ރާއްޖެއިން ބައިވެރިވީ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް، އެކްސައިޓިން ޓްރެވަލް ހޮލިޑޭސް، ވިސްޓާ ކޮމްޕެނީ އެންޑް ޓްރެވަލް ސާވިސަސް އަދި ވެލާނާ ބީޗްއެވެ.
ހޮންކޮންގް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށް ގެންދާ މި ފެއާގެ ފުރަތަމަ ދެ ދުވަސް ހާއްސަ ކޮށްފައިވަނީ ބިޒްނަސް-ޓު-ބިޒްނަސް ބައްދަލުވުންތަކަށެވެ. އަދި އެންމެ ފަހު ދުވަހު ކުރިއަށް ގެންދާނީ ބިޒްނަސް ޓު ކޮންސިއުމާސް ސެޝަންތަކެވެ.
ދިވެހިރާއްޖެ ބޭރު ދުނިޔޭގައި ޕްރޮމޯޓުކުރުމަށް މަޓާޓޯއިން ގިނަ ހަރަކާތްތަކެއް ހިންގައި، އަދި ބައިނަލްއަގުވާމީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވާނެކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.
ތި “ފެއަރ” ތަކަށް ދިވެހިން ދަނީ ރާބީން ށާ ޒިނޭ ކުރަން.